ނަޝީދު މިނިސްޓަރ ފައްޔާޒަށް: އަޅުގަނޑު މިހިރީ ތިޔަކަން ތިޔަހެން ދާން ދޫކުރާކަށް ނޫން!

07 Mar 2021 | 05:25

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ނުފޫޒު ފޯރުވައިގެން ޝަރުތު ހަމަނުވާ ކުންފުންޏަކަށް ކްލިނިކެއް ދީފައިވާ ކަމަށް ރައްޔިތުންގެ މަޖިލިސް ރައީސް މުޙައްމަދު ނަޝީދު ތުހުމަތު ކުރައްވައިފިއެވެ.

އެމަނިކުފާނު މިއަދު އެމްޑީޕީ ޤައުމީ މަޖިލިސް ވަޓްސްއެޕް ގްރޫޕަށް ފޮނުވި މެސެޖެއްގައި ވަނީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު ނުފޫޒު ފޯރުވި ކަމުގެ ތުހުމަތު ކުރައްވާފައެވެ.

އެގޮތުން ރައީސް ނަޝީދު އެ ގުރޫޕަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، މިނިސްޓަރު ފައްޔާޒު ނުފޫޒު ފޯރުވައިގެން ހުޅުމާލޭ ކުލިނިކް ޝަރުތު ފުރިހަމަ ނުވާ ބަޔަކަށް ދީފައިވާކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ. 

"ފަޔާ އަޅުގަނޑު މިހުރީ ތިޔަ ކަން ތިޔަހެން ދާން ދޫކުރާކަށް ނޫން. ކުރީގައިވެސް ބުނިން." ނަޝީދު ކުރެއްވި މެސެޖްގައި ވިދާޅުވިއެވެ.

ނަޝީދު ފައްޔާޒަށް ތުހުމަތުތަކެއް ކުރެއްވި އިރު، މީގެ ކުރިންވެސް އެމަނިކުފާނު ވަނީ ފައްޔާޒަށް އަމާޒުކޮށް، ބަހުގެ ހަމަލާތަކެއް ދެއްވައި ތުހުމަތުތަކެއް ކުރައްވައިފަ އެވެ. އަދި މިނިސްޓަރު ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމަށް ވެސް ރައީސް ނަޝީދު ވަނީ އިސްކޮށް ހުންނަވާ މަސައްކަތް ތަކެއް ކުރައްވައިފައިވާކަން ފާހަގަކޮށްލެވެއެވެ.

Advertisement

ކޮމެންޓް

Advertisement

Advertisement