ޕީޕީއެމް/ޕީއެންސީ ކެމްޕޭނު ރީ-ލޯންޗިންގ އަންނަ ހޮނިހިރު ދުވަހު

03 Mar 2021 | 12:56

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ކެމްޕޭނު ފަށަން، އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކެމްޕޭން ރީ-ލޯންޗިންގ ޖަލްސާ ހޮނިހިރު ދުވަހުގެރޭ ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

ވާރޗުއަލްކޮށް ބާއްވާ މި ކެމްޕޭނު ރީ-ލޯންޗިންގައި އެކޯލިޝަނުގެ ފަރާތުން އިންތިޚާބުގައި ވާދަކުރާ ހުރިހާ ކެނޑިޑޭޓުންނަށް ބައިވެރިވެވޭނެއެވެ. އެޖަލްސާ އޮންނާނީ ހޮނިހިރު ދުވަހުގެ ރޭ 9:00 ގައި ޕީޕީއެމް އޮފީހުގައި ކަމަށް އެކޯލިޝަނުން ވަނީ ބުނެފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕިއެމް/ޕީއެންސީގެ ސްޓިއަރިން ކޮމިޓީގެ މެމްބަރު މުޢާޒު މުޙައްމަދު ރަޝީދު ވިދާޅުވީ، ރީ-ލޯންޗިންގ ޖަލްސާ ގައި މުހިންމު މަޢުލޫމާތުތަކެއްގެ ހިއްސާކުރެވިގެން ދާނެ ކަމަށާއި، އިންތިޚާބަށް އެ ޕާޓީން ގެންގުޅޭ ޝިޔާރުތައް އިފްތިތާހު ކުރެވިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. މިފަހަރުގެ ޝިޢާރަކީ "މަގޭ ރާއްޖެ" މިޝިޢާރެވެ.

އިދިކޮޅުން ކޯލިޝަނުން ވަނީ އެޕާޓީއަށް ކެމްޕޭން ކުރަން ހަމަހަމަ ފުރުޞަތު ނުދޭ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

Advertisement

ކޮމެންޓް

Advertisement