13 Apr 2021 | 15:05
އިދިކޮޅުގެ މުޒާހަރާގެ ތެރެއަށް ރައީސް ނަޝީދު ވަދެވަޑައިގަތުމުން ފައްސަވާލައިފި

ހޮނިހިރު ދުވަހު އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ނަތީޖާ އޮޅުވާލުުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނަށް ވަދެ އިދިިކޮޅު ކުރަމުންދާ މުޒާހަރާގެ ތެރެއަށް ރައީސް މުޙައްމަދު ނަޝީދު ވަދެވަޑައިގެންފިއެވެ.

ރައީސް ނަޝީދު އެއްވުމުގެ ތެރެއަށް ވަދެވަޑައިގެން މުޒާހަރާގެ ބައިވެރިންނާއި ޖަދަލު ކުރައްވާ މަންޒަރު ވަނީ ފެނިފައެވެ.

އެމްޑީޕީގެ ސޯޝަލް މީޑިއާ ގްރޫޕެއްގައި ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ބާޖަމާލުއްދީނަށް ވަޑައިގަންނަވަން ޖެހުނީ އެތަނުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ނެރުމަށް ކަމަށެވެ. އަދި އެކަން ހައްލުވީ 30 ވަރަކަށް މިނެޓް، އެކަމަށް މަސައްކަތް ކުރެއްވި ފަހުން ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. 

ނަމަވެސް އަބްދުއްރަހީމްގެ ވާހަކަ ތަފާތެވެ. އޭނާ ވިދާޅުވި ގޮތުގައި ރައީސް ނަޝީދު މަސައްކަތް ކުރެއްވީ އިންތިޚާބުގެ ނަތީޖާ އޮޅުވާލުމަށެވެ. އިންތިޚާބީ މަރުކަޒު ކައިރީގައި އިދިކޮޅު ފަރާތްތަކުން ހަރަކާތްތެރިވަމުން އަންނައިރު، އެ ސަރަހައްދުގައި އިރު އަރަންދެން ތިބެން ޖެހުނަސް، ވޯޓު އޮޅުވައިލުމުގެ ފުރުސަތު ނުދެއްވާނެ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

ކައުންސިލް އިންތިޚާބުގެ ނަތީޖާ އޮޅުވާލުމަށް މަސައްކަތް ކުރާ ކަމަށް ތުހުމަތުކޮށް އިދިކޮޅުން އީސީއަށްވަދެ އަޑު އުފުލަމުން އަންނައިރު، ބައެއް ވޯޓު ފޮށިތައް އަލުން ގުނުމަށް އީސީން ވަނީ ނިންމައިފައެެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Sep 2026
ދީނުގެ އަސާސްތައް ދެމެހެއްޓުމަށް އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކުރަންޖެހޭ
ދިވެހިރާއްޖޭގައި އިސްލާމްދީނުގެ މަތިވެރި އަސާސްތައް ދާއިމަށް ދެމެހެއްޓުމަށްޓަކައި، އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކޮށް ޝަރީޢަތާ އެއްގޮތަށް ޤަޟާއީ ނިޒާމު ބައްޓަންކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
11 Sep 2026
އަލްޖީރިއާއިން ޔޫއޭއީއާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލައިފި
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލަން ނިންމާފައިވާ ކަމަށް އަލްޖީރިއާއިން ބުނެފިއެވެ.
11 Sep 2026
ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދިއްޖެ
މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ވައިބާރުވެ، ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އެދިއްޖެއެވެ.
11 Sep 2026
މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އަންނަ ހޯމަ ދުވަހު ރާއްޖެ ވަޑައިގަންނަވަނީ
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވައިފިއެވެ. ރައީސް އޮފީހުން ބުނީ، މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވާނީ މިހިނގާ ސެޕްޓެންބަރު މަހުގެ 14 އިން 15 އަށް ކަމަށެވެ.
11 Sep 2026
ޖަމްޢިއްޔަތުއްސަލަފްގެ ދުޢާތުންގެ މަޖިލީހުގެ 2ވަނަ އަހަރީ ބައްދަލުވުން ފަށައިފި
ޖަމްޢިއްޔަތުއްސަލަފްގެ ދުޢާތުންގެ މަޖިލީހުގެ 2ވަނަ އަހަރީ ބައްދަލުވުން އިފްތިތާޙުކޮށްފިއެވެ.
11 Sep 2026
އިންތިހާބު ވާދަވެރިވެއްޖެ؛ ޕީއެންސީގެ ނާއިބު ރައީސް ކަމަށް 8 ބޭފުޅަކު، އާންމު މެންބަރު ކަމަށް 73 މެންބަރުން
އެގޮތުން ޕާޓީގެ ނާއިބު ރައީސުންގެ ހަ މަގާމަށް 8 ބޭފުޅަކު ވަނީ ކުރިމަތިލާފަ އެވެ.
10 Sep 2026
އަހަރުގެ އެންމެ މޮޅު އިންޖިނޭރުގެ އެވޯޑާއެކު ދެ އެވޯޑެއް ޑރ. ފުރުގާން
މީގެ އިތުރުން އެހެން އެވޯޑެއް ވެސް އޭނާއަށް ވަނީ ލިބިވަޑައިގެންފަ އެވެ. އެއީ އިންޖިނިއަރިން އިނޮވޭޝަން، ޓެކްނޮލޮޖީ އެޑިއުކޭޝަން އެންޑް ރިސާޗް އެވޯޑެވެ.
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