02 Mar 2021 | 10:11
ބޭރުގެ ތަރައްޤީގެ ފޮޓޯތަކާއެކު އިންތިޚާބަށް ކަޑަޖެހުމުގެ އާ ސްޓައިލެއް!

އައްޑޫ ސިޓީގެ ގަމާއި ހުޅުމީދޫ އަންޑަރ ވޯޓަރ ޓަނަލް އަކުން ގުޅުވާލުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވެ އައްޑޫގެ މޭޔަރު ޢަބްދުﷲ ޞާދިޤް (ސޯބެ) އާންމުކުރެއްވި އައްޑޫ އަންޑަރ ވޯޓަރ ޓަނަލްގެ ފޮޓޯތަކަކީ ނޯވޭގައި އެޅުމަށް ނިންމާފައިވާ ޓަނަލްއެއްގެ ފޮޓޯތަކެއްކަން ހާމަވުމާއެކު ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީއަށް އަމާޒުވެފައެވެ.

އަންނަ އޭޕްރީލްމަހުގެ 10 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބަށް ސަރުކާރުން ދަނީ ވަަރަށް ބޮޑަށް ކެމްޕެއިން ކުރަމުންނެވެ. އާ ވަޢުދުތަކެއް ވަމުން އަންނައިރު، އާ މަޝްރޫޢުތަކެއްގެ ބިންގާވެސް އަޅަން ފަށައިފިއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މަގުމައްޗަށް ނުކުމެވަޑައިގެން ވެމްކޯ މުވައްޒަފުންގެ ހާލު އައްސަވާ މަންޒަރު ފެންނަ ފޮޓޯތަކެއް މިދޭތެރެއިން ދައުރުވީއިރު، އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ކަންމަތީ ހޮޓަލެއްގައި ފަރިއްކުޅުވަން ހުންނެވި މަންޒަރު ފެންނަ ފޮޓޯތަކެއްވެސް މީސްމީޑިއާގައި ވަނީ ދައުރުވެފައެވެ.

މިއީ ދެރައީސުންގެ ހިތްތިރިކަމާއި، ސާދާ މިޒާޖު ފެންނަ ކަމެއް ކަމަށް ބައެއް މީހުން ސިފަކުރިނަމަވެސް، މިފަދަ ޢަމަލުފުޅުތަކަކީ ކައުންސިލް އިންތިޚާބާ ދިމާކޮށް ކުޅުއްވާ "ޕަބްލިސިޓީ ސްޓަންޓް"ގެ ގޮތުގައި ސިފަކުރާ މީހުން މަދެއް ނޫނެވެ.

ކޮންމެއަކަސް ތަރައްޤީގެ މުޅިން އާ މަޝްރޫޢުތައް ހިންގުމަށް ވަމުން އަންނަ ވަޢުދުތަކަށް ބަލާއިރު، ރާއްޖޭގެ އެންމެ އާބާދީ ބޮޑު އެއް ސިޓީކަމަށްވާ އައްޑޫ ސިޓީގެ ރައްޔިތުންނަށް ވަމުންދާ ވަޢުދުތަކަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.

އައްޑޫގެ ގަމާއި ހުޅުމީދޫ އަންޑަރ ވޯޓަރ ޓަނަލްއަކުން ގުޅުވާލުމަށް، އެސިޓީގެ މޭޔަރު ޢަބްދުﷲ ޞާދިޤު ވެވަޑައިންނެވި ވަޢުދު ފާހަގަކޮށްލެވެއެވެ.

ސޯބެ އައްޑޫ ބަހުން ކުރެއްވީ ޓްވީޓްގައި ވިދާޅުވީ، ފަސޭހަކޮށް ދަތުރުކުރެވޭނެ މަގާއި ބްރިޖު އަދި ސަބްމާރޖްޑް ކްރޮސިން ހަދައި އައްޑޫގެ ހުރިހާ އަވަށެއް ގުޅުވާލުމަކީ އައްޑޫ މީހުންގެ ވިސްނުން ކަމަށެވެ.

