03 Mar 2021 | 11:49
ވެކްސިން ކެމްޕޭނުގައި އެހީތެރިވުމަށް ބަންގްލަދޭޝްގެ ޞިއްޙީ ދާއިރާގެ ޓީމެއް ރާއްޖެ އަންނަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އެދިވަޑައިގެންނެވުމަކަށް، "ކޮވިޑް-19 ދިފާޢު" ވެކްސިން ކެމްޕޭނުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް، ބަންގްލަދޭޝް އެއަރ ފޯސްގެ ޞިއްޙީ ޚިދުމަތްތެރިންގެ ޓީމެއް ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެއެވެ. 23 މީހުންގެ މައްޗަށް އެކުލެވިގެންވާ މި ޓީމު، މިއަދުގެ ވަގުތެއްގައި މާލެ އަންނާނެއެވެ.

"ކޮވިޑް-19 ދިފާޢު" ވެކްސިން ކެމްޕޭނުގެ ދަށުން، އެންމެހައި ދިވެހިންނާއި، ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް، ހަމަހަމަ ފުރުޞަތުތަކެއްގެ ދަށުން ވެކްސިން ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. އަދި، މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ފަދައިން، މި ކަމުގައި ޤަވާޢިދާ އެއްގޮތަށް އުޅޭ އަދި ޤަވާޢިދާއި ޚިލާފަށް އުޅޭ ބިދޭސީ މަސައްކަތްތެރިންގެ މެދުގައި ސަރުކާރުން އެއްވެސް ތަފާތުކުރުމެއް ނުގެންގުޅޭނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން މި ކެމްޕޭނަށް އެހީތެރިކަން ހޯދުމަށް، ބަންގްލަދޭޝް ސަރުކާރަށް ދަޢުވަތު އަރުވާފައި ވަނީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު ދާދި ފަހުން އެ ޤައުމަށް ކުރެއްވި ދަތުރުފުޅުގައެވެ. 

އެގޮތުން ހުސްވި ފެބްރުއަރީ މަހުގެ 10 އިން 11 އަށް މިނިސްޓަރ ޝާހިދު ޑާކާއަށް ކުރެއްވި ދަތުރުފުޅުގައި، އެ ޤައުމުގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވާ، މިކަމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދަޢުވަތު ޤަބޫލުކޮށް، ބަންގްލަދޭޝް ސަރުކާރުން މިއަދު ރާއްޖެއަށް ފޮނުވާ ޞިއްޙީ ޚިދުމަތްތެރިންގެ ޓީމުގައި ހިމެނެނީ 11 ނަރުހުންނާއި، 10 މެޑިކަލް އެސިސްޓެންޓްއިން، އަދި އެނެސްތިޒިއޮލޮޖިސްޓް އެކެވެ. އެ ޓީމުން، ރާއްޖޭގެ ޞިއްޙީ ޚިދުމަތްތެރިންގެ ޓީމުތަކާއެކު، މާލެ ސިޓީގެ އިތުރުން އަތޮޅުތަކުގައި ޤާއިމުކޮށްފައިވާ ރީޖަނަލް ހޮސްޕިޓަލްތަކާއި، ޞިއްޙީ މަރުކަޒުތަކުގައި ކުރިއަށް އޮތް ދެ މަސްދުވަހު ހަރަކާތްތެރިވާނެއެވެ. އަދި މި ޓީމުގެ އެހީތެރިކަމާއެކު، ބަންގްލަދޭޝް މަސައްކަތްތެރިންނަށް ވެކްސިން ދިނުމުގައި ކުރިމަތިވާ ގޮންޖެހުންތައް ޙައްލުކުރުމަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

