07 Apr 2021 | 23:51
މުޢިއްޒުއާ އިބްރާގެ ކުއްލި ބައްދަލުވުން: އިބްރާގެ ތާއީދުވެސް މުޢިއްޒުއަށް؟

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ޓިކެޓުގައި މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ޑރ.މުޙައްމަދު މުޢިއްޒު، އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާޢީލް (އިބްރާ)އާއި ބައްދަލުކުރައްވައި، މަޝްވަރާ ކުރައްވައިފިއެވެ.

އިބްރާ ކުރެއްވި ޓްވީޓެއްގައި މިކަން ހިއްސާ ކުރައްވައި ވިދާޅުވީ، އެދެބޭފުޅުން ބައްދަލު ކުރެއްވީ، ޑރ. މުޢިއްޒުގެ އެދިވަޑައިގަތުމަކަށް ކަަމަށެވެ. އެދެބޭފުޅުން ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށްވެސް އިބްރާ ވިދާޅުވިއެވެ.

"ކަމެއްގައި ޚިޔާލެއް ދެވޭނީ ބޭނުން ވެގެން އައި މީހަކަށް، އަދި ވަޑައިގަތީ މުޢިއްޒު" އިބްރާ ވިދާޅުވިއެވެ.

އިބްރާއާއި ބައްދަލުކުރައްވައި ޑރ.މުޢިއްޒު ދެއްކެވި ބައެއް ވާހަކަތައް ހިއްސާ ކުރައްވައި އޭނާ ވިދާޅުވީ، އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ، އެކި ކަންކަމުގައި އޭނާގެ އެހީތެރިކަން ބޭނުންވާނެ ކަމަށް ޑރ.މުޢިއްޒު ވިދާޅުވި ކަމަށެވެ.

"ކޮންމެ ބޭފުޅަކު ހުންނެވިޔަސް، ރައްޔިތުންގެ ހިދުމަތުގައި ދެވެން އޮތް ހިދުމަތެއް ދޭނެ ވާހަކަ ދެންނެވިން" އިބްރާ ވިދާޅުވިއެވެ.

އިބްރާގެ ޓްވީޓުގައި، މިފަހަރުގެ އިންތިޚާބުގައި ޑރ.މުޢިއްޒުއަށް ތާއިދު ކުރައްވާނެކަން ނުވަތަ ނޫން ކަމެއް އިބްރާ ހާމައެއް ނުކުރައްވައެވެ. އިބްރާ އަކީ ޕީޕީއެމްއާ ވާދަވެރި އެމްޑީޕީ އުފެއްދުުގައި އެންމެ އިސްކޮށް އުޅުއްވި އެއް ބޭފުޅާއެވެ. އެހެންނަމަވެސް ފަހަކަށް އައިސް އިބްރާ ގެންދަވަނީ ސަރުކާރުގެ އެކި ސިޔާސަތުތަކަށް ފާޑުވިދާޅުވަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
19 Sep 2026
ޕްލާސްޓިކް ހޮޅި 2031 އާ ހަމައަށް އެތެރެކުރުން ހުއްދަކޮށްފި
މި ބަދަލު ގެންނެވީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ މަޝްވަރާގެ މަތީންނެވެ. މި ޤަރާރުގެ ދަށުން ޕްލާސްޓިކް ހޮޅި ރާއްޖެއަށް އެތެރެކުރުން މަނާވާ ތާރީޚު މިހާރު ވަނީ 2031 ވަނަ އަހަރުގެ ޖޫން މަހުގެ އެއް ވަނަ ދުވަހަށް ފަސްކޮށްފައެވެ.
19 Sep 2026
ރަޝިއާއިން ހަމަލާއެއް ދީފާނެކަމުގެ ބިރު ބޮޑުވެ ޔޫރަޕް ދިފާޢީ ތައްޔާރީތައް ވަރުގަދަކޮށްފި
ޕޮލެންޑުގެ ބޮޑުވަޒީރު ޑޮނަލްޑް ޓަސްކް ބުރާސްފަތި ދުވަހު އިންޒާރު ދީފައިވަނީ ޔޫކްރެއިނަށް ތާއީދުކުރާ ނޭޓޯ ޤައުމުތަކުގެ ސަރަޙައްދަށް ކުރިއަށް އޮތް މަދު މަސްތަކެއްގެ ތެރޭގައި މޮސްކޯއިން ޑްރޯން ނުވަތަ މިސައިލް ފޮނުވައިފާނެ ކަމަށެވެ.
19 Sep 2026
އަމީނީ މަގު ސެގްމެންޓް އެކެއްގައި ތާރު އެޅުމުގެ މަސައްކަތް ފަށައިފި
ފާއިތުވި ހަފުތާގެ ތެރޭގައި ތާރު އެޅުން ރޭވިފައި އޮތް ނަމަވެސް، ތާރުއެޅުމުގެ މަސައްކަތް ލަސްވީ މޫސުން ގޯސްވެ ވާރޭ ވެހުމާ ގުޅިގެން ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. އެހެންކަމުން މޫސުން ރަނގަޅުވުމާއެކު އަމީނީމަގުގައި ތާރު އެޅުމުގެ މަސައްކަތް މިއަދު ހެނދުނު ކުރިއަށްގެންގޮސްފައިވާކަމަށް އެ ކުންފުނިން ބުންޏެވެ
19 Sep 2026
ބާބުލް މަންދަބު ކަނޑުއޮޅިއަށް އިޓަލީން މަނަވަރެއް ފޮނުވަނީ
ބާބުލް މަންދަބު ކަނޑުއޮޅީގައި ނުރައްކާ ބޮޑުވާތީ އިޓަލީވިލާތުގެ ވިޔަފާރި އުޅަނދުތައް ހިމާޔަތްކުރަން ކަނޑުގެ އަސްކަރީ އޮޕަރޭޝަނެއް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އިޓަލީން ވަނީ ބުނެފައި
19 Sep 2026
ޕީއެންސީ ޓޫރިޒަމް ކޮމިޓީގެ ރައީސާކަމުގެ މަގާމަށް އަލައިކާ
އަލައިކާ އަކީ މިހާރުވެސް ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެވެ
19 Sep 2026
ވަޠަނީ ޚިދުމަތުގެ ތިންވަނަ ބެޗުން 341 ޒުވާނުން ތަމްރީނު ފުރިހަމަކޮށްފި
ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތު ބާއްވާފައިވަނީ އެމްއެންޑީއެފްގެ ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގައެވެ. ދަސްވެނިވި ދަރިވަރުންނަށް އަޒުމް ލައިދިނުމާ އެކު ޝަރަފުގެ ހިނގާލުންވެސް އެ ރަސްމިއްޔާތުގައި ކުރިއަށް ގެންގޮސްފައިވެއެވެ.
19 Sep 2026
ލ.ގަމުގައި ބޭއްވި ރޭސިން މުބާރާތެއްގ ެތެރެއިން ނުަރއްކާތެރި އެކްސިޑެންޓެއް
މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓް ހިނގާފައިވަނީ ސައިކަލް ކޮންޓްރޯލުން ނެއްޓި ގޮސް މޫދަށް ވެއްޓިގެންނެވެ.
19 Sep 2026
ގައުމަށް އެންމެ ފައިދާ ހުރި ގޮތަކީ އަންނަ ރިޔާސީ އިންތިހާބުވެސް ޕީއެންސީން ކާމިޔާބުކުރުން: ޣައްސާން
‏ގައުމަށް އެންމެ ފައިދާ ހުރި ގޮތަކީ އަންނަ ރިޔާސީ އިންތިހާބުވެސް ޕީއެންސީން ކާމިޔާބުކުރުން ކަމުގައި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.