ލަނޑަށްފަހު ރައުލް ހިމެނޭޒް ރޮނީ
ކުޅިވަރު
12 Jun 2026 | 11:45
މެކްސިކޯއަށް ރައުލް ހިމެނޭޒްގެ ކާމިޔާބު ކޮށްދިން ލަނޑާއެކު އޭނާ ރުއީ ކީއްވެ؟

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ސައުތު އެފްރިކާާ އާ ދެކޮޅަށް ކުޅެ، މެކްސިކޯގެ ދެވަނަ ލަނޑު ކާމިޔާބުކުރުމަށްފަހު އެ ގައުމުގެ ތަޖުރިބާކާރު ފޯވާޑް ރައުލް ހިމެނޭޒް ފެށީ ރޯށެވެ.

މެކްސިކޯގެ އެސްޓާޑިއޯ އަޒްޓެކާގައި 80،000 އަށްވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ހިމެނޭޒް މި ލަނޑު ކާމިޔާބުކުރިއިރު، މިއީ އޭނާގެ ފުޓްބޯޅަ ކެރިއަރުގައި ކުރިމަތިލާންޖެހުނު ބޮޑެތި ގޮންޖެހުންތަކަށްފަހު ލިބުނު ބޮޑު ކާމިޔާބީއެކެވެ.

ހިމެނޭޒްގެ ފުޓްބޯޅަ ހަޔާތް ނިމުމަކަށް އަތުވެދާނެކަމުގެ ބިރު ހީވީ 2020 ވަނަ އަހަރު އިނގިރޭސި ޕްރިމިއާ ލީގުގައި ވުލްވްސްއަށް ކުޅެމުންދަނިކޮށް، އާސެނަލްގެ ޑޭވިޑް ލުއިޒްއާ ބޯޅަ ޖަހަން އުޅުމުގެ ތެރޭގައި ދެމީހުންގެ ބޯ ޖެހި، ބޮލުގެ ނާށިގަނޑަށް ލިބުނު އަނިޔާއާ ގުޅިގެންނެވެ. އެ ހާދިސާގައި ހޭނެތިގެން ދަނޑުމައްޗަށް ވެއްޓުނު ހިމެނޭޒްގެ ފުރާނަ ސަލާމަތްވާނެކަމާމެދުވެސް އޭރު ސުވާލު އުފެދުނެވެ.

"ޑޮކްޓަރުން ބުނީ އަހަރެން ދިރިހުރުމަކީވެސް މުޢުޖިޒާތެކޭ. ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް، ސިކުނޑިއަށް ލޭ އެޅުމުގެ ސަބަބުން ވަރަށް އަވަސް އޮޕަރޭޝަނެއް ކުރަންޖެހުނު،" ފަހުން ދިން އިންޓަވިއުއެއްގައި ހިމެނޭޒް ބުނެފައިވެއެވެ.

އޭނާ ބުނިގޮތުގައި ފުޓްބޯޅަ ކުޅުން ހުއްޓާލުމުގެ ވިސްނުމެއް އޭނާ ދުވަހަކުވެސް ނުގެންގުޅެއެވެ.

އެ ބިރުވެރި ހާދިސާއަށްފަހު އަށް މަސް ދުވަހުގެ ރިކަވަރީއަކަށްފަހު އޭނާ އަލުން ދަނޑަށް އެނބުރި އައީ ގިނަ ބަޔަކު ހައިރާންކޮށްލަމުންނެވެ. އޭގެ ފަހުން ފުލަމްގައި ތިން ސީޒަން ހޭދަކުރުމަށްފަހު، މި ވޯލްޑް ކަޕް ފެށުމުގެ މަދު ދުވަސްކޮޅެއް ކުރިން އޭނާ ވަނީ އަލުން ވުލްވްސްއާ ގުޅިފައެވެ.

ކުޅިވަރުގެ މި ބޮޑު ކާމިޔާބީގެ ފަހަތުގައި އަމިއްލަ ދިރިއުޅުމުގެ ހިތާމަވެރި ހާދިސާއެއްވެސް އެބައޮތެވެ. އެއީ މިއަހަރުގެ މާޗް މަހު އޭނާގެ ބައްޕަ، ވކެންސަރު ބަލީގައި ނިޔާވުމެވެ. ހިމެނޭޒްގެ ކެރިއަރުގައި އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިން ބައްޕަ ނެތް ނަމަވެސް، އޭނާގެ ލަނޑު ޚާއްސަ ކުރީ ބައްޕައަށެވެ.

އެގޮތުން، މެޗަށްފަހު ވާހަކަދައްކަމުން އޭނާގެ ގާތް މީހާކު ބޭރުގެ ބުނީ، ޖިމެނޭޒް ލަނޑު ޖެހުމަށްފަހު ސަޕޯޓަރުން ތިބި ސަރަހައްދަށް ބަލާލި ވަގުތު އޭނާގެ ބައްޕަ އެތަނުގައި ނެތްކަން އިހުސާސް ކުރެވުމުން އޭނާއަށް ވަރަށް ބޮޑަށް އަސަރުކުރި ކަމަށެވެ.

އަދި މެކްސިކޯގެ ކުރީގެ ފޯވާޑް ހާވިއޭ ހަނާންޑޭޒް (ޗިޗަރީޓޯ) ބުނިގޮތުގައި، މިއީ ހަމައެކަނި ލަނޑެއް ނޫން ކަމަށާއި، މިއީ މުޅި ގައުމަށް ލިބުނު ވަރަށް "ޚާއްސަ ވަގުތުކޮޅެއް" ކަމަށެވެ.

ގައުމީ ޓީމަށް ކުޅުނު 127 މެޗުގައި އޭނާ ޖެހި 46 ވަނަ ލަނޑާއެކު، ހިމެނޭޒް ވަނީ އުއްމީދު ކަނޑާނުލައި މަސައްކަތްކޮށްފިނަމަ ކާމިޔާބީ ލިބޭނެކަން މުޅި ދުނިޔެއަށް ސާބިތުކޮށްދީފައެވެ.

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ބާއްވާ ތިން ގައުމުގެ ތެރެއިން އެއް ގައުމު ކަމަށްވާ މެކްސިކޯއިން، މުބާރާތުގެ ފުރަތަމަ މެޗުގައި ސައުތު އެފްރިކާގެ މައްޗަށް ރޭ ކުރި ހޯދީ 2-0 ގެ ނަތީޖާއަކުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.