02 May 2021 | 12:22
ދެމަފިރިންނަށް ފުލެޓު ލިބިފައިވާނަމަ ރަޖިސްޓްރީ ކުރާނީ ދެމީހުންގެ ނަމުގަައި: ހައުސިންގ މިނިސްޓްރީ

ކުރީ ސަރުކާރުން ފެށި ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފުލެޓުތަކުން ދެމަފިރިންނަށް ފުލެޓު ލިބިފައިވާނަމަ ރަޖިސްޓްރީ ކުރާނީ ދެމީހުންގެ ނަމުގައި ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޢަލީ ޝާމިން "ވޮއިސް" އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ހުޅުމާލޭގައި ޢިމާރާތްކޮށްފައިވާ ހިޔާ ފުލެޓުގެ ތެރެއިން ފުލެޓު ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ދެމަފިރިންނަށް ފުލެޓު ލިބިފައިވާނަމަ ރަޖިސްޓަރީ ކުރާނީ ދެމީހުންގެ ނަމުގައި ކަމަށެވެ.

" ދެމަފިރިންނަށް ފުލެޓު ލިބިފައިވާނަމަ ހަމަ ދެމީހުންގެ ނަމުގައި ރަޖިސްޓްރީ ކުރާގޮތަށް އޮތީ. އެގޮތަށް ފުލެޓު ލިބިފައި ހުރިނަމަ އެކަކުގެ ނަމުގަ ރަޖިސްޓަރީ ނުކުރާނެ" ޝާމިން ވިދާޅުވިއެވެ.

ހިޔާ ފްލެޓްގެ ދާއިމީ ލިސްޓުގައި ހިމެނިފައިވާ ފަރާތްތައް މެދުގައި ގުރު ނެގުން މިހާރު ވަނީ ފަށާފައެވެ.

ހިޔާ ފުލެޓުތަކުގެ ޔުނިޓްތަކަށް ގުރުނެގުމުގެ ޒިންމާ ހަވާލުކުރެވިފައިވާ ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނީ ދެވަނަ ބުރުގެ ގުރުނެގުމުގެ މަސައްކަތް މިއަދު ހެނދުނުން ފެށިގެން ކުރިއަށްދާއިރު، މި ބުރުގައި ގުރުނަގާނީ އެޗް4 އިން ފެށިގެން އެޗް9އާއި ހަމައަށް ކަމަށެވެ. މީގެ އިތުރުން ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން އަރަބިއްޔާ އަދި ގާކޮށިން ފުލެޓު ލިބި، ފުލެޓަށް ފައިސާ ނުދެއްކިގެން ފުލެޓު ނުލިބިވާ ފަރާތްތަކުގެ ތެރެއިން ހިޔާ ފުލެޓު ޚިޔާރުކޮށްފައިވާ ފަރާތްތަކާއި، ގުޅީފަޅުން ފުލެޓު ގަތް ފަރާތްތަކުގެ ތެރެއިން ހިޔާ ފުލެޓުތައް ޚިޔާރުކުރި ފަރާތްތަކުގެ މެދުގައިވެސް ގުރުނެގުން އޮންނާނެކަމަށް ވަނީ ބުނެފައެވެ.

އެކުންފުނިން މަޢުލޫމާތުދިން ގޮތުގައި ގުރުނެގުމުގެ ކަންތައްތައް ކުރިއަށް ގެންދެވޭނީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ދަންފަޅި އޮންނާނީ ހެނދުނު 9 އިން ފެށިގެން މެންދުރު 12 އަށެވެ. ދެވަނަ ދަންފަޅި އޮންނާނީ މެންދުރުފަހު 1 އިން ފެށިގެން 3 ޖަހަންދެނެވެ.

ދައުލަތުގެ މީޑިއާއިން ލައިވްކޮށް ކުރިއަށްދާ މި އިވެންޓްގައި އެ ކެޓަގަރީތަކުން ދާއިމީ ލިސްޓްގައި ހިމެނިފައިވާ ފަރާތްތަކުގެ މެދުގައި ނެގުނު ގުރުއަތުލުން ކުރިއަށް ގެންދެވޭނީ ފުލެޓު ނަންބަރު ކަރުދާސް ކޮޅުތަކެއްގައި ފޮއްޓަކަށް އެޅުމަށްފަހު މި ކެޓަގަރީ އިން ފުލެޓު ލިބިފައިވާކަމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ އައި.ޑީ ކާޑުގެ ނަންބަރު ތަރުތީބުންނެވެ.