ހުރިހާ ދިވެހިންނެކޭ އެއް ފަދައިން، ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ބިދޭސީ މުވައްޒަފުންނަށް ވެސް، އެއްވެސް ތަފާތުކުރުމެއް ނެތި ވެކްސިން ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު އެ ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ރާއްޖޭގެ މުޅި އާބާދީއަށް ވެކްސިން ފޯރުކޮށްދިނުމުގެ ކެމްޕޭނުގެ ދަށުން، މާރިޗު 2 ވަނަ ދުވަހުގެ ނިޔަލަށް 123،665 މީހުންނަށް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިދީފައެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
21 Jun 2026
މިރޭގެ މާރާމާރީ: އަނިޔާވި އެކަކު ފަރުވާއަށް ފަހު ދޫކޮށްލުމުން ހައްޔަރުކޮށްފި
ފުލުހުން ފަހުން ބުނީ އެތަނުން އެކަކު ފަރުވާއަށް ފަހު ދޫކޮށްލާފައިވާ ކަމަށެވެ. އަދި މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި އެ މީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ.
21 Jun 2026
އަނެއްކާ ވެސް ވޭޕްގެ ބޮޑު ސްޓޮކެއް އަތުލައިގެންފި، މި ފަހަރު 6،328 ވޭޕް ކާޓްރިޖް
މިއީ ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމަންޓެއްގައި ގާނޫނާއި ގަވާއިދާ ހިލާފު ތަކެތި ހުރެދާނެކަމަށް ބެލެވިގެން ހިންގި އޮޕަރޭޝަނެކެވެ.
21 Jun 2026
ފަރުކޮޅުފުށި ހިއްކި ބިމުގައި މާރާމާރީއެއް: ދެ މީހަކަށް އަނިޔާވެ ފަރުވާ ދެނީ
މާރާމާރީގައި އަނިޔާވީ 21 އަހަރުގެ ފިރިހެނަކަށާއި 34 އަހަރުގެ ފިރިހެނަކަށެވެ. އެ މީހުންގެ ހާލު ސީރިއަަސް ނޫން ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
21 Jun 2026
މާލެ ވެޓް މާކެޓް މަޝްރޫއު: ބިން ހަވާލުކޮށްދޭން އެދި ހަތަރު ސިޓީ، ކައުންސިލުން ދައްކަނީ ބަހަނާ
އެ މިނިސްޓްރީން މިއަދު އެ މަޝްރޫއުއާ ގުޅޭގޮތުން މާލެ ސިޓީ ކައުންސިލުން އާންމުންނަށް އޮޅޭގޮތަށް މަޢުލޫމާތު ހާމަކުރާ ކަމަށް ބުނެ ބަޔާނެއް ނެރެފަ އެވެ.
21 Jun 2026
ޤައުމީ ޔުނިވަރސިޓީން ޞިއްޙީ ދާއިރާގެ ތިން ޑިގްރީ ޕްރޮގްރާމެއް ތައާރަފުކޮށްފި
ޔުނިވަރސިޓީން އަލަށް ތައާރަފުކުރި ތިން ޕްރޮގްރާމްގެ ތެރޭގައި ހިމެނެނީ، ތިން އަހަރު ދުވަހުގެ ބެޗެލާ އޮފް ސައިންސް އިން ޕެރަމެޑިކް ސައިންސަސް އާއި ހަތަރު އަހަރު ދުވަހުގެ ބެޗެލާ އޮފް ސައިންސް އިން ސްޕީޗް-ލެންގުއެޖް ޕެތޮލޮޖީ (އޮނާސް) އާއި ހަތަރު އަހަރު ދުވަހުގެ ބެޗެލާ އޮފް އޮކިޔުޕޭޝަނަލް ތެރަޕީ (އޮނާސް) އެވެ
21 Jun 2026
ދިރާސާއެއް: ގްރޭޑް 9، 10 ގެ ދަރިވަރުން ނިދަނީ މެންދަމު
"މި ދައްކަނީ ބޮޑެތި މީހުންގެ ވާހަކައެއް ނޫން. މި ކުދީން ނިދާ ގަޑިއަކީ 1:30 އާއި 2:30 ނުވަތަ 3:30 އާއި 4:00އާ ދެމެދު,"
21 Jun 2026
ދަރަވަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށައިފި
މި ޚިދުމަތް އެ ރަށުގައި ޝަރަފްވެރިކޮށްދެއްވީ އިމިގްރޭޝަންގެ ވަގުތީ ޒިންމާދާރުވެރިޔާ، ޗީފް ޕްރިންސިޕަލް އިމިގްރޭޝަން އޮފިސަރ އަޙްމަދު ވަޙީދު އެވެ.
21 Jun 2026
ޝެއިޚް އިސްމާޢީލް އަވަހާރަވިއިރު ޤުރުއާނުގެ ތަފްސީރު އޮތީ ތަރުޖަމާކޮށް ނިންމަވާފައި
ފަޟީލަތުއްޝައިޚު އިސްމާޢީލް މުޙައްމަދު އަވަހާރަވީ އިރު، ކީރިތި ޤުރްއާނުގެ ތަފްސީރު އެއްކޮށް ދިވެހި ބަހަށް ތަރުޖަމާކޮށް ނިންމަވާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.