މިއަދު އޯރިއޯ ކޭކް ޕޮޕްސް ހަދަމާ، ވަރަށް ފަސޭހައިން ހެދޭ!

18 Apr 2021 | 19:38

"ވޮއިސް"އިން މި ރޯދަމަހުގައި ކިޔުންތެރިންނަށް މި ގެނެސްދެނީ ފަސޭހައިން ތައްޔާރުކޮށްލެވިދާނެ މީރު ކާތަކެއްޗެވެ. އެގޮތުން މިއަދު މި ހިއްސާކޮށްލަނީ "އޯރިއޯ ކޭކް ޕޮޕްސް" ތައްޔާރުކޮށްލާނެ ގޮތެވެ. މި ކެއުން ތައްޔާރު ކުރުމަށް އަވަނެއްވެސް ބޭނުމެއް ނުވާނެއެެވެ.

ބޭނުންވާނެ ތަކެތި:

އޯރިއޯ ޕެކެޓް

ކްރީމް ޗީޒް (ހަތަރު އައުންސް)

ވައިޓް ޗޮކްލެޓެެއް

ތައްޔާރުކޮށްލާނެ ގޮތް:

އެންމެ ފުރަތަމަ 25 ވަރަކަށް އޯރިއޯ މިކްސަރުން ރަނގަޅަށް މުގުރާލާށެވެ. އެއަށްފަހު މުގުރާލި ބަޔަށް ހަތަރު އައުންސް ކްރީމް ޗީޒް ލުމަށްފަހު އަނެއްކާވެސް މިކްސަރުން ރަނގަޅަށް އެއްކޮށްލާށެވެ. އޯރިއޯއާއި ކްރީމް ޗީޒް އެއްކޮށްލުމުން، ފަޖްއެއް ނުވަތަ މޮޑެފައިވާ ފުއްގަނޑެއްގެ ލުކްއެއްް ހުންނަން ވާނެއެވެ.

ދެން ކުރަންވީ ކަމަކީ، ތިޔަ މޮޑުނު "އޯރިއޯ ފުށްގަނޑުން" ގުޅަ ހަދަންވީއެވެ. ހުރިހާ ގުޅައެއްވެސް ބަހައްޓަންވާނީ އެއްވަރަކަށެވެ. އެއަށްފަހު މި އެއްޗެހި 15 ވަރަކަށް މިނެޓްވަންދެން ފްރިޖަށްލައި ފިނިކޮށްލާށެވެ. އެއަށްފަހު ވައިޓް ޗޮކްލެޓް ކޮންމެވެސް ވަރަކަށް ދިޔާ ވަންދެން އަވަނުގައި ހޫނުކޮށްލާށެވެ. ކޭކު ޕޮޕް ސްޓިކް ނުވަތަ އިލޮށި ބޭނުންކޮށްގެން، މި ޗޮކްލެޓް ތެރެއަށް ލުމަށް ފަހު، ކުރިން ހެދި އޯރިއޯ ބޯލްގެ ތެރެއަށް ލާށެވެ. ސްޓިކް ލާންވާނީ، އޯރިއޯ ބޯލްގެ މެދާއި ހަމައަށެވެ. މިގޮތަށް ހުރިހާ ބޯލްއެއްގެ ތެރެއަށްވެސް ސްޓިކެއް ލަމުން ގެންދާށެވެ.

ދެން އަނެއްކާވެސް ވައިޓް ޗޮކްލެޓް މެލްޓު ކުރާށެވެ. އޭގެ ތެރެއަށް އޯރިއޯ ބޯލްތައް ލާށެވެ. ކޮންމެ ބޯލްއެއް ސްޓިކްގައި ހިފައި، ޗޮކްލެޓް ތެރެއަށް ގަންބާލާށެވެ. ހުރިހާ ބޯލްއެއް ޗޮކްލެޓް ތެރެއަށް ލެވުމުން، ޓްރޭއަކަށް ލުމަށްފަހު އަނެއްކާވެސް ފްރިޖަށްލައި ފިނިކޮށްލާށެވެ. 

Advertisement

ކޮމެންޓް

Advertisement