އއ. މާޅޮސް
ހަބަރު
13 Jul 2025 | 11:36
މާޅޮހުގައި މީހަކު މަރާލުން: ރަށަށް އަރާ ފައިބާ މީހުން މޮނީޓާ ކުރަން ފަށައިފި

އއ. މާޅޮހުގައި، ނިދާފައި އޮތް އުމުރުން ދޮށީ މީހަކު ޒަޚަމްތަކާއެކު މަރުވެފައި އޮއްވާ ފެނުނު މައްސަލައާއި ގުޅިގެން އެރަށަށް އަރާ ފައިބާ މީހުން މޮނީޓާ ކުރަން ފަށައިފިއެވެ. 

ފުލުހުން ބުނީ، އއ. މާޅޮހުގެ ގެއެއްގައި ނިދާފައި އޮތް އުމުރުން ދޮށީ މީހަކަށް ބޮޑެތި އަނިޔާތަކެއް ދީ ޒަޚަމްކޮށްލާފައިވާ ކަމަށް ރޭ ދަންވަރު 01:50 ކަންހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ. 

އަދި އެ މީހާ މާޅޮހު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް ފަތިހުގެ ވަގުތެއްގައި ނިޔާވެފައިވާ ކަމަށްވެސް ބުންޏެވެ. 

މި ހާދިސާގައި މަރުވެފައިވަނީ އއ. މާޅޮސް / އޯކިޑްމާގެ، ޢަބްދުއްރަޙްމާން އާދަމް (65އ) އެވެ.

ފުލުހުން ދާދި ދެންމެ އަކު ބުނީ، މި މައްސަލަ ތަހުގީގު ކުރުމަށްޓަކައި މާލެއިން ތަހުގީގީ ޓީމެއް މިހާރު އެ ރަށުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. 

އަދި މައްސަލައާ ގުޅިގެން މާޅޮހަށް އަރާ ފައިބާ މީހުން މޮނީޓާ ކުރަމުންދާ ކަމަށްވެސް ބުންޏެވެ. 

މާޅޮހުން ”ވޮއިސް“ އަށް މައުލޫމާތު ދިން މީހަކު ބުނެފައިވާގޮތުން، ޒަޚަމްކޮށްލައިގެން މަރާލި މީހާ ދިރިއުޅުނު ގޭގައި އެމީހާގެ އިތުރުން އޭނާގެ އަނބިމީހާވެސް ދިރިއުޅެއެވެ.

ނަމަވެސް ރޭ އަނބިމީހާ އާއި ދެމީހުން ނިދީ ދެ ކޮޓަރިއެއްގައި ކަމަށް މައުލޫމާތު ލިބެއެވެ. އަދި އަނބި މީހާއަށް ހޭލުވުނީ މީހަކު ދުވެ ފިލާ އަޑަށް ކަމަށާ، އިވިގެން ފިރިމީހާގެ ކޮޓަރި ބެލިއިރު ފިރިމީހާ ޒަޚަމްކޮށްލާފައި އޮތުމުން ފުލުހަށް ރިޕޯޓް ކުރީ އަނބިމީހާ ކަމަށް މައުލޫމާތު ލިބެއެވެ.

