08 Apr 2021 | 14:16
ޒިކްރާ މިސްކިތް ހުރި ބިން ކޮންނަމުންދަނިކޮށް އާސާރީ ތަކެއްޗާއި މިނިކަށި ފެނިއްޖެ

މާލޭ ސިޓީގެ މައްޗަންގޯޅީގައި ޒިކްރާ މިސްކިތް ހުރި ބިން ކޮންނަމުންދަނިކޮށް ބައެއް އާސާރީ ތަކެއްޗާއި މިނިކަށިތަކެއް ފެނިއްޖެއެވެ.

ސަގާފީ ތަރިކައާބެހޭ ގައުމީ މަރުކަޒުން ކުރި ޓްވީޓެއްގައި ބުނިގޮތުގައި ޒިކްރާ މިސްކިތް ހުރި ބިން ކޮންނަމުންދަނިކޮށް އާސާރީ ތަކެތި ވަނީ ފެނިފައެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނުގައި ވާގޮތުގެމަތިން ވަގުތީގޮތުން މަސައްކަތް ހުއްޓުވައި އެތަކެތި ރައްކާތެރިކުރުމަށް ކަމާއިބެހޭ ފަރާތްތަކާއި ގުޅިގެން އެ މަރުކަޒުން މަސައްކަތް ކުރަމުންދާކަމަށް ވަނީ ބުނެފައެވެ.

މިތަނުން ފެނުނު ބައެއް ތަކެތީގެ ފޮޓޯތަކެއް "ވޮއިސް"އަށް ވަނީ ލިބިފައެވެ. އެ ފޮޓޯތަކުން ފެންނަގޮތުގައި ޒިކްރާ މިސްކިތް ހުރި ބިމުގައި ވަގުތީ މިސްކިތެއް އެޅުމުގެ މަސައްކަތް ކުރަމުންދަނިކޮށް ވަނީ މަހާނަ ގަލާއި މިނިކަށިތަކެއް ވަނީ ފެނިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ ޑިސެމްބަރ މަހުގެ ތެރޭގައިވެސް މި ބިން ކޮނެ ސާފުކުރަމުންދަނިކޮށް، އެ ސަރަހައްދުން ވަނީ ކުރިން ހުރި މައްޗަންގޯޅި ބައު ކިސްކިިތުގެ ބިންގަލުގެ ބައިތަކެއްކަމަށް ބެލެވޭ އެއްޗެއް ފެނިފައެވެ.

ޒިކްރާ މިސްކިތް ހުރި ބިމުގެ ތާރީޚަށް ނަޒަރެއް:

ދިވެހި ތާރީޚް ދިރާސާކުރައްވާ ފަރާތެއްކަމަށްވާ އަލްއުސްތާޛު ނާޒިމް އަބްދުއްސައްތާރު ވިދާޅުވި ގޮތުގައި މި މިސްކިތް އެންމެ ފުރަތަމަ ބިނާކުރެވިފައިވަނީ 1640 ހާ ތާނގައި އިސްކަންދަރު ރަސްގެފާނުގެ ރަސްކަމުގައެވެ. 

ދިވެހި ތާރީޚް ދިރާސާކުރައްވާ އެހެން ފަރާތެއްކަމަށްވާ މަންދު މުހައްމަދު ވަހީދު ލިޔުއްވާފައިވާ ގޮތުގައި ހިޖުރައިން 536 ވަނަ އަހަރު ތެރޭ ދިވެހިރާއްޖޭގެ ރަސްކަލަކު ޣައިރުދީން ދޫކޮށް އިސްލާމްވެ ވަޑައިގެން ދެވަނަ ފަހަރަށް ރަސްކަމަށް އިސްވެ މާލޭގައި ބުދުކޯލުތައް ތަޅުއްވައި ނުވަތަ ފޮރުއްވާލައްވައި އެތަންތަނުގައި މިސްކިތްތަކެއް ބިނާކުރެއްވި ކަމަށް ތުންތުންމަތިން ވާހަކަ ދެކެވެއެވެ. މިގޮތުން އެއް މިސްކިތެއްކަމަށް އެބޭފުޅާ ލިޔުއްވާފައިވަނީ މައްޗަންގޯޅި ބޮއި ގަސްދޮށާ ދިމާލަށް ހުރި މިސްކިތްކަމަށްވާ މައްޗަންގޯޅި ބައު މިސްކިތެވެ.

އެއަށްފަހު އެކި ފަހަރުމަތިން މިސްކިތުގެ އާބާތުރަ ފިލުވައި އަލުން ބިނާކޮށް ހަދާފައިވާކަން އެނގެން އެބައޮތެވެ. އެގޮތުން އައްސުލްތާން މުހައްމަދު ޝަމްސުއްދީންގެ ރަސްކަމުގެ 27ވަނަ އަހަރުގެ ޖުމާދިލްއާޚިރު މަހުގައި އެ މިސްކިތް "ބައުވެ ހުންނާން ނެތިގެން" އަލުން ހަދަން ފަށައި، 30 ވަނަ އަހަރުގެ ޝައުބާން މަހުގައި މަސައްކަތް ނިމުނެވެ. (މާލޭގެ މިސްކިތްތައް، ޑިޕާރޓްމެންޓް އޮފް އިންފޮރމޭޝަން އެންޑް ބްރޯޑްކާސްޓިންގ)

މި މިސްކިތަށް ފަހުން ބަދަލުތަކެއް ގެނެސް ޖާގަ ބޮޑުކޮށްފައި ވަނިކޮށްވެސް ޖާގަ ކުޑަވުމުން، އެއަށްވުރެ ބޮޑު މިސްކިތެއް ބިނާކުރުމަށް އައްޝައިޚުލްމަރުހޫމް އަބްދުލްގައްޔޫމް ސީދީގެ އާއިލާއިން ދައުލަތުގައި އެދިވަޑައިގެންނެވިއެވެ. މިކަމަށް 1982ވަނަ އަހަރުގެ ސެޕްޓެމްބަރ 1ގައި ހުއްދަ ދެއްވައި ދައުލަތުން މިސްކިތް ރޫޅާލެއްވިއެވެ. އެއަށްފަހު އެތަނުގައި އެޅިގެންދިޔަ މަޝްހޫރު ޒިކްރާ މިސްކިތް ހުޅުވުނީ 1983 ވަނަ އަހަރުގެ އެޕްރީލް މަހުގެ 14 ވަނަ ދުވަހުގައެވެ.

ފޮޓޯތައް: ޝަމްއޫން ޖަލީލް (ލޫކަސް)

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.