17 May 2021 | 20:19
އިޒްރޭލުގެ އަތުން މޮޑާނާ ވެކްސިން ހޯދުމަށް އެދިފައެއް ނުވާނެ: ޚާރިޖިއްޔާ

ކޮވިޑް-19އާއި ދެކޮޅަށް ބޭނުންކުރާ މޮޑާނާ ވެކްސިން ދިނުމަށް ދިވެހި ސަރުކާރުގެ ފަރާތުން އިޒްރޭލުގައި އެދިފައިނުވާނެކަމަށް ބުނެފިއެވެ. 

އިޒްރޭލުގެ ދައުލަތުގެ މީޑިއާއެއްކަމަށްވާ "ކާން ނިއުސް"އާއި ހަވާލާދީ މަޝްހޫރު ބްލޫމްބާރގް ނިއުސްގައި މިއަހަރުގެ ފެބްރުއަރީމަހުގެ ތެރޭގައި ބުނެފައިވާ ގޮތުގައި، އިޒްރޭލުން ވަނީ ޖުމްލަ 19 ގައުމަކަށް ކޮވިޑް ވެކްސިން ހަދިޔާކުރަން ނިންމާފައެވެ. އެގޮތުން 1000 އަދި 5000އާއި ދެމެދުގެ އަދަދެއްގެ މޮޑާނާ ބްރޭންޑްގެ ވެކްސިން ޑޯޒްތައް ލިބޭ ގައުމުތަކުގެ ތެރޭގައި، އެ ޚަބަރުގެ ތެރެއިން ވަނީ ދިވެހިރާއްޖޭގެ ނަންވެސް ވަނީ ހިމަނާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މޮޑާނާ ވެކްސިނަކީ މިހާތަނަށް ދިވެހިރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ ދެވިފައިވާ ވެކްސިނެއްވެސް ނޫނެވެ.

މިކަމާއި ގުޅޭގޮތުން "ވޮއިސް"އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ މިއުވާން މުހައްމަދު ވަނީ، ދިވެހިރާއްޖެއިން އިޒްރޭލުގެ ކިބައިން މޮޑާނާ ވެކްސިނަަށް އެދިފައި ނުވާނެކަމަށް ވިދާޅުވެފައެވެ. 

