Advertisement

މާލެ ސަރަޙައްދުގައި ރޭގަނޑު 12އިން ފަތިހު 4އަށް ވެހިކަލް ދުއްވުން މަނާކޮށްފި

04 May 2021 | 05:37

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މާލެ ސަރަޙައްދުގައި ރޭގަނޑު 12:00އިން ފަތިހު 4:00އަށް އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފިއެވެ.

ކޮވިޑްގެ ކޭސްތައް ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، ބަލިން ރައްކާތެރިވުމަށްޓަކައި ހަރުކަށި ފިޔަވަޅުތަކެއް އަޅަން ވަނީ ނިންމައިފައެވެ. މިކަން ހާމަކޮށްފައިވަނީ އެޗްއީއޯސީން މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، އިއްޔެ އެކަނިވެސް 508 މީހަކު ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ. މިއީ ރެކޯޑް އަދަދެކެވެ. 

Advertisement

ކޮމެންޓް

Advertisement