ލަންކާގެ ބޮޑުވަޒީރުކަމުގެ މަގާމަށް އަލުން ރަނިލް އިސްކުރަނީ

15 Dec 2018 | 11:14

މަސްދުވަހުގެ ހަމަނުޖެހުންތަކަށްފަހު، ސްރީލަންކާގެ ސިޔާސީ މަޝްރަހު ފިނިވެ، ބޮޑުވަޒީރުކަމުގެ މަގާމަށް އަނެއްކާވެސް ކުރީގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އައްޔަންކުރުމަށް ނިންމާފައިވާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެފިއެވެ.

ރަނިލްގެ ޔޫއެންޕީގެ މަޖިލިސް މެންބަރެއްކަމުގައިވާ ރަޖިތަ ސެނަރަތްނައާއި ހަވާލާދީ ބީބީސީ ސިންހަލައިން ރިޕޯޓްކުރާ ގޮތުގައި އަންނަ އާދީއްތަ ދުވަހުގެ ހެނދުނު ދިހައެއް ޖަހާއިރު، ބޮޑުވަޒީރުކަމުގެ މަގާމުގެ ހުވާ ރަނިލް ވިކްރަމަސިންހަ އަލުން ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރަނިލް އަކީ މިވަގުތު ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ މެންބަރުންގެ ފަރާތުން ބޮޑުވަޒީރުކަމަށް ތާއިދުކުރާ ބޭފުޅާއެވެ.

މާދަމާ ރަނިލް މަގާމުގެ ހުވާ ކުރައްވާއިރު، ފާހަގަކޮށްލެވޭ ގޮތުގައި ބޮޑުވަޒީރުކަމުގެ މަގާމަށް ސްރީލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ އައްޔަންކޮށްފައިވާ ފަރާތްކަމުގައިވާ މަހިންދަ ރާޖަޕަކްސަ މާދަމާ ހެނދުނު ވަނީ މަގާމުން އިސްތިއުފާދެއްވުމަށް ނިންމަވާފައެވެ. މިކަން އެމަނިކުފާނުގެ ދަރިކަލުން އަދި ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ނަމަލް ރާޖަޕަކްސަވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ނަމަލް ވިދާޅުވިގޮތުގައި އެމަނިކުފާނުގެ ބައްޕާފުޅު އިސްތިއުފާ ދެއްވުމަށް ނިންމަވާފައިވަނީ ގައުމުގެ ސުލްހަ މަސަލަސްކަމަށްޓަކައިއެވެ.

Advertisement

ކޮމެންޓް

Advertisement