ސޯބެގެ ޓްވީޓްގައި ހިމަނާފައި ހުރި ގިނަ ފޮޓޯތަކަކީ ނޯވޭގެ ސްކަންޑިނަވިއާ ކައުންޓީ ސަރަޙައްދުގައި އަޅަން ނޯވޭ ސަރުކާރުން ނިންމި ޓަނަލްގެ ފޮޓޯތަކެވެ. އެފޮޓޯތައް 2019 ވަނަ އަހަރު ނޯވޭ ސަރުކާރުން އާންމު ކޮށްފައިވެއެވެ.

ގަމާއި ހުޅުމީދޫ އަންޑަރ ވޯޓަރ ޓަނަލް ކަމަށް ސިފަކުރައްވައި ސޯބެ ނޯވޭ ޓަނަލްއެއްގެ ފޮޓޯތަކެއް އާންމު ކުރެއްވިއިރު، އައްޑޫ ސިޓީގައި ސަރުކާރުން އަޅާ ބްރިޖްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހުޅުދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އިލްޔާސް ލަބީބް ފޭސްބުކްގައި ފިލިޕީންސް ބްރިޖްއެއްގެ ފޮޓޯ ހިއްސާ ކުރެއްވުމުން އޭނާއަށްވެސް ގިނަ ބަޔެއްގެ ފާޑުކިއުން ވަނީ އަމާޒުވެފައެވެ.

މިކަންކަމާ ގުޅިގެން މީސްމީޑިއާގައި ޝުޢޫރުފާޅުކުރަމުންދާ ގިނަ މީހުން ބުނެފައިވަނީ، އިންތިޚާބުތަކާއި ދިމާކޮށް ކަޑަޖެހުމަކީ އަދިވެސް ނުހުއްޓޭ ކަމެއް ކަމަށާއި، މިހާރު އެކަން ކުރަނީ ބޭރު ޤައުމުތަކުގެ ތަަރައްޤީގެ މަންޒަރުތައް ރައްޔިތުންނަށް ދައްކައިގެން ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
ޣައްޒާއަކީ މި ޒަމާނުގެ އެންމެ ލާއިންސާނީ ޖަލު ކަމަށް އެރުދޮޣާން ސިފަކޮށްފި
ބައްޕައެއް އަދި ކާފައެއްގެ ހައިސިއްޔަތުން ވާހަކަދައްކަވަމުން އެރުދޮޣާން ވިދާޅުވީ ޣައްޒާއަކީ ދުނިޔޭގައި ކުޑަކުދީންގެ އެންމެ ބޮޑު ޤަބުރުސްތާނު ކަމަށާއި ގުނަވަން ބުރިވެފައިވާ ކުޑަކުދީން ދުނިޔޭގެ ނިސްބަތުން އެންމެ ގިނައީ ވެސް ޣައްޒާގައި ކަމަށެވެ. ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި އިސްރާއީލުގެ ޢަސްކަރިއްޔާއިން 74,000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ކަމަށް އެރުދޮޣާން ވިދާޅުވިއެވެ.
22 Sep 2026
އިމާމުންނާއި ހަތީބުންނަށް ހާއްސަ ހެދުމުގެ ނަކަލެެއް; ހިޔާލަށް ހުޅުވާލައިފި
މިނިސްޓަރު ވިދާޅުވީ މިއީ އަދި ފުރަތަމަ ސްޓޭޖުގައިވާ ކަމެއް ކަމަށާ މިކަން ނިމިގެންދާން ބޭނުންވަނީ ވީހާވެސް ގިނަ ހިޔާލުތަކާއިއެކު އުފެދޭ ނަތީޖާއެއްގެ މައްޗަށް ކަމަށެވެ.
22 Sep 2026
ފީނަންގޮސް އުޅުނު ޒުވާނަކު ނިޔާވެއްޖެ
22 Sep 2026
ޓްރަމްޕް ތަޤުރީރު ކުރަން ފެށުމުން އީރާނުގެ ވަފުދު ޖެނެރަލް އެސެމްބްލީ ދޫކޮށް ނިކުމެއްޖެ
އދ. ގެ ޢާންމު މަޖިލީހުގެ އަހަރީ ބައްދަލުވުމަށް ދުނިޔޭގެ ޤައުމުތަކުގެ ވެރީން ނިއު ޔޯކަށް ޖަމާވާއިރު ފަލަސްތީނާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ފާއިތުވެދިޔަ އަހަރުތަކުގައި ވެސް އީރާނުގެ ވަފުދުން ވަނީ ޖެނެރަލް އެސެމްބްލީ ދޫކޮށް ހޯލުން ނިކުމިފައެވެ. އަދި މިފަހަރުވެސް އެކަން ވަނީ ތަކުރާރުކޮށްފައެވެ.
22 Sep 2026
ޖަލަށް ލެވޭ މީހުން ވަނީ ގިނަ. ކުރިއަށް އޮތްތަނުގައިވެސް ވާނީ އިތުރު
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީޕީ ވިދާޅުވީ ޖަލުތަކުގެ ޖާގަ އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް 400 އެއްހާ ޖާގަ އިތުރުކުރެވިފައިވާ ކަމަށެވެ. އަދި ކައިރި މުސް ތަޤްބަލެއްގައި 300އަށް ވުރެ ގިނަ ޖާގަ އިތުރު ނުކުރެވިއްޖެނަމަ ދަތިތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.
22 Sep 2026
އެންމެ ގިނައިން ހޭދަ ކުރަންޖެހެނީ ބިހޭވިއަރ ތެރަޕީއަށް
ނިމިދިޔަ އޮގަސްޓް މަހު އެކަނިވެސް ތަފާތު އެކި ތެރަޕީތަކަށް އެންސްޕާއިން ޖުމްލަ 8.1 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، އޭގެ ތެރެއިން 2.7 މިލިއަން ރުފިޔާ ހޭދަވެފައިވަނީ ބިހޭވިއަރ ތެރަޕީތަކަށެވެ
22 Sep 2026
އީގަލް ހިލްސް މަޝްރޫއުއިން ރަސްމާލެ ވެގެންދާނީ ޒަމާނީ އިންޓަގްރޭޓެޑް ސިޓީއަކަށް
މިނިސްޓަރު ވިދާޅުވީ 500 ހެކްޓަރުގެ ސަރަޙައްދެއްގައި ތަރައްޤީކުރާ މި މަޝްރޫޢުގައި ތިން ރިސޯޓާއި ތަފާތު ފެންވަރުގެ ޕްރޮޕަޓީ ހިމެނޭ ޓައުންތައް ހެދުމުގެ އިތުރުން ބައިނަލްއަޤުވާމީ ފެންވަރުގެ ސްކޫލްތަކާއި ހޮސްޕިޓަލްތައް ވެސް ބިނާކުރާނެ ކަމަށެވެ
22 Sep 2026
ރައީސް ޔާމީނުގެ ޝަރީއަތުގެ އަޑުއެހުން ފަސްކޮށްފި
އެ އަޑުއެހުން ކެންސަލް ކުރީ ދައުލަތުގެ ފަރާތުން މައްސަލައިގައި ހާޒިރުވާ ވަކީލުން ބަލިވެ އުޅޭ ކަމަށް ބުނެ ދައުލަތުން އެދުމުންނެވެ. ފުއްގިރި ކުއްޔަށް ދިނުމާ ގުޅޭ މި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައި ވަނީ އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ގަބޫލު ކުރެއްވުމާއި ފައިސާ ލޯންޑާ ކުރެއްވުމުގެ ދައުވާއެވެ.