މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަލީ އިހްސާން މިރޭގެ ފޯރަމްގައި ވާހަކަ ދައްކަވަނީ
ހަބަރު
13 May 2025 | 01:22
ޑްރަގް މައްސަލަ ހައްލުކުރާނަން، ޑްރަގް ބޮޑުން ހައްޔަރުކޮށް މުދާތައް ދައުލަތަށް ނަގަނީ

މަސްތުވާތަކެތި ހުއްޓުވުމަށް އޭގެ ވިޔަފާރި ކުރާ މީހުން އަތުލައިގަނެ އެ މީހުން ހިންގާ ވިޔަފާރިތައް ހުއްޓުވާ އެ މަސައްކަތުން ހޯދާފައިވާ މުދާ ދައުލަތަށް ނަގާނެ ކަމަށާ މަސްތުވާތަކެތީގެ މައްސަލައަށް މި ދައުރުގެ ތެރޭގައި ބޮޑު ހައްލެއް ގެނެވޭނެ ކަަމަށް މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރުންގެ "އަހާ" ފޯރަމްގައި މީހަކު ވަނީ މަސްތުވާތަކެތީގެ މައްސަލަ މި ދައުރުގެ ތެރޭގައި ހައްލު ކުރައްވާނެ ކަމަށް ވިދާޅުވަނީ ކޮން ސިޔާސަތެއް ތަންފީޒު ކޮށްގެންތޯ ސުވާލު ކޮށްފަ އެވެ. މިނިސްޓަރު ވަނީ ވަރަށް ތަފްސީލުކޮށް އެ ސުވާލަށް ޖަވާބު ދެއްވާފަ އެވެ.

ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ މަސްތުވާތަކެތި ފަހާ ދުވުގެ ބަދަލުގައި އެ ވިޔަފާރީގެ ބޮޑުން ހިފާ ހައްޔަރުކުރުން ކަމަށެވެ. މައްސަލަ ހައްލު ކުރުމަށް އޮތް އެންމެ ރަނގަޅު ސިޔާސަތަކީ އެއީ ކަމަށް ވެސް ވިދާޅުވި އެވެ.

އަދި ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރިކުރާމީހުން ހައްޔަރުކޮށް އެ މީހުންގެ އަތުން އެވިޔަފާރީން ހޯދި ފައިސާ އަތުލާ ހޯދާފައިވާ މުދާ ދައުލަތަށް ނަގަން ފެށުމުން އެ ވިޔަފާރި ހުއްޓުމަކަށް އަންނާނެ ކަމަށެވެ.

"މަސްތުވާތަކެތީގެ ފަހާ ދުވުމުގެ ބަދަލުގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން ހިފާ ހައްޔަރުކޮށް ހުއްޓުވުމަށް އަޅުގަނޑުމެން މި ސަމާލުކަން ދެނީ," މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަލީ އިހްސާން މިރޭގެ ފޯރަމްގައި ވާހަކަ ދައްކަވަނީ 

މިނިސްޓަރު ވިދާޅުވީ އެކި ވިޔަފާރިތަކުގެ ފަހަތުގައި ފިލާ ތިބެގެން މަސްތުވާތަކެތި ވިޔަފާރި ކުރާ މީހުންނަށް ދެން އެ ފުރުސަތު ނޯންނާނެ ކަަމަށެވެ. މިސާލެއްގެ ގޮތުން ނެންގެވީ ފުވައްމުލަކުގައި ފުލުހުން ހިންގި އޮޕަރޭޝަނެވެ. ވިދާޅުވީ އެ އޮޕަރޭޝަންގައި ފުވައްމުލަކުގައި އެެންމެ އިސްކޮށް އުޅޫނު ދެ މީހުން ހައްޔަރުކޮށް މައްސަލަ ބަލަމުންދާ ކަމަށެވެ. އަދި އެ މީހުންގެ މުދާލާއި ފައިސާ ދައުލަތަށް ނެގުމަށް ދައުވާ ކޮށްފައިވާ ކަމަށެވެ.

"އެ މީހުން ފަހާ އަޅުގަނޑުމެން ދުވާނީ. އެ މީހުން އަޅުގަނޑުމެން ހުއްޓުވާނީ," މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މަަސްތުވާތަކެއްޗާއި ދެކޮޅަށް މިދިޔަ 18 މަސް ދުވަހު ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެ ގޮތުން މިހާތަނަށް 700 ކިލޯ މަސްތުވާތަކެތި އަތުލައިގެންފައިވާކަން ފާހަގަ ކުރެއްވި އެވެ. އެއީ މަގުމަތީ އަގުން ނަމަ 1.4 ބިލިއަން ރުފިޔާ އެވެ.

މީގެ އިތުރުން ބަނގުރާ ހުރި 9000 ވުރެ ގިނަ ރާފުޅި އަތުލައިގެންފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ކަނޑުމަގުން މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް ކޮންޓެއިނާ ސްކޭނަރެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.