13 Apr 2021 | 10:37
އެމްޑީޕީގެ މެންބަރުންނަށް ވަޒީފާ ދެވެން އޮތް ގޮތެއް އަދިވެސް ބަލާނަން: ރައީސް ޞާލިޙް

ވެރިކަން ކުރާ މައި ޕާޓީ(އެމްޑީޕީ)ގެ މެންބަރުން ސަރުކާރުގެ ވަޒީފާ ދެވޭނެ ގޮތެއް އޮތްތޯ ބައްލަވައި، އެކަން ޙައްލު ކުރައްވާނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙު މިހެން ވިދާޅުވެފައިވަނީ، ތަޢުލީމީ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު ނުލިބޭކަމާއި، ސިޔާސީ އެކްޓިވިސްޓުންނަށް ވަޒީފާގެ ފުރުޞަތުދޭކަން ފާހަގަކޮށް، "ވޮއިސް"އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. ރައީސް ޞާލިޙު ވިދާޅުވީ އެމްޑީޕީގެ މެންބަރުންނަށް ވަޒީފާ ލިބުމުގައި މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް ނާކާމިޔާބީއާއި ކުރިމަތިލާން ޖެހުނު ސަބަބުތަކުގެ ތެރޭގައި، ޕާޓީގެ އާންމު މެންބަރުންނަށް ވަޒީފާ ނުލިބުން ހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ.

"ބައެއް ފަރާތްތަކަށް ވަޒީފާ ނުލިބިގެން އެކަމުގެ ކަންބޮޑުވުން ފާހަގަކުރެވިފައިވޭ. އެހެން ނަމަވެސް ސަރުކާރުގެ ތެރެއިން ޖާގަ އޮތްވަރު ބަަލައި، އަޅުގަނޑު ހިތުން ރަނގަޅު އަދަދެއް އެމްޑީޕީއަށް ނިސްބަތްވާ ފަރާތްތަކަށް ހުންނާނީ ދެވިފައި. ދެން އަދިވެސް އެކަމުގައި ބަލާނަން" ރައީސް ޞާލިޙު ވިދާޅުވިއެވެ.

ސިޔާސީ މަޤާމުތަކުގައި ގިނައިން ތިބެނީ ތަޢުލީމެއް ނެތް މީހުން ކަމަށް ބުނެ ދެކެވޭ ވާހަކައަށް ރައީސް ޞާލިޙު ރައްދު ދެއްވިއެވެ. ވިދާޅުވީ ވަރަށް "ކޮލިފައިޑް" މީހުން ސިޔާސީ އެކި މަޤާމުތަކުގައި އެބަތިބި ކަމަށެވެ. އަދި ވިދާޅުވީ ކުރިއަށް އޮތް ތަނުގައިވެސް ވަޒީފާ ދިނުމުގައި ތަޢުލީމަށް އިސްކަން ދެއްވާނެ ކަމަށެވެ.   

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް