12 Dec 2018 | 05:38
ނޫސްވެރިކަން ކުރިއެރުވުމުގެ އަލިމަސް ގަލަން ރައީސް މައުމޫނަށް

ނޫސްވެެރިކަން ކުރިއަރުވައި ދެމެހެއްޓުމުގެ އަގު ވަޒަންކޮށް، އަލިމަސް ޝަރަފުގެ ގަލަން، ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމަށް އަރުވައިފިއެވެ.

އެމަނިކުފާނަށް މި ޝަރަފު އަރުވާފައިވަނީ ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ އަލިމަސްޔޫބީލް ފާހަގަކުރުމުގެ މުނާސަބަތުގައި މިރޭ ދަރުބާރުގޭގައި ބޭއްވި ޚާއްސަ ހަފްލާއެއްގައެވެ.

ރައީސް މައުމޫންގެ އިތުރުން ނޫސްވެރިކަން ކުރިއަރުވައި ދެމެހެއްޓުމުގެ އަގު ވަޒަންކޮށް އަލިމަސް ގަލަން ލިބިފައިވަނީ ޑރ. މުހައްމަދު ޒާހިރު ހުސެން، އައްބާސް އިބްރާހީމް، ސީނާ އަހުމަދު ޒާހިރު، އިބްރާހީމް ރަޝީދު މޫސާއެވެ.

އަދި އެހެންމެ ނޫސްވެރިކަން ކުރިއަރުވައި އެ ދާއިރާއަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކޮށްދެއްވާފައިވާތީ ވަނީ 8 ފަރާތަކަށް އަލިމަސް ގަލަން އަރުވާފައެވެ. އެއީ ނޫސްވެރިކަމުގެ ދާއިރާ އިން ޕީއެޗް.ޑީ ހާސިލްކުރެއްވި ފުރަތަމަ ދިވެއްސަކަށް ވެވަޑައިގެންނެވި "ހަވީރު" ނޫޙުގެ ކުރީގެ އެޑިޓަރު ޑރ. އަލީ ރަފީގު، "އާފަތިސް" ނޫހުގައި އިސް ދައުރެއް އަދާކުރެއްވި އަބްދުﷲ ނައީމް އިބްރާހީމް، "މިހާރު"ގެ އެޑިޓަރު މޫސާ ލަތީފު، ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު، މުހައްމަދު ސައީދު މޫސާ ވަޖުދީ، ހޯރަފުށީ މުހައްމަދު ސަލީމް، ސަން އޮންލައިންގެ ޗީފް އެޑިޓަރު ހިރިގާ އަހުމަދު ޒާހިރު އަދި ވީމީޑިއާގެ އިސް ހިންގުންތެރިޔާ އިމާދު ލަތީފެވެ.

މީގެ އިތުރުން ނޫސްވެރިކަމުގެ ޚާއްސަ ލައިފްޓައިމް އެޗީވްމެންޓް އެވޯޑެއް މިރޭ ވަނީ އަބްދުﷲ ސޯދިގު (ސޯދުބެ)، ކޮޕީ މުހައްމަދު ރަޝީދު އަދި އަބްދުﷲ ފާރޫގު ހަސަންއަށް އަރުވާފައެވެ.

މިރޭގެ ޖަލްސާގައިވަނީ ނޫސްވެރިކަމުގެ ރަންގަލަންވެސް ނުވަ ފަރާތަކަށް ދީފައެވެ. އެއީ އާފަތިސް"ގެ ކުރީގެ އެޑިޓަރު ފެއަރީ އަހުމަދު ޒާހިރު، ޕީއެސްއެމްގެ އެގްޒެކެޓިވް އެޑިޓަރު މުހައްމަދު ޖަމީލް، "މިހާރު"ގެ މެނޭޖިން އެޑިޓަރު އަދި "ދޯ" މަޖައްލާގެ އެޑިޓަރު އިސްމާއީލް ނަސީރު، "މިހާރު"ގެ ލޯކަލް އެޑިޓަރު އަހުމަދު ހަމްދޫން، "ސަން އޮންލައިން"، "ވީނިއުސް" އަދި "އަވަސް"ގެ އެޑިޓަރުކަން ކުރައްވާފައިވާ އާދަމް ހަލީމް (މުންޑޫ)، ރާއްޖެ ޓީވީގެ ކުރީގެ ސީއީއޯ ހުސެން ފިޔާޒު މޫސާ، ސީއެންއެމް ވުޖޫދަށް ގެންނެވި އިސްމާއީލް ރަޝީދު، "ހަވީރު" އަދި "މިހާރު"ގެ ސީނިއާ އެޑިޓަރުކަން ކުރައްވާފައިވާ އަހުމަދު އަބްދުﷲ ސައީދު އަދި "މިހާރު"ގެ ސީނިއާ އެސިސްޓެންޓް އެޑިޓަރު - ފޮރިން ހަސަން އާމިރު އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