13 May 2021 | 11:01
ވޯލްޑް ހެލްތު އެސެމްބްލީގައި ބައިވެރިވާން ޓައިވާނުން ކުރަމުންދާ މަސައްކަތަށް ތާއީދު އިތުރުވަނީ

ދުނިޔޭގެ ޞިއްޙަތާއިބެހޭ ޖަމުޢިއްޔާ ނުވަތަ ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) ނިންމުންތައް ނިންމާ އެންމެ މުހިންމު ބައްދަލުވުންކަމަށްވާ "ވޯލްޑް ހެލްތު އެސެމްބްލީ"ގައި ބައިވެރިވާން ޓައިވާނުން ކުރަމުންދާ މަސައްކަތަށް ދުނިޔޭގެ ޤައުމުތަކުގެ ތާއީދު އިތުރުވާން ފަށައިފިއެވެ.

ޓައިވާން ނުވަތަ ރަސްމީ ނަމުންނަމަ ރިޕަބްލިކް އޮފް ޗައިނާއިން ވަނީ ކޮވިޑް-19 ކޮންޓްރޯލްކުރުމާއި، އެހެނިހެން ޞިއްޙީ ކަންތައްތަކުގައިވެސް ފާހަގަކޮށްލެވޭފަދަ ކާމިޔާބީތަކެއް ހޯދާފައެވެ. ނަމަވެސް ޓައިވާނަކީ ޑަބްލިޔުއެޗްއޯގެ މެންބަރެއް ނޫނެވެ. އެއީ 1971ވަނަ އަހަރުގައި، އދ.ގެ ޗައިނާގެ ގޮނޑި ޕީޕަލްސް ރިބަޕްލިކް އޮފް ޗައިނާއަށް ލިބުމުން، އޭގެ ޖެހިގެން އައި އަހަރުގައި ޑަބްލިޔުއެޗްއޯގެ މެންބަރުކަންވެސް ޓައިވާންގެ އަތުން ގެއްލުމުންނެވެ.

ޓައިވާނަކީ 1949ވަނަ އަހަރުގައި ޑަބްލިޔުއެޗްެއޯ އުފެއްދި އިރުގައި، އެ ޖަމުޢިއްޔާގެ އެއް ފައުންޑަރ މެންބަރެކެވެ.

ކޮވިޑް-19ގެ ބަލިމަޑުކަން ކޮންޓްރޯލްކުރުމުގައި ޓައިވާނުން ހޯދި ކާމިޔާބީތަކުގެ ސަބަބުން، ވޯލްޑް ހެލްތު އެސެމްބްލީގައި އެޤައުމަށް ބައިވެރިވެވޭނެ މަގު ތަނަވަސްކޮށްދޭން އެދި ގިނަ ޤައުމުތަކަކުން ދަނީ ވަކާލާތުކުރަމުންނެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އެޤައުމުން ކޮވިޑަށް މިހާތަނަށް ޕޮޒިޓިވްވެފައިވާ ފަރާތްތަކުގެ ޖުމްލަ އަދަދަކީ 1231 މީހުންނެވެ. އޭގެ ތެރެއިން 1097 މީހުން ބަލިން ރަނގަޅުވެފައިވާއިރު، ބަލީގައި މަރުވެފައިވަނީ 12 މީހުންނެވެ.

ވޯލްޑް ހެލްތު އެސެމްބްލީގައި ޓައިވާން ބައިވެރިވުމުގެ މަގު ތަނަވަސްކޮށްދޭން އެމެރިކާ ހިމެނޭހެން ޖީ-7ގެ ޤައުމުތަކުގެ ޚާރިޖީ ވަޒީރުން ވަނީ ގޮވާލާފައެވެ. މިޤައުމުތަކުގެ ތެރެއިން ފްރާންސްގެ ސެނެޓުން ވަނީ ޑަބްލިޔުއެޗްއޯ ހިމެނޭހެން އެކި ބައިނަލްއަޤުވާމީ ޖަމުޢިއްޔާތަކުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ގޮވާލައި ގަރާރެއް ފާސްކޮށްފައެވެ.

ކޮވިޑް-19އާ ގުޅުންހުރި ބައެއް ޓެކްނިކަލް ކަންކަމުގައި ޑަބްލިޔުއެޗްއޯއިން މިހާރުވެސް ކޮންމެވެސް މިންވަރަކަށް ޓައިވާނާއިއެކު މަސައްކަތްކުރެއެވެ. މެއި 24ގައި އޮންނަ ވޯލްޑް ހެލްތު އެސެމްބްލީގައި ޓައިވާން ބައިވެރިކުރުމާއި ނުކުރުމާއި މެދު ގޮތެެއް ނިންމުމުގެ ބާރު އޮންނާނީ މެންބަރު ޤައުމުތަކަށެވެ. ނަމަވެސް ބެލެވޭ ގޮތުގައި އެ ބައްދަލުވުމުގައި ޓައިވާން ބައިވެރިވުމާއި މެދު ޗައިނާއިން ވަރަށް ބޮޑަށް ދެކޮޅު ހަދާނެއެވެ. މީގެ ކުރިން 2008 އިން 2016އަށް ޓައިވާނުން ވަނީ ޗައިނާގެ ރުހުމާއި އެކު "ޗައިނީޒް ޓައިޕޭއި"ގެ ނަމުގައި ވޯލްޑް ހެލްތު އެސެމްބްލީގައި އޮބްޒާވަރެއްގެ ގޮތުގައި ބައިވެރިވެފައެވެ.

ނަމަވެސް 2016ވަނަ އަހަރު ޓައިވާނުގެ ވެރިކަމަށް ޑިމޮކްރަޓިކް ޕްރޮގްރެސިވް ޕާޓީން ހަވާލުވުމަށްފަހު އެކަންވެސް ވަނީ މެދުކެނޑިފައެވެ. އެ ޕާޓީއަކީ ޗައިނާގެ ސަރުކާރާއި ވަރަށް ބޮޑަށް ދެކޮޅު ހަދައި، ޓައިވާނުގެ އަމިއްލަ މިނިވަންކަމަށް ވަރަށް ބޮޑަށް ވަކާލާތުކުރާ ބައެކެވެ.

1949ވަނަ އަހަރުގައި ޗައިނާގެ ދާޚިލީ ހަނގުރާމައިގައި، ކޮމިއުނިސްޓުންގެ އަތުން ބަލިވުމާއި އެކު އޭރުގެ ބައިނަލްއަޤުވާމީ މުޖުތަމަޢުއިން ގަބޫލުކުރި ކުއޮމިންޓާންގ ސަރުކާރުން ވަނީ، ޗައިނާގެ މައި ސަރަޙައްދާއި ކައިރީގައި އޮތް ޓައިވާނަށް ބަދަލުވެ ރިޕަބްލިކް އޮފް ޗައިނާގެ ރަސްމީ ނަމުގައި ވަކި ދައުލަތެއް ހިންގުމުގެ މަސައްކަތް ފަށައިފައެވެ. މި ދައުލަތަކީ ޗައިނާކަމަށް 1971ވަނަ އަހަރާއި ހަމައަށް ބައިނަލްއަޤުވާމީ މުޖުތަމަޢުއިން ގަބޫލުކުރިއެވެ.

މި ދުވަސްވަރު ދިވެހިރާއްޖެއިންވެސް ވަނީ ޓައިވާނަކީ ދައުލަތެއްކަމަށް ބަލައިގަނެ، އެޤައުމާއި އެކު ޚާރިޖީ ގުޅުންތައް ބާއްވާފައެވެ. ނަމަވެސް 1972ވަނަ އަހަރުގެ އޮކްޓޯބަރ މަހުން ފެށިގެން ރާއްޖެއިންވެސް ޚާރިޖީ ގުޅުންތައް ބާއްވަމުންދަނީ ޕީޕަލްސް ރިބަޕްލިކް އޮފް ޗައިނާއާއި އެކުގައެވެ. އެގޮތުން ދިވެހިރާއްޖެއަކީ، ޗައިނާ ތަމްސީލުކޮށްދޭ ހަމައެކަނި ބަޔަކީ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާކަމަށް ބުނާ "ވަން-ޗައިނާ ޕޮލިސީ"އަށް ތާއީދުކުރާ ޤައުމެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
ބްރައިޓަން އަތުން ލަދުވެތި ގޮތަކަށް ބަލިވެ، އާސެނަލްގެ ރެކޯޑް ނިމުމަކަށް
މެޗަށްފަހު ވާހަކަދައްކަމުން އާސެނަލްގެ ކޯޗް މިކެލް އަޓޭޓާ ބުނީ މެޗްގައި ހުރިހާ ގޮތަކުންވެސް އާސެނަލްގެ ކުޅުންތެރިންނަށް ވުރެ ބްރައިޓަން ކުޅުންތެރިން ތަފާތުކަމަށެވެ. އެގޮތުން އެޓީމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އޭނާގެ ޓީމްގެ ކުޅުންތެރިންނަށް ނުކުޅެވުނުކަން އަޓޭޓާ ވަނީ ފާހަގަކޮށްފައެވެ
20 Sep 2026
މޭވާއާއި ތަރުކާރީގެ ތޮށިން ތައްޔާރު ކުރެވިދާނެ މީރު ބައެެއް ތަކެތި
ދުނިޔޭގެ ނިސްބަތުން ބަލާއިރު، އުފައްދާ ކާބޯތަކެތީގެ ތިންބައިކުޅަ އެއްބައި (އަހަރަކު 1.3 ބިލިއަން ޓަނު) ބޭކާރުވެގެންދެއެވެ. ކުނިގޮނޑުތަކުގައި ކާބޯތަކެތި ކުނިވުމުން ޖައްވަށް ބޭރުވާ މީތޭން ގޭހަކީ ކާބަން ޑައިއޮކްސައިޑަށްވުރެ 80 ގުނަ ބާރުގަދަ ގޭހެކެވެ. އަހަރެމެން ކުނީގެ ގޮތުގައި ދެކޭ ގިނަ ބަޔަކީ ހަގީގަތުގައި ކެވޭ، ފައިދާހުރި ބައިތަކެވެ. ތިރީގައި މިވަނީ އާންމުކޮށް އުކައިލާ ތޮށިތަކުން ތައްޔާރުކޮށްލެވިދާނެ ބައެއް މީރު އަދި ފައިދާހުރި ބާވަތްތަކެވެ.
20 Sep 2026
ރަފީނިއާގެ ލަނޑުތަކާއެކު ބާސެލޯނާއިން ސެވިއްޔާ ބަލިކޮށްފި
ބާސެލޯނާ މޮޅުވި މިމެޗްގައި ރަފީނިއާ އާ ބެހޭގޮތުން އެންމެބޮޑަށް ތައުރީފްކޮށް ވާހަކަދައްކާފައިވަނީ ސެވިއްޔާގެ ކޯޗް ލުއިސް ގާސިއާއެވެ. މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ގާސިއާ ބުނީ، ބެލޮންޑިއޯ އެވޯޑަށް ނޮމިނޭޓްވި ކުޅުންތެރިންގެ ތެރޭގައި ރަފީނިއާ ނުހިމެނުމަކީ ޖޯކެއް ކަމަށެވެ
19 Sep 2026
ބީއެމްއެލްގައި ހުރި ފައިސާއިން ޓީ-ބިލް ދެއްކި ވާހަކަ މާލީ ވުޒާރާއިން ދޮގުކޮށްފި
މާލީ ވުޒާރާއިން ބުނެފައިވަނީ އެސްބީއައި މެދުވެރިކޮށް 2019 ވަނަ އަހަރު ނަގާފައިވާ 50 މިލިއަން ޑޮލަރުގެ މި ޓީ-ބިލް އަނބުރާ ދައްކާފައިވަނީ ދުރާލާ އެކަމަށް ފުރިހަމައަށް ތައްޔާރުވެގެން ކަމަށެވެ. އަދި މި ފައިސާ ދައްކާފައިވަނީ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް ޖަމާކުރަމުންދާ ފައިސާ ބޭނުންކޮށްގެން ކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ ސާފުކޮށްދެއްވާފައެވެ
19 Sep 2026
ޤައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ކުރީގެ ޑިފެންޑަރު ސޮބާ
ޤައުމީ ޓީމުގެ އޮފިޝަލް ޓީމާ ސޮބާހު މި ގުޅުނީ ކުރިއަށް އޮތް ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗުތަކަށް ޓީމު ވަރުގަދަކޮށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.
19 Sep 2026
ތޮއްޑޫގައި ބޮޑު އޮޕަރޭޝަނެއް: 107 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
އިމިގްރޭޝަންގެ ގިނަ އަދަދެއްގެ އޮފިސަރުން ބައިވެރިވި މި އޮޕަރޭޝަނުގައި 507 ބިދޭސީއަކު ބަލައި ފާސްކޮށްފައިވެ އެވެ. އޭގެ ތެރެއިން 107 މީހަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށް ބުންޏެވެ.
19 Sep 2026
އެސްޓަންވިލާ އަތުން ސްޕާސް ބަލިވެއްޖެ
ރޮބާޓޯ ޑި ޒާބީގެ އިރުޝާދުގެ ދަށުން ބޮޑު ހޭދައެއްކޮށްގެން ބިނާކޮށްފައިވާ ސްޕާސް ޓީމު ބަލިވީ، އެސްޓަންވިލާގެ ޖޯހަން މަންޒަމްމީ، ނިކޮލަސް ޖެކްސަން އަދި އެމީ ބުއެންޑިއާ ކާމިޔާބުކޮށްދިން ލަނޑުތަކުންނެވެ
19 Sep 2026
ސަރުކާރުން ޓީބިލަށް ފައިސާ ދެއްކުމާ އެ ބޭންކާ ގުޅުމެއް ނެތް
ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުން ޓީބިލްގެ ދަރަނި އަދާކުރުމުގައި ބޭންކުގެ ކަސްޓަމަރުންގެ ޑިޕޮސިޓް އަދި ބޭންކުގެ އަމިއްލަ އެއްވެސް ވަސީލަތެއް ވެސް ބޭނުންކޮށްފައި ނުވާކަމަށެވެ.