ކޮމެންޓް
doctor
ރޭގަ އަންހެން މީހާ އެހެން ރޫމެއްގަ އޮތީ ކީއްވެތޯ؟؟
13 Jul 2025
ގުޅޭ ލިޔުންތައް
27 Sep 2026
ފަތުރުވެރިކަން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރާނަން: ރައީސް
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ހަރުދަނާކޮށް، ފަތުރުވެރިންނަށް ލިބޭ ތަޖުރިބާތައް ފުރިހަމަކުރުމަށްޓަކައި، އާ އީޖާދުތައް ބަލައިގަނެ، ހުނަރުތަކަށް އިންވެސްޓްކޮށް، ޑިޖިޓަލް ޙައްލުތަކުގެ ބޭނުން ހިފުމަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތައްޔާރަށް އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
27 Sep 2026
އިނގިރޭސިން ބަލިކޮށް ސްޕެއިން މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފި
ދެވަނަ ހާފު ފެށުނުތަނާހެން އިންގްލެންޑަށް ޕެނަލްޓީއެއް ލިބުނެވެ. އެއީ ރޮޑްރީ، ބެލިންހަމްއަށް ކުރި ފައުލަކާ ގުޅިގެން ވީއޭއާރު ބެލުމަށްފަހު ދިން ޕެނަލްޓީއެކެވެ. ނަމަވެސް ކޭން ފޮނުވާލި ޕެނަލްޓީ ގޯލުގެ ދަނޑީގައި ޖެހިފައި ދިޔައީ ބޭރަށެވެ.
27 Sep 2026
ކްރިއޭޓިވް ނެޓްވޯކުގެ ކްރައިމް ތްރިލާ ސީރީޒް "ޖުންޖުލާ" އޮކްޓޫބަރުގައި ދައްކަން ފަށަނީ
ވީޑިއޯކްލަބް މެދުވެރިކޮށް ނެރޭ ގޮތަށް ހެދުމުން ރާއްޖޭގެ އެކި ހިސާބުތަކުގެ އިތުރުން ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހީންނަށް ވެސް ފަސޭހައިން ބަލާލެވޭނެ
27 Sep 2026
ހޮރްމުޒް ކަނޑުއޮޅި ހުޅުވާލުމުގެ ހުށަހެޅުން ޓްރަމްޕް ގަބޫލެއް ނުކުރި
އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޤްޗީ ޓެލެގްރާމްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕްގެ މި ނިންމުން ފާހަގަކުރައްވަމުން، ޓްރަމްޕަކީ މީގެ ކުރިންވެސް އެކި ފަހަރު އެކި ގޮތަށް، ދެކޮޅުނުޖެހޭ ވާހަކަ ދައްކާ މީހެއް ކަމަށް ތުހުމަތު ކުރެއްވިއެވެ. އަދި ވިދާޅުވީ، މެދުވެރިން މެދުވެރިކޮށް އެމެރިކާގެ ރަސްމީ ބަސް ލިބުމުން، އޭގެ މައްޗަށް ބިނާކޮށް އީރާނުން ގޮތެއް ނިންމާނެ ކަމަށެވެ.
27 Sep 2026
"މުސްތަޤުބަލު ބިނާކުރުމަށް މަތީ ސާނަވީ އިމްތިޙާނަކީ މުހިއްމު މަރުޙަލާއެއް"
މިއަހަރުގެ މަތީ ސާނަވީ އިމްތިޙާނު މިއަދު ފެށުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ، މިއަހަރު އެ އިމްތިޙާނުގައި ބައިވެރިވާ ދިވެހި ހުރިހާ ދަރިވަރުންނަށާއި އެކުދިންގެ ޢާއިލާތަކަށާއި މަދުރަސާތަކަށް ފުރިހަމަ ކާމިޔާބީއަކަށް އެދިވަޑައިގަންނަވާފައެވެ.
27 Sep 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންފި
ރައީސް އޮފީހުން ބުނީ މިއީ ނުރަސްމީ ދަތުރުފުޅެއް ކަމަށެވެ. އެހެންކަމުން ދަތުރުފުޅާއި ގުޅޭ އިތުރު ތަފްސީލެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.
27 Sep 2026
ޕެރަ ސްޕޯޓްސް ކްލަބްގެ އަހަރީ އެއްވުން ކުލަގަދަކޮށް ބާއްވައިފި
ޕެރަ ސްޕޯޓްސް ކްލަބްގެ އަހަރީ ދުވަސް ފާހަގަކުރުމާއި، މި އަހަރު ކާމިޔާބުކަމާއެކު ބޭއްވުނު "ބްލައިންޑް ފޯލްޑް ރަން" ގެ ކާމިޔާބީ ފާހަގަކޮށް، އެކި ގޮތްގޮތުން އެހީތެރިވެދިން ފަރާތްތަކުގެ އަގުވަޒަންކުރުމަށް ޚާއްޞަ އަހަރީ އެއްވުމެއް ބާއްވައިފިއެވެ. މިއީ މިފަދަ އެއްވުމެއް އެ ކްލަބުން ބޭއްވި 5 ވަނަ އަހަރެވެ.
26 Sep 2026
އދ ގެ ތެރެއިން ފަލަސްތީނަށް ލިބެންޖެހޭ ހައްޤުތައް ވަނީ ހިފެހެއްޓިފައި
ފަލަސްތީނުގެ މައްސަލައަކީ ބައިނަލްއަގުވާމީ އެޖެންޑާގެ އެންމެ ކުރީގައި އޮތް މައްސަލައަށް ވީނަމަވެސް، ބައިނަލްއަގުވާމީ މުހިންމު މަޝްވަރާ މަޖިލިސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަލަސްތީނުގެ ރައްޔިތުންނަށް ބަންދުވެފައި އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން