07 Apr 2021 | 23:19
އެމްއެންޑީއެފް ސަދަން އޭރިއާގައި ސަރވިސްކޯރ ކޮމްޕޯނެންޓެއް ޤާއިމުކޮށްފި

އެމްއެންޑީއެފް ސަދަން އޭރިއާގައި ސަރވިސްކޯރގެ ކޮމްޕޯނެންޓެއް ޤާއިމުކޮށްފިއެވެ.

އެމްއެންޑީއެފް ސަދަން އޭރިއާގައި މިއަދު ހެނދުނު މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޝަމާލް އެވެ.

ސާރވިސްކޯރގެ މިކޮމްޕޯނަންޓްގެ ބޭނުމަކީ ރައްޔިތުންނާއި ގާތުން އަވަސް ކަމާއިއެކު ޚިދުމަތް ފޯރުކޮށްދިނުމަށް އޭރިއާގައި ހިންގާ ތަފާތު އޮޕަރޭޝަންތަކަށް، ބޭނުންވާ ލޮޖިސްޓިކް ސަޕޯރޓް ފޯރުކޮށްދިނުމެވެ. މިއަދު ޤާއިމުކުރެވުނު ސާރވިސްކޯރ ކޮމްޕޯނަންޓްގެ ސަބަބުން އެމްއެންޑީއެފް ސަދަން އޭރިއާގައި ހިންގާ އޮޕަރޭޝަންތަކަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.

މިއީ ސިފައިންގެ އާ ކެޕްސްޓޯން ޑޮކްޓަރީން ގައިވާ ގޮތުގެ މަތިން، ސިފައިންގެ އަސްކަރީ ގާބިލުކަން އިތުރުކޮށް ރައްޔިތުންނާއި ގާތުން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މަތިކުރުމުގެ މަޤުޞަދުގައި ޤާއިމުކުރެވުނު ޚިދުމަތެކެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ސަރވިސްކޯރގެ ކޮމާންޑާރ ބްރިގޭޑިއަރ ޖެނެރަލް ޙާމިދު ޝަފީޤާއި ސަދަން އޭރިއާގެ ކޮމާންޑަރ ކާނަލް އިބްރާހީމް ރަޝީދުގެ އިތުރުން ސަރވިސްކޯރގެ ގިނައަދަދެއްގެ ސިފައިން ބައިވެރިވެލެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.