06 Jun 2021 | 06:08
މޮރީނިއޯ އަކީ ޝަޚުސިއްޔަތެއް: އިބްރަހީމޮވިޗް

މޮރީނިއޯ އަކީ ވަރުގަދަ ޝަޚުސިއްޔަތެއް ކަމަށާއި މޮރީނިއޯ ބުނާ ކޮންމެ އެއްޗެއްގެ އަސަރު މުޅި ދުނިޔެއަށް ފެތުރިގެންދާ ކަމަށް ސްވިޑްންއަށް ނިސްބަތްވާ މަޝްހޫރު ކުޅުންތެރިޔާ އިބްރަހީމޮވިޗް ބުނެފިއެވެ.

އިންޓަ މިލާން އަދި މެންޗެސްޓާ ޔުނައިޓެޑުގައި މޮރީނިއޯއާއެކު މަސައްކަތްކޮށް ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ އިބްރަހީމޮވިޗް މިހެން ބުނެފައިވަނީ ކުރިއަށް އޮތް ސީޒަނުގައި ރޯމާގެ ހެޑް ކޯޗުގެ މަޤާމުން މޮރީނިއޯ ފެނުމައި ގުