20 Apr 2021 | 00:47
މެރުމަަށް ޙުކުމްކޮށްފައިވާ ހަނާގެ ބޮޑު ތުހުމަތެއް ނަޖީބަަށް

މަރާލާފައިވާ ޤާނޫނީ ވަކީލު އަޙްމަދު ނަޖީބު، ފާތިމަތު ހަނާއަށް ޖިންސީ ފުރައްސާރަ ކުރަން އުޅުނު ކަމަށް، ސުޕްރީމް ކޯޓުގައި އޭނާ ބުނެފިއެވެ.

ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ ސާބިތުވެ ށ.ގޮއިދޫ، ރިހާބު، ހަނާ މެރުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފައި ވަނީ 2012 ޖުލައި 19 ވަނަ ދުވަހުއެވެ. އެ ޙުކުމަށް ހައިކޯޓުން ވެސް ވަނީ ތާއީދުކޮށްފައެވެ.

އަދި އިސްތިއުނާފު މަރުޙަލާގައި، ހައިކޯޓުގެ ޙުކުމް އިސްތިއުނާފު ކޮށްފައި ނުވާތީ، އެ ޙުކުމް ނިހާއީ ޙުކުމެއްގެ ގޮތުގައި ކަނޑައެޅުމަށް ދައުލަތުގެ ފަރާތުންވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ.

ނަޖީބު މަރާލުމުގައި ބައިވެރިވިކަމަށް ޝަރީއަތުގެ މަރުޙަލާގައި ހަނާ ވަނީ އިޢުތިރާފު ވެފައެވެ. އަދި އެކަން ހިނގައިދިޔަ ގޮތް ކަމަށް ބުނެ ގިނަ ވާހަކަތަކެއް ހަނާ ވަނީ ޝަރީއަތުގައި ކިޔައިދީފައެވެ.

އެދުވަހުގެ ވާހަކަތައް ޝަރީއަތުގެ މަޖިލީހަށް ކިޔައިދެމުން، ހަނާ ބުނީ، މި މައްސަލައިގައި ކުށް ސާބިތުވެފައިވާ އޭނާގެ ލޯބިވެރިޔާ މުއްރަތުގެ މަންމަގެ ގޭގެ މައްސަލައިގައި، ޤާނޫނީ ލަފައެއް ހޯދުމަށް ނަޖީބުއަށް ގުޅުމަށް އޭނާގެ ގާތުގައި މުއްރަތު އެދުނު ކަމަށެވެ. އަދި ނަޖީބުއަށް ގުޅުމުން އެރޭ ނަޖީބު މުއްރަތުގެ ގެއަށް އައި ކަމަށާއި، ނަޖީބު އާއި އެއްކޮށް ހަނާ އަދި މުއްރަތު ކޮޓަރިއަށް ވަނީ ވާހަކަ ދައްކާލުމަށް ކަމަށެވެ. މަންމަ އައުން ލަސްވެގެން، މަންމަ ކޮބައިތޯ ބެލުމަށް މުއްރަތު ކޮޓަރީން ބޭރަށް ނިކުތް ކަމަށް ހަނާ ކިޔައިދިނެވެ.

ހަނާ ބުނީ، މުއްރަތު ދިޔުމުން ނަޖީބުގެ ފަރާތުން އުނދަގޫވާ ކަންތައްތަކެއް ދިމާވި ކަމަށާއި، ނަޖީބުގެ ނިޔަތް ރަނގަޅު ނޫންކަމަށް ގަބޫލު ކުރެވުނު ކަމަށެވެ. ނަޖީބު ވާހަކަ ދައްކަމުން ދިޔައިރު، އޭނާގެ ގައިގައި އަތްލާން މަސައްކަތް ކުރި ކަމަށްވެސް ހަނާ ކިޔައިދިނެވެ.

އެގޮތަށް ނަޖީބުގެ ވާހަކަތައް ހުރުމުން، އެތަނުގައި ހުންނަން ބޭނުން ނުވެގެން މުއްރަތު ކޮބައިތޯ ބަލައިލުމަށް ދިޔައީ ކަމަށް ހަނާ ބުންޏެވެ.

ހަނާ ބުނީ، ނަޖީބު ކަންތައް ކުރި ގޮތުގެ ވާހަކަ މުއްރަތަށް ކިޔައިދިނުމުން، މައްޗަށް ދިއުމަށް މުއްރަތު ހަނާ ގާތު ބުނިކަމަށެވެ. އިރުކޮޅެއްފަހުން މުއްރަތު އައީ ވަޅިއެއް ހިފައިގެން ކަމަށާއި، އެވަޅި ނަޖީބުގެ ކަރުގައި ޖައްސައި ހުތުރު ބަހުން ވާހަކަ ދެއްކި ކަމަށް ހަނާ ކިޔައިދިނެވެ.

ހަނާ ބުނީ، މުއްރަތުގެ އެދުމަށް ނަޖީބުގެ އަނގަޔާއި ލޮލާއި މޫނު ނިވާވާނެހެން ޓޭޕް އެޅިކަމަށާއި، ނޭފަތުގައި ޓޭޕްއަޅާފައި ނުވާނެ ކަމަށެވެ. އަދި ޓޭޕް އެޅުމުން، މުއްރަތު ނަޖީބުގެ ވޮލެޓް ނަގައި، ކޭޝްކާޑުގެ ޕިން ކޯޑު ހޯދިކަމަށެވެ. އަދި ހަނާއާއި އެކުގައި ބޭރަށް ގޮސް އައިޖީއެމްއެޗް ކައިރި ހުރި އޭޓީއެމްއިން ފައިސާ ނަގައިގެން އެ ފައިސާއަށް ކާއެއްޗިއްސާއި ބަނގުރާ ގަނެގެން ގެއަށް އައި ކަމަށް ހަނާ ބުންޏެވެ. ހަނާ ބުނީ، ގެއަށް އައިސް ރާ ބުއިމުގެ ސަބަބުން އޭނާއަށް ނިދުނީ ކަމަށެވެ. އަދި އޭނާއަށް ހޭލެވުނީ މުއްރަތުގެ ހަޅޭކުގެ އަޑަށް ކަމަށް ހަނާ ބުންޏެވެ. ނަޖީބު މަރުވިކަން ހަނާއަށް އެނގުނީ މުއްރަތު އެވާހަކަ ބުނުމުން ކަމަށާއި، އޭނާ އެކަން ކުރީ ނަޖީބު އަޑުގަދަކޮށް ހަޅޭއްލަވާ ހެދުމުން ކަން މުއްރަތުގެ ވާހަކައިން އެނގުނު ކަމަށާއި، ނަޖީބު މަރާލުމުން ވަރަށް ހާސްވި ކަމަށް ހަނާ ބުނެފައިވެއެވެ.

ނަޖީބު މަރާލުމުގައި ބައިވެރި ނުވާ ކަމަށް ބުނެ ހަނާ ވަނީ ކުރިން އޭނާ އެކަމަށް އިޢުތިރާފުވެފައިވަނީ، އަމިއްލައަށް އެކަން ގަބޫލު ކުރެވިގެން ކަމަށެވެ. ނަމަވެސް ފަހުން، ކަން ހިނގި ގޮތާއިމެދު ވިސްނުމުން، އޭނާއަށް މަރުގެ ޙުކުމް "ޙައްޤު ނުވާ ކަމަށް" ގަބޫލު ކުރެވުނު ކަމަށްވެސް ހަނާ ވަނީ ބުނެފައެވެ.

ފޮޓޯ: މިހާރު

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.