ސަރުކާރުގެ ސިޔާސަތުތައް މަސްވެރިން ބަލައެއް ނުގަތް: ރައީސް ޞާލިޙް

21 Apr 2021 | 02:19

މި ސަރުކާރުގެ ސިޔާސަތުތައް މަސްވެރިން ބަލައިގަނެފައި ނުވާާކަން ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާއިން ދޭހަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ  މީގެ ކުރިން އެމްޑީޕީގެ ތާއިދު ވަރަށް ބޮޑަށް މަސްވެރި ރަށްރަށުންވެސް ގޮނޑިތައް ގެއްލިފައިވާކަމަށެވެ. އަދި ސަރުކާރުން މަސްވެރިކަމަށް ގެނައި ސިޔާސަތުތައް މަސްވެރިން ބަލައިނުގަތް ކަމަށް ގަބޫލު ކުރައްވާކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އެކަންކަން ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރައްވާނެކަމުގެ ޔަގީންކަންވެސް ރައީސް ޞާލިހް ވަނީ ދެއްވާފައެވެ.

އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް ވަނީ އެ ޕާޓީއަށް މީގެކުރިން ބޮޑު ތާއިދެއް އޮތް މަސްވެރިކަން ކުރާ ރަށްރަށުގެ ބައެއް ގޮނޑިތަކެއް ގެއްލިފައެވެ. އޭގެ ތެރޭގައި ތިލަދުންމައްޗާއި ހުވަދޫގެ ބައެއް ރަށްތައް ހިމެނެއެވެ.

Advertisement

ކޮމެންޓް