ސްޓްރޯބެރީ ކާންޖެހޭ ސަބަބުތައް މިއޮތީ

12 Apr 2021 | 12:29

ސްޓްރޯބެރީ ކައި އުޅެންހެއްޔެވެ؟ ގިނަ މީހުންނަށް މީރު މި މޭވާ އަކީ ހުތްފޮނި ރަހައެއްދޭ، ބަލާލަންވެސް ރީތި މޭވާއެކެވެ.

މިއީ ރާއްޖޭގައި ހައްދާ އުޅޭ މޭވާއެއް ނޫންނަމަވެސް، ގިނަ މޭވާ ވިއްކާ ފިހާރަތަކުން ސްޓްރޯބެރީ ލިބެން ހުރެއެވެ. ދިވެހިންގެ ތެރޭގައިވެސް ސްޓްރޯބެރީގެ މަޤްބޫލްކަން ވަކި ކުޑައެއް ނޫނެވެ. މިއީ ވަރަށް ގިނަ ފައިދާތަކެއްވެސް ހަށިގަނޑަށް ލިއްބައިދޭ މޭވާއެކެވެ.

ބެރީ ފްރުޓްތަކުގެ ތެރެއިން އެންމެ ގިނަ މީހުންނަށް ކަމުދާ އެއް މޭވާ އަކީ ސްޓްރޯބެރީއެވެ. އެންޓި އޮކްސިޑެންޓުތަކުން މުއްސަނދިކަން ލިބިފައިވާ ސްޓްރޯބެރީއަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކޮށްދީ، ބަލިތަކުން ރައްކާތެރި ކޮށްދިނުމަށް އެހީވެދޭ މޭވާއެކެވެ.ސްޓްބެރީ ކެއުމުން ހަށިގަނޑުގެ ދިފާއީ ނިޒާމް ވަރުގަދަ ކޮށްދެނީ އޭގައި އެކުލެވޭ ވިޓަމިން ސީގެ ސަބަބުންނެވެ. އެންމެ ސްޓްރޯބެރީއަކުން ދުވާލެއްގެ މައްޗަށް ހަށިގަނޑަށް ބޭނުންވާ ވިޓަމިން ސީގެ 150 އިންސައްތަ ލިއްބައިދޭނެއެވެ.

ސްޓްރޯބެރީއަކީ ލޮލަށް ވަރަށް ފައިދާކުރުވަނިވި މޭވާއެއް ކަމަށް ޞިއްޙީ މާހިރުން މަޢުލޫމާތުދެއެވެ. ލޮލުގެ ފެނުމަށް މައްސަލަ ކުރިމަތި ކުރުވުމުން އެކަމަށް ޙައްލު ގެނެސްދޭ މާއްދާތައް ކަމަށްވާ ފްލެވޮނޮއިޑްސް، ފެނޮލިކް ފައިޓޯކެމިކަލްސް، އަދި އެލެޖިކް އެސިޑް ފަދަ މާއްދާތައް ވަރަށް ގިނަ އަދަދަކަށް ސްޓްރޯބެރީގައި އެކުލެވިގެންވެއެވެ. 

Advertisement

ކޮމެންޓް