މީގެއިތުރުން، ގުރުއަތުން ނެގުނު ފުލެޓާއި، ފްލޯ އާއި ޓަވަރު އެނގޭގޮތަށް ޓީވީ ސްކްރީނުން ދައްކާނެއެވެ. އަދި މި ހުރިހާ މަޢޫލޫމާތުތަކެއް ފުލެޓު ލިބުނު ފަރާތްތަކުން ދެއްވާފައިވާ ފޯނުނަމްބަރަށް SMS ޒަރިއްޔާއިން ހިއްސާވެސް ކުރެވޭނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ވެސްޓް ޕާކު ސަރަހައްދުން މަގު ބަންދުކުރަނީ
އެ ކުންފުނިން ޢާންމުކުރި އެންގުމުގައިވާ ގޮތުން މިރޭ 12:00 އިން ފެށިގެން ވެސްޓްޕާކް ސަރަހައްދުގެ އެއް ފަޅި ބަންދުކުރާނެއެވެ. ނަމަވެސް މަގުގެ އަނެއް ފަޅިން ޢާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
21 Sep 2026
ރަސްމާލެއަށް ގެންނަން ސަރުކާރުން ސޮއިކުރި ބިޔަ އިންވެސްޓްމަންޓަށް ރައީސް ނަޝީދު ތާއީދު
ރަސްމާލޭގައި ވޯތަރ ފްރަންޓް ޕްރޮޖެކްޓެއް އެބީދައިން ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ރަނަގޅު ނިންމެވުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ
21 Sep 2026
ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައިގައި ހައްޔަރުކުރި 6 މީހުންނަށް ދައުވާކުރަން ފޮނުވައިފި
ފުލުހުންގެ ގާނޫނީ ވާޖިބަށް ހުރަސްއަޅައި، ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ހައްޔަރުކުރި ހަ މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް (ޕީޖީ) ފޮނުވައިފިއެވެ.
21 Sep 2026
ޣައްޒާގައި ނުރައްކާތެރި އިމާރާތްތައް ތަޅައިލަން ފަށައިފި
އިސްރާއީލުގެ ހަމަލާތަކުގައި ބޮޑެތި ގެއްލުން ލިބި ވެއްޓުމުގެ ބިރު ހީވެފައިވާ 255 އިމާރާތެއް ތަޅައިލުމުގެ މަޝްރޫޢެއް ޣައްޒާގައި ފެށީ ރައްޔިތުންގެ ފުރާނައަށް އޮތް ނުރައްކާ ކުޑަކުރުމަށެވެ.
21 Sep 2026
ޓެކުސް ނުދައްކާ 33 ފަރާތެއްގެ ނަން މީރާއިން ޢާންމުކޮށްފި
ދައުލަތަށް ދައްކަންޖެހޭ ޓެކުހުގެ ފައިސާގެ ތެރެއިން އެއް މިލިއަން ރުފިޔާއަށްވުރެ ބޮޑު ޢަދަދެއް ނުދައްކައި ހުރި 33 ފަރާތެއްގެ މަޢުލޫމާތު މީރާއިން ހާމަކޮށްފިއެވެ.
21 Sep 2026
އަތުލިޔުމުގެ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި
ޢަލީ ފަހުމީގެ ވާދައިގެ ތައްޓަށް ބާއްވާ އަތުލިޔުމުގެ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފައިވާއިރު، ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އޮކްޓޫބަރު 8 ވަނަ ދުވަހެވެ.
21 Sep 2026
މެޑަމް ސާޖިދާ ނިއޯކެއަރ ދާއިރާއަށް ތަމްރީނު ލިބޭ މީހުން ބިނާކުރަން ގޮވައިލައްވައިފި
ނިއޯކެއަރ ކޮންފަރެންސް ހުޅުއްވައިދެއްވައި ސާޖިދާ ވިދާޅުވީ ޒަމާނީ ވަސީލަތްތައް ހޯދުމާ އެއްވަރަށް ތަމްރީނު ލިބިފައިވާ ސިއްޙީ ޚިދުމަތްތެރިން ބިނާކުރުން ކޮންމެހެން ބޭނުންތެރި ކަމަށެވެ.
21 Sep 2026
ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫޢެއް ހިންގަން ސޮއިކޮށްފި
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އަބޫދާބީއަށް ނިސްބަތްވާ މަޝްހޫރު ޑިވެލޮޕަރ، އީގަލް ހިލްސްއިން ދިވެހި ސަރުކާރާއެކު 20 ބިލިއަން އެމެރިކާ ޑޮލަރުގެ ބިޔަ ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫޢެއް ތަރައްޤީ ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.