އެންމެ ފުރަތަމަ މަސައްކަތެއްގެ ގޮތުގައި ގެދޮރުގެ މައްސަލަ ޙައްލުކޮށްދޭނަން: މުޢިއްޒު

11 Apr 2021 | 12:10

އެންމެ ފުރަތަމަ މަސައްކަތެއްގެ ގޮތުގައި މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް މާލޭ މޭޔަރު ކަމަށް ޕީޕީއެމްގެ ޓިކެޓުގައި ހޮވިވަޑައިގެންނެވި ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މުޢިއްޒު މިހެން ވިދަޅުވީ، މިހާރު ޕީޕީއެމް އޮފީހުގައި ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަމުންނެވެ.

ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މާލޭގެ ރައްޔިތުން ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގެދޮރުގެ މައްސަލަ ކަމަށާއި މަސްޢޫލިއްޔަތާ ރަސްމީކޮށް ޙަވާލުވާ ދުވަހުން އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދާނީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯއްދަވައިދިނުމަށް މަސައްކަތް ކުރުން ކަމަށެވެ،

"އަޅުގަނޑު ޔަގީންކަންދެނީ އަޅުގަނޑާ ރަސްމީކޮށް މަސައްކަތް ހަވާލުވާ ދުވަހުން ފެށިގެން އެންމެ ފުރަތަމަވެސް ފަށާނެ މަސައްކަތަކަށްވަނީ ތިޔަ ލޮބުވެތި ރައްޔިތުންނާއި އެކީގައި ގުޅިފަޅަކީ ގެދޮރުގެ މަންޒިލަކަށް ހަދަން ސަރުކާރާއެކީ ވާހަކަދެއްކުމުގެ މަސައްކަތް" ޑރ. މުއިއްޒު ވިދާޅުވިއެވެ.


Advertisement

ކޮމެންޓް