07 Apr 2021 | 14:37
ލަތީފް: ދެގޮތެއް ނުވެ އައްޑޫ ސިޓީއަށް ޚިދުމަތްކުރެއްވުމުގައި!

ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓުލުން ގާތްވެއްޖެއެވެ. ދިވެހިންގެ ނިންމުން ނިންމައި ބޭނުންވާ ގޮތަކަށް ވޯޓު ދިނުމުގެ ދުވަސް ޖެހެނީއެވެ. އެންމެންގެ ވެސް އުއްމީދަކީ ތިމާ ދިރިއުޅޭ ވަޒަނަށް ތަރައްޤީ ގެނައުމެވެ. ފުދުންތެރި ދިރިއުޅުމެއް ފެނުމެވެ. މިއަދު ނޫންގޮތެއް ވުމެވެ.

އައްޑޫސިޓީއަކީ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މާލެ ފިޔަވައި އެންމެ ތަރައްޤީ ވެފައިވާ ތަނެވެ. ނޫންނަމަ ރާއްޖޭގެ އެންމެ ތަރައްޤީ ދެވަނަ ސިޓީއެވެ. އެހެނަސް ޙަޤީޤަތަކީ ނިސްބަތުން އާބާދީ ބޮޑު އައްޑޫސިޓީއަށް ފާއިތުވެދިޔަތަނުގައި މާ ބޮޑު ތަރައްޤީއެއް އައިސްފައި ނުވާކަމެވެ. ކޮންމެ އިންތިޚާބަކާ ދިމާކޮށް އައްޑޫމީހުންނަށް ދައްކަމުން އަންނަ ހުވަފެންތައް މިއަދާ ހަމައަށް ވެސް ކުލަވެފައެއް ނެތެވެ. މިއީ އައްޑޫގެ ގިނަ ރައްޔިތުން އަބަދުވެސް ގަބޫލުކުރާ ހަޤީޤަތެކެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި ކުރިއަށް އޮތް ދައުރަށް އައްޑޫސިޓީގެ މޭޔަރ ކަމުގެ މަޤާމަށް ސ.ހިތަދޫ ބްލޫވިލާ އާމިނަތު ދީދީ އާއި ސ.މަރަދޫފޭދޫ ޗަމްޕާޕޫލުމާގޭ ޢަބްދުއްޞަމަދުގެ މުޙައްމަދު ލަތީފް ވާދަ ކުރައްވަވަނީ ރައްޔިތުންގެ މި ދެންނެވި އުއްމީދުތަކަށް ނިމުމެއް ގެނެސްދެއްވުވުމުގެ މަތިވެރި އަޒުމުގައެވެ. ތަފާތު އެތަކެއް ފަހަރު މަތިން އައްޑޫމީހުންނަށް ދެއްކި އަދި ކުލަނުވެވާ ހުވަފެންތައް ޙަޤީޤަތަކަށް ހެއްދެވުމުގެ ބޭނުމުގައެވެ. ޢިލްމީ ގޮތުންނާއި ތަޖުރިބާގެ ގޮތުން މިހާތަނަށް ލިބިލެއްވެވި ހިކުމަތުގެ އަލީގައެވެ.

"އަފިރިންގެ ސިޓީ އަފިރިންނަށް، އަފިރިންގެ ރަށް އަފިރިންނަށް" މި ސްލޯގަން އާއެކު އައްޑޫސިޓީގެ މޭޔަރު ކަމުގެ މަޤާމަށް ނިކުންނެވި ލަތީފު އަކީ ވިޔަފާރިއާއި ހިންގުމުގެ ދާއިރާއިން މާސްޓާސް ޑިގްރީ އާއި ފައިނޭންސް އެންޑް އެކައުންޓިން އިން މަތީ ތަޢުލީމު ހާސިލުކުރައްވަވާފައިވާ ޢިލްމީ ބޭފުޅެކެވެ. ތަޢުލީމާއި ވިޔަފާރީގެ ދާއިރާއިން ލިބިލައްވަވާފައިވާ 23 އަހަރު ދުވަހުގެ ތަޖުރިބާއާއެކު އައްޑޫސިޓީގެ މޭޔަރު ކަމުގެ މަޤާމަށް ލަތީފް ނިކުންނެވީ އިޤްތިޞާދީ ގޮތުންނާއި އުމްރާނީ ގޮތުން އައްޑޫގެ ރައްޔިތުންނަށް ދިމާވެފައިވާ ގޮންޖެހުންތައް ޙައްލުކޮށްދެއްވުމުގެ އަޒުމުގައެވެ.

މީގެ ކުރިން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މެނޭޖިން ޑައިރެކްޓަރ ކަމާއި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ ޗެއަރމަން ކަމާއި އައިލެންޑް އޭވިއޭޝަން ސަރވިސް ލިމިޓެޑްގެ ބޯޑު ޑިރެކްޓަރ ކަމުގެ މަޤާމު ލަތީފް ވަނީ ފުރުއްވަވާފައެވެ. މީގެ އިތުރުން ސްރީލަންކަން އެއާލައިންސްގެ ހެޑް އޮފް ޕަސެންޖަރ ސަރވިސް ކަމުގެ މަގާމު ފަދަ އިސް މަގާމުތައް ފުރުއްވަވާފައިވާ ލަތީފް އަކީ ދުނިޔެއަށް ލޯހުޅުވި ގިނަ ކަންކަމުގެ ތަޖުރިބާ ލިބިލައްވަވާ ގިނަ މީހުންނާއެކު މަސައްކަތް ކުރައްވަވާފައިވާ ހިކުމަތްތެރި ތަޖުރިބާކާރު ބޭފުޅެކެވެ.

"އައްޑޫގެ ލޮބުވެތި ރައްޔިތުން އަޅުގަނޑަށް މި މަޤާމު ދެއްވައިފިނަމަ ހަމަ ޔަގީނުންވެސް މާޔޫސްވާކަށް ނުޖެހޭނެ. އަޅުގަނޑަށް ވޯޓު ދެއްވައިފިނަމަ އައްޑޫ އަކީ އިގްތިޞާދީ ގޮތުން ފުދުންތެރި ސިޓީއަކަށް ހެދުމާއެކު ހުރިހާ ޕާޓީއަކާއި ގުޅިގެން ތިޔަ ބޭފުޅުންގެ ކުރިއެރުމަށް އަޅުގަނޑު މަސައްކަތް ކޮށްދޭނަން" ޕީޕީއެމްގެ ޓިކެޓުގައި އައްޑޫސިޓީގެ އެންމެ އިސް މަޤާމަށް ވާދަކުރައްވަވާ ލަތީފްގެ ބަހަކީ މިއީއެވެ.

ކުޅިވަރުގެ ދާއިރާއާއި ގުޅުން ހުރި ގިނަ މަސައްކަތްތަކެއް ކުރައްވަވާ އައްޑޫސިޓީއަށް ކުޅިވަރުގެ ރޮނގުން ރަން ވަނަތަކެއް ހޯއްދަވައިދެއްވެވި ލަތީފް ވަނީ ސެންޓްރަލް އޭޝިއަންސް ވޮލީބޯލް އެސޯސިއޭޝަނުގެ ރައީސް ކަމާއި އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަންގެ މާކެޓިން އެންޑް ޑިވެލޮޕްމަންޓް ކޮމެޓީގެ މެންބަރު ކަމުގެ އިތުރުން ރާއްޖޭގެ ޤައުމީ ޓީމުގެ މެނޭޖަރކަމާއި ވޮލޯ ބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ކަން ވެސް ކުރައްވަވާފައެވެ.

ޕީޕީއެމްގެ ޓިކެޓުގައި މޭޔަރ ކަމުގެ މަޤާމަށް ވާދަ ކުރައްވަވާ ލަތީފް ވަނީ ލަތީފްގެ ކެމްޕޭން މީޑިއާ ޓީމުން ފޭސްބުކް މެދުވެރިކޮށް ގެނެސްދޭ “ރައްޔަތުންގެ ސުވާލަ ލަތީބެއަށް” ޝޯވގައި ރައްޔިތުން ފޮނުވާފައިވާ ގިނަ ސުވާލުތަކަށް ސާބިތުކަމާއެކު ޖަވާދު ދެއްވަވާ މަގާމު ލިބިލައްވަވައިފިނަމަ ވައުދުވި ގޮތަށް އެކަންތައް ތައް ކުރައްވަވާފައި ނޫނީ ހުއްޓަވާ ނުލައްވަވާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވަވާފައެވެ. އެގޮތުން އައްޑޫ ސިޓީގެ ކަރަންޓުގެ އަގުހެޔޮކުރުމަށް އައްޑޫ ސިޓީގައި މަދުވެގެން އެއް އަހަރު ދުވަހުގެ ތެލުގެ ރިޒާވެއް ޤާއިމުވެފައި ހުންނަން ޖެހޭ ކަމަށް ލަތީފް އަބަދުވެސް ގަބޫލު ކުރައްވަވައެވެ.

މީގެ އިތުރުން އައްޑޫ ސިޓީއަކީ ރާއްޖޭގެ ނަންބަރު 1 ސިޓީއަށް ހެދުމަކީ ލަތީފް ގެ ތަސައްވުރު ކަމަށް ދެކިލައްވަވާ ލަތީފު އަންނަނީ އެކަމުގެ ތަސައްވަރު ވަރަށް ރަނގަޅަށް ހާމަ ކުރައްވަވަމުންނެވެ.

އައްޑޫސިޓީގެ މޭޔަރު ކަމުގެ މަޤާމަށް ކުރިމަތިލައްވާ ފައިވާ 3 ކެނޑިޑޭޓުންގެ ތެރެއިން އެންމެ ހަރުދަނާ ސިޔާސަތެއް މިއަދާއި ހަމަޔަށް ރައްޔިތުންނާ ހަމަޔަށް ހާމަ ކުރައްވަވާފައިވާ ލަތީފް ވަނީ މޭޔަރ ކަމުގެ ފުރަތަމަ 2 އަހަރުތެރޭ ސްމާޓް ސިޓީ ,ކައުންސިލެއް ޤާއިމްކުރާނެ ކަމަށް ވިދާޅުވެފައެވެ. ހަމަ އެހެންމެ އައްޑޫސިޓީގެ ރައްޔިތުންނަކީ މައި ސަރުކާރަށް ސަލާން ނުޖަހާނެ ފަދަ ފުދުންތެރި ބަޔަކަށް ހެދުމަކީ ލަތީފް ގެ އެންމެ ބޮޑު ހުވަފެނެވެ.

އައްޑޫސިޓީގެ ރައްޔިތުންގެ ގިނަ އުއްމީދުތައް ފުރިހަމަ ކޮށްދިނުމަށް ލަތީފް ކުރައްވަމުން ގެންދަވާ މަސައްކަތުގައި ބޭނުންވަނީ ފުރުޞަތެކެވެ. ގިނަ ދުވަސްތަކެއް ވަންދެން އެއް ފިކުރަކަށް އައްޑޫސިޓީގެ ހިންގުން ދީލާލާފައި އޮތް އޮތުން ދޫކޮށް ސިޓީ ތަރައްޤީކޮށް ކުރިއެރުވުމަށް ލަތީފް އަށް ފުރުޞަތު ދެއްވުމަކީ އައްޑޫސިޓީގެ މޭޔަރު ކަމުގެ މަޤާމަށް ކެނޑިޑޭޓް ނަމްބަރު 1 އާއެކު ވާދަކުރައްވަވާ ލަތީފް އެންމެ ބޮޑު އެދިލެއްވެވުމެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.