Advertisement

މަންޓާ އެއަރގެ ފްލީޓަށް އިތުރު ސީޕްލޭނެއް!

27 Mar 2021 | 20:14

ދިވެހިރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ބާރުމިނެއްގައި ކުރިއަރަމުންދާ މަންޓާ އެއަރގެ ފްލީޓަށް އިތުރު ސީޕްލޭނެއް ތަޢާރަފުކުރުމަށް ނިންމައިފިއެވެ.

ކެނެޑާގެ ކެލްގަރީ އިންޓަރނޭޝަނަލް އެއާޕޯޓުން ދިގު ދަތުރެއް ކުރުމަށްފަހު އަންނަ ބުދަ ދުވަހުގައި މި ސީޕްލޭން ރާއްޖެއަށް އަންނާނެކަމަށް މަންޓާ އެއަރއިން މަޢުލޫމާތުދެއެވެ. މިއީ އެ ކުންފުނީގެ ސީޕްލޭން ދަތުރުފަތުރުގައި މިހާރުވެސް ބޭނުންކުރަމުންދާ ޑީއެޗްސީ-6 ޓްވިން އޮޓާ މަރުކާގެ ބޯޓެކެވެ.

މި ބޯޓް ގެނެވުމާއެކު މަންޓާގެ ފްލީޓްގައި ޖުމްލަ 8 ސީޕްލޭން އޮންނާނެއެވެ. މީގެ އިތުރުންވެސް އެތެރޭގެ އުދުހުންތަކަށް އެ އެއަރލައިނުން ދަނީ އޭޓީއާރު 72 މަރުކާގެ ތިން މަތިންދާބޯޓެއް ބޭނުންކުރަމުންނެވެ.

މަންޓާ އެއާގެ ސީޕްލޭންތައް ދަތުރުކުރާނީ ޝެޑިއުލްކޮށެވެ. މި ފްލައިޓްތަކުން ދަތުރުކުރައްވަން ބޭނުންވާ ކަސްޓަމަރުންނަށް ކުރިން ޓިކެޓް ބުކްކުރުމުގެ ފުރުޞަތު އޮންނާނެއެވެ.

Advertisement

ކޮމެންޓް