އިޒްރޭލުން މިހާތަނަށް ކޮވިޑް ވެކްސިން ހަދިޔާކޮށްފައިވަނީ ގުއެޓަމާލާ އަދި ހޮންޑިއުރާސްއަށެވެ. މި ދެގައުމަކީވެސް އިޒްރޭލުގެ ސިޔާސަތުތަކަށް ތާއިދުކުރާ ދެގައުމެވެ. އިޒްރޭލުން އެހެން ގައުމުތަކަށް ވެކްސިން ހަދިޔާކުރުމަށް ކުރި މަސައްކަތަށް ބޮޑުވަޒީރު ބެންޖަމިން ނެތަންހާޔޫގެ ސަރުކާރުގެ ތެރެއިން ފާޑުކިޔުންތައް އަމާޒުވެ، އެކަމުގެ އެޓާނީ ޖެނެރަލް ވަކިގޮތެއް ނިންމަންދެން އެ ޕްރޮގްރާމް ކުރިއަށް ގެންދިއުން ވަނީ ހުއްޓުވާލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Sep 2026
އިންޑިއާ މަނަވަރަކުން ޕާކިސްތާނު ސަރަހައްދަށް ވަނުމުން ޕާކިސްތާނުން އިހުތިޖާޖުކޮށްފި
ޕާކިސްތާނުގެ ފޮރިން އޮފީހުން ބުނީ މިއީ 1991 ވަނަ އަހަރު ދެ ޤައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކާ ކަނޑައެޅިގެން ޚިލާފު، އަދި ސަރަޙައްދީ ހަމަޖެހުމަށް އޮތް ނުރައްކަލެއް ކަމަށެވެ. އަދި އިންޑިއާއިން މި ހާދިސާގެ ހަޤީޤަތް އޮޅުވާލައި، ޑިޕްލޮމެޓިކް ފެންވަރުގައި ޕާކިސްތާނާ ދެކޮޅަށް ޝަކުވާ ހުށަހަޅަމުންދާ ކަމަށްވެސް އެ ޤައުމުން ބުނެއެވެ
16 Sep 2026
ކޮސޯވޯގެ ކުރީގެ ރައީސް ހާޝިމް ތާޗީ 25 އަހަރަށް ޖަލަށް
ހާޝިމް ތާޗީ އަކީ މުސްލިމެއް ނަމަވެސް ސިޔާސީ ހަޔާތުގައި އޭނާ އަބަދުވެސް އިސްކަންދެއްވީ ދީނީ ކަންކަމަށްވުރެ ބޮޑަށް ކޮސޯވޯގެ މިނިވަންކަމަށާއި ހުޅަނގުގެ ގައުމުތަކާ ގުޅުން ބަދަހިކުރުމަށެވެ
16 Sep 2026
ގައްދޫ އަތުން ޓީސީއަށް މުހިންމު މޮޅެއް
މިއަދުގެ މެޗުން ގައްދޫ އަތުން ޓީސީ މޮޅުވިއިރު، މިއީ މި ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގައި އެ ޓީމަށް ލިބުނު ފުރަތަމަ މޮޅެވެ
16 Sep 2026
ތާރީހީ ކާމިޔާބެއް: އަރަބިއްޔާގެ އެންމެ މޮޅު ދަރިވަރުންނަށް ދެބެއިން
މަތީ ސާނަވީ ބައިން އެއްވަނަ ދަރިވަރަކީ މުހައްމަދު މަބާހް މުހައްމަދެވެ. އަދި ސާނަވީން އެއްވަނަ ދަރިވަރަކީ އޭނާގެ ކޮއްކޮ މުއައްޔަދު މަބާހް މުހައްމަދެވެ.
16 Sep 2026
ޑްރަގް ވިޔަފާރި ކުރާ މީހުންނަށް ހަރުކަށި ފިޔަވަޅު އެޅޭނެ މިންގަނޑު ކުރީން އޮތީ ވަރަށް އުނދަގޫކޮށް: އިހްސާން
"ރައީސް ނިންމެވި ނިންމެވުމަކީ އަޅުގަނޑުމެން އެކަމަށް ދޭނީ [މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް] އެންމެ ހަރުކަށި އަދަބޭ. އެއީ މަރުގެ އަދަބު," މިނިސްޓަރު ވިދާޅުވި އެވެ.
16 Sep 2026
ކޮމިޔުނިސްޓް ޕާޓީއާ ޕޮލިސީއެމްވީ ގުޅިގެން ދިރާސާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ކޮމިޔުނިސްޓް ޕާޓީ އޮފް ޗައިނާގެ އިންޓަރނޭޝަނަލް ޑިޕާޓްމަންޓް އާއި ޕޮލިސީއެމްވީ ގުޅިގެން ދިރާސާކުރުމުގެ ޕްރޮގްރާމެއް މިއަދު އިފްތިތާހު ކޮށްފި އެވެ.
16 Sep 2026
ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން ތުރުކީގެ އޭކޭ ޕާޓީއާ މަޝްވަރާ ކޮށްފި
މި މަޝްވަރާ ކުރުންތައް އޮތީ ތުރުކީވިލާތުގެ އަދާލަތު ވޭ ކަލްކިންމާ ޕާޓީ (އޭކޭ ޕާޓީ)ގެ ވަފުދެއް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގަ އެވެ.
16 Sep 2026
އީއެން ހޭންޑްބޯލް ޓީމު ބަލިކޮށް، އެންޖީ ސްޓާޓިންނަށް މުހިންމު މޮޅެއް
މި މެޗު އެންޖީ ސްޓާޓިން އިން ކާމިޔާބުކުރީ 3-9 ގެ ނަތީޖާއަކުން