ހަބަރު
22 Apr 2021 | 16:18
މިރޯދަމަހު ސާފިރާގެ ކުރުވާހަކަތައް "ވޮއިސް"ގެ ކިޔުންތެރިންނަށް!

2021ވަނަ އަހަރުގެ ރަމަޟާން މަހާއި ދިމާކޮށް "ވޮއިސް"ގެ ކިޔުންތެރިންނަށް ޚާއްޞަ ކުރުވާހަކަ ސީރީސެއް ގެނެސްދޭން ފަށައިފިއެވެ.

ޖުމްލަ 15 ވާހަކަ ހިމެނޭ މި ކުރުވާހަކަ ސީރީސްގެ ލިޔުންތެރިއަކީ ސާފިރާ މޫސާއެވެ. ސާފިރާއަކީ މި ނޫހުގެ ގިނަ ކިޔުންތެރިންތަކެއްގެ މެދުގައި މަޤުބޫލުކަން ހޯދާފައިވާ ސިލްސިލާ ދިގު ވާހަކަތަކެއް ލިޔެފައިވާ ލިޔުންތެރިޔާއެވެ.

ރަމަޟާން މަހުގެ ކުރުވާހަކަ ސީރީސްގެ ބައެއް ވާހަކަތައް މިހާރުވެސް ވާނީ ޝާއިއުކުރެވިފައެވެ.

ސްކޫލު ދައުރުން ފެށިގެންވެސް ލިޔުންތެރިކަމާއި، އަދަބިއްޔާތައް އަހައްމިއްޔަތުކަމެއް ދޭ ސާފިރާ އަކީ މީގެ ކުރިން ނޫސްވެރިކަމުގެ ދާއިރާގައި، އެކި ޓީވީ ޗެނަލްތަކުގައި މަސައްކަތްކޮށްފައިވާ ކުޅަދާނަ ނޫސްވެރިއެކެވެ. އަދި މޮޅު ޕްރެޒެންޓަރެކެވެ. ސާފިރާ ބުނީ ނޫސްވެރިކަމުގެ ގަލަމުން އަތް ދޫކޮށްލި ނަމަވެސް، ވާހަކަ ލިޔުމަށް އަބަދުވެސް ޝައުގުވެރިވާ ކަމަށާއި، ސްކޫލުގައިވެސް ވާހަކައާއި މަޒުމޫނުގެ ތެރެއިން އަބަދުވެސް އިޚުތިޔާރު ކުރަނީ ވާހަކަ ލިޔުންކަމަށެވެ.

ސިކުނޑީގައި ކުރަހާލާ ޚިޔާލުތަކަށް ވާހަކައެއް ލިޔެލާ ތައްޔާރުކޮށްލުމަކީ ބުރަ އަދި އެކަމަކަށް ވަގުތު ހޭދަވާ ކަމެކެވެ. ހަމަ އެއާއެކު، ޙަޤީޤީ ހާދިސާތަކުގެ މައްޗަށް ވާހަކައެއް ލިޔާނަމަ، އެ ހާދިސާއެއް ދިރާސާކޮށް ކަން ހިނގާފައިވާ ގޮތުގެ އަސްލު ނުގެއްލޭ ގޮތަށް ބަޔަކަށް އެ ވާހަކަތައް ކިޔައިދިނުމަކީ ވެސް ކުޑަ ކަމެއް ނޫނެވެ. ވާހަކަ އެއް ލިޔަން ފެށުމުގެ ކުރިން ލިޔަން ބޭނުންވާ ވާހަކައާއި ގުޅޭގޮތުން ރަނގަޅަށް ދިރާސާކޮށް މަޢުލޫމާތު ހޯދާ، އެކަންކަން ކިޔުންތެރިންގެ ސިކުނޑިއަށް ނަގައިގަނެވޭ ވަރަށް ސިފަކޮށްދޭން ސާފިރާގެ ވާހަތަކުގައި ވަރަށް ބޮޑު އިސްކަމެއް ދޭކަން އޭނާގެ ވާހަކަތަކުން ފާހަގަވެއެވެ. އަދި މިކަން ވޮއިސް އަށް ލިޔެފައިވާ ވާހަކައަށް ކޮށްފައިވާ ދިރާސާއާއި މަސައްކަތުން ހާމަވެގެން ގޮސްފައިވެއެވެ.

ސާފިރާ ވޮއިސް އޮންލައިންގައި ޝާއިޢުކުރާ ވާހަކަތަކާއި، އަދި އޭނާ ލިޔެފައިހުރި އިތުރު ވާހަކަތައް އެއް ތަނަކުން ކިޔާލަން ބޭނުންވާ ކިޔުންތެރިންނަށް އޭނާގެ ފޭސްބުކް ޕޭޖް "ސާފިރާ މޫސާ" އިން ފެންނާނެއެވެ.

ބިންމާ އިބްރާހީމް ވަހީދު، ސައިކުރާ އިބްރާހީމް ނައީމް ފަދަ މަޝްހޫރު ލިޔުންތެރިން އިންސްޕިރޭޝަނަކަށް ބަލައިގެން ވާހަކަ ލިޔަންފެށި ސާފިރާ ބުނީ، ލިޔަން ބޭނުންވާ ކޮންމެ ކުއްޖަކަށްވެސް ހިތްވަރާއި، ޝައުޤުވެރިކަމާއެކު، އާ ކަންތައްތަކެއް ދަސްކުރުމުގެ ނިޔަތުގައި އެކަމަށް ވަގުތު ހުސްކޮށްގެން ލިޔަން ފެށުމުން ލިޔެވޭނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.
20 Sep 2026
މިލިއަނެއްހާ ރުފިޔާއަށް 18 އޭސީ ޔުނިޓް ގަތް މައްސަލާގައި އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދުގެ މައްޗަށް ހިޔާނާތުގެ ދައުވާ
ވިޔަފާރިވެރިޔާ ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހަށް މައްސަލަ ފޮނުވާފައިވާކަން އޭސީސީން ވަނީ ޔަގީންކޮށްދީފަ އެވެ.
20 Sep 2026
ދެވަނަ ކުއާޓާގައި ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން 12 އިންސައްތަ ދަށަށް ގޮސްފި
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެވަނަ ކުއާޓާގައި ޤައުމީ އުފެއްދުންތެރިކަން ހުރީ 25 ބިލިއަން ރުފިޔާގައެވެ. ފުރަތަމަ ކުއާޓާއާ އަޅައިބަލާއިރު އެއީ 3.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަމަ އެ މުއްދަތާ އަޅައިބަލާއިރު 1.3 އިންސައްތައިގެ ކުރިއެރުމެއް ފެންނަން އެބައޮތެވެ. މި ކުރިއެރުން ލިބުނީ މައިގަނޑު ގޮތެއްގައި މާލީ ދާއިރާއާއި ޢިމާރާތް ކުރުމުގެ ދާއިރާ ކުރިއެރުމުންނެވެ.
20 Sep 2026
އެމްއެންޔޫއިން ދަރިވަރުންނަށް ކެރިއާ އިޚުތިޔާރުކުރުމަށް އެހީވާ ސިލްސިލާއެއް ފަށަނީ
މި ސިލްސިލާގެ ފުރަތަމަ ސެޝަން ބާއްވަން ހަމަޖެހިފައިވަނީ 24 ސެޕްޓެމްބަރު 2026 ވަނަ ދުވަހު މެންދުރުފަހު 14:00 ގައި އެމްއެންޔޫ ސެންޓްރަލް އެޑްމިނިސްޓްރޭޝަން އޮޑިޓޯރިއަމްގައެވެ. މި ސެޝަނަށް ދީފައިވާ ނަމަކީ "އެމްއެންޔޫ ފިއުޗާ ރެޑީ: ޑިސްކަވާ ޔޯ ޕާތް. ޝޭޕް ޔޯ ފިއުޗާ" އެވެ.
20 Sep 2026
އަމިއްލަ ނަފުސަށް އިތުބާރު ކުރުމަށާއި ރަނގަޅު ނަތީޖާ ހޯދުމަތް ހިތްވަރުދެން: ނައިބު ރައީސް
ނައިބު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބެލެނިވެރިންނާއި މުދައްރިސުންގެ އެހީތެރިކަމާ އެކު ދަރިވަރުން ފާއިތުވެ ދިޔަ ދުވަސްތަކުގައި ކުރި ބުރަ މަސައްކަތުގެ ނަތީޖާއާ ކުރިމަތިލާ އިމްތިހާނެއް ކަމަށެވެ.
20 Sep 2026
މިއަހަރު 2231 މައްސަލައެއްގައި ދަޢުވާ އުފުލައިފި
މިއަހަރުގެ ފުރަތަމަ އަށް މަހު ޕީޖީ އޮފީހުން 2231 މައްސަލައެއްގައި ދަޢުވާކޮށްފައިވާއިރު، އެންމެ ގިނައީ މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތަކެވެ.
20 Sep 2026
އެފްއައިބީގެ ޚާއްސަ ތަމްރީނެއް ދިވެހި ފުލުހުންގެ އިސް އޮފިސަރަކު ފުރިހަމަކޮށްފި
"އެފްބީއައި ނޭޝަނަލް އެކަޑަމީ" ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގެ 299 ވަނަ ސެޝަން ހިނގީ މިދިޔަ ޖުލައި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު 17 ވަނަ ދުވަހުގެ ނިޔަލަށެވެ. ދުނިޔޭގެ އެކި ޤައުމުތަކުގެ ޤާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ އިސް އޮފިސަރުންގެ ޢިލްމީ ޤާބިލުކަމާއި ލީޑާޝިޕް ހުނަރު ތަރައްޤީކޮށް ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ބޭނުމުގައި ރޭވި މި ސެޝަނުގައި ޖުމްލަ 265 އޮފިސަރަކު ދަސްވެނިވެފައިވެއެވެ.