ފީއަލީ ވޯޓު ފޮށި ބޭރަށް ގެންދަނީ-
ހަބަރު
12 Jun 2026 | 16:53
އެމްޑީޕީ ޗެއާޕާސަން އިންތިޚާބު: ފީއަލީ ވޯޓު ފޮށި ވޯޓުލާ މަރުކަޒުން ބޭރަށް ގެންގޮސްފި

އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ވޯޓުލުން ކުރިއަށް ދަނިކޮށް ފ. ފީއަލީ ވޯޓުލާ މަރުކަޒުގައި ބަހައްޓާފައި ހުރި ވޯޓު ބަޔަކު ނަގައިގެން ގެންގޮސްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ވޯޓު ފޮށި ނެގީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަޕޯޓަރުންނެވެ.

އެގޮތުން ސަޕޯޓަރުންތައް ވަނީ ވޯޓުލާ މަރުކަޒުގައި ހުރި އޮފިޝަލެއްގެ އަތުން ފޮށި ގަދަ ކަމުން އަތުލައި މަރުކަޒުން ބޭރަށް ގެންގޮސްފައެވެ. 

ފީއަލީގައި މިފަދަ ކަމެއް ފެންމަތިވެފައިވާއިރު، ފީއަލީގެ ވޯޓުލާ މަރުކަޒާ ގުޅިގެން ޗެއާޕާސަން ކަމަށް ވާދަކުރައްވާ މީކާއިލް އަހުމަދު ނަސީމް ވަނީ ކަންބޮޑުވުންފާޅުކުރައްވާފައެވެ. އެގޮތުން، ސުކޫލްތަކުގައި ފޮށި ބަހައްޓަން ނިންމާފައިވަނިކޮށް ފީއަލީ ހަރުގޭގައި ފޮށި ބަހައްޓާތީ އޭނާ އެކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ފ. ފީއަލީގެ ކެމްޕެއިނުގައި ކުރެއްވި ދަތުރުގައި ނަޝީދުގެ ސަޕޯޓަރުން ފާޅުގައި ވޯޓު ފޮށްޓަށް ގަނޑުކޮށް ވޯޓު އަޅާނެ ކަމަށް ބުނެފައިވާ ކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

އެއާއެކު ފީއަލީ ވޯޓު ފޮށި އެރަށު ސުކޫލުގައި ބަހައްޓާ ގޮތަށް ވަނީ ނިންމާފައެވެ. 

ފީއަލީގެ އިތުރުން ފިޔޮރީގައި ވެސް ވޯޓުލާ މަރުކަޒުގައި ހަމަނުޖެހުން ތަކެއް ހިނގައި، މަރުކަޒުގައި ބަހައްޓާފައި ހުރި ވޯޓު ފޮށި ވަނީ ފަޅާލާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