ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވީ 132 މީހުން!

04 Apr 2021 | 23:25

ދިވެހިރާއްޖެއިން އިތުރު 132 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗް.ޕީ.އޭއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް މިބައްޔަށް 132 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މީގެ ތެރޭގައި މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 64 މީހަކާއި، ރަށްރަށުން ޕޮޒިޓިވްވި 45 މީހަކާއި، ރިސޯޓްތަކުން ޕޮޒިޓިވްވި 19 މީހަކާއި އަދި ސިނާއީ ސަރަޙައްދުތަކުން ޕޮޒިޓިވްވި އެކަކު ހިމެނެއެވެ.

މިއާއެކު މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 24،783 އަށް އަރާފައެވެ. މީގެ ތެރެއިން 83 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މިބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 21،646 އަށް އަރާފައެވެ.

Advertisement

ކޮމެންޓް