11 Mar 2021 | 14:52
މޫސުން ގޯސްވެ ބޮޑުބަޔަކަށް ވައިޓް އެލާޓް

ރާއްޖޭގެ އެކި ސަރަޙައްދުތަކަށް މޫސުން ގޯސްވުން އެކަށީގެންވާ ކަމަށް ލަފާކޮށް މޯލްޑިވްސް މީޓިއޮރޯލޮޖިކަލް ސާވިސް (މެޓް އޮފީހުން) ޅ.އަތޮޅުން ފެށިގެން ގދ.އަތޮޅާއި ދެމެދުގެ ސަރަޙައްދުތަކަށް ވައިޓް އެލާޓް ނެރެފި އެވެ.

މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 10:45 އިން ފެށިގެން މެންދުރު 3:00 ގެ ނިޔަލަށެވެ.

މޫސުމާއިބެހޭ ޤައުމީ އިދާރާއިން ބުނާގޮތުގައި ވައިޓް އެލާޓް ނެރެފައިވާ ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުމަކީ އެކަށީގެންވާ ކަމެކެވެ.

ރާއްޖޭގެ ސަރަޙައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވުމުގެ ސަބަބުން ކުރިއަށް މިއޮތް 3 ދުވަހު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް، ވައިގަދަވެ ކަނޑުތައްވެސް ގަދަވާނެކަމަށް ބެލެވޭތީ އާންމުކޮށް ހުރިހާ ފަރާތްތަކުން، ވަކިން ޚާއްޞަކޮށް މެދުރާއްޖެތެރެއާއި ދެކުނުގެ ސަރަޙައްދުތަކުގައި ކަނޑުދަތުރުފަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވެލެއްވުމަށް މެޓުން އިލްތިމާސްކުރައްވައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Jun 2026
އެމްޑީޕީ ޗެއާޕާސަން އިންތިޚާބުގެ ވޯޓުލުން ފަށައިފި
އިދިކޮލު އެމްޑީޕީގެ ޗެއަރާޕަސަން އިންތިހާބުގެ ވޯޓުލުން ފަށައިފިއެވެ.
12 Jun 2026
މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ބޭއްވި ހޭންޑްބޯޅަ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި
ޖޫން މަހުގެ 6 ވަނަ ދުވަހު މެލޭޝިއާގައި ބޭއްވި މި މުބާރާތުގައި ޖުމްލަ 9 ޓީމަކުން ވާދަކޮށްފައިވެއެވެ.
12 Jun 2026
ދީނަށްޓަކައި އަނބިދަރިންނާއި މުދާތައް ދޫކުރައްވައި ހިޖުރަ ކުރެއްވި ސަޙާބީން
އުންމު ސަލަމާއާއި ޞުހައިބުއްރޫމީ ފަދަ ބޭކަލުން ދީނަށްޓަކައި އެބޭކަލުންގެ އާއިލާއާއި މުދާ ޤުރުބާންކުރެއްވި ގޮތަކީ މިއަދުގެ މުސްލިމުންނަށް އޮތް ވަރުގަދަ ދަރުސެއްކަން ފާހަގަކޮށް އެ ޞަޙާބީންގެ ޙަޔާތުގެ ހާދިސާތަކުގެ މައްޗަށްވަނީ ކުރު ގޮތަކަށް އަލިއަޅުވާލާފައެވެ.
12 Jun 2026
ބޯކޮށްވާރޭވެހި ކަނޑު ގަދަވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި
ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށް ބައެއް ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފިއެވެ.
12 Jun 2026
އުރީދޫ "ފުޓްބޯޅަ ފޯރި" ކުޑަކުދިންގެ ހަވީރު މިއަދު ސެންޓްރަލް ޕާކުގައި
ފީފާ ވޯލްޑް ކަޕް ފެށުމާ ދިމާކޮށް، އުރީދޫ މޯލްޑިވްސްއިން ބާއްވާ ހާއްސަ ކުޑަކުދިންގެ ހަވީރު "އުރީދޫ ފުޓްބޯޅަ ފޯރި" މިއަދު ހަވީރު ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ނިންމައިފިއެވެ.
12 Jun 2026
މެކްސިކޯއަށް ރައުލް ހިމެނޭޒްގެ ކާމިޔާބު ކޮށްދިން ލަނޑާއެކު އޭނާ ރުއީ ކީއްވެ؟
މެކްސިކޯގެ އެސްޓާޑިއޯ އަޒްޓެކާގައި 80،000 އަށްވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ހިމެނޭޒް މި ލަނޑު ކާމިޔާބުކުރިއިރު، މިއީ އޭނާގެ ފުޓްބޯޅަ ކެރިއަރުގައި ކުރިމަތިލާންޖެހުނު ބޮޑެތި ގޮންޖެހުންތަކަށްފަހު ލިބުނު ބޮޑު ކާމިޔާބީއެކެވެ.
12 Jun 2026
ޗެކް ރިޕަބްލިކް އަތުން ދެކުނު ކޮރެއާއަށް މޮޅެއް
މެޗްގައި ދެޓީމްގެ ކުޅުންތެރިންގެ ފަރާތުންވެސް ރީތި ކުޅުމެއް ފެނިގެންދިޔައިރު، މެޗްގައި ފެނިގެން ގޮސްފައިވަނީ އެންމެ ރީނދޫ ކާޑެކެވެ
12 Jun 2026
ވަރލްޑްކަޕް ހުޅުވިމެޗް މެކްސިކޯއަށް
މެކްސިކޯ ސިޓީގައި ކުޅުނު މިމެޗް ދެކުނު އެފްރިކާގެ މައްޗަށް އެޓީމް ކުރިހޯދާފައިވަނީ 2-0 ގެ ނަތީޖާއިންނެވެ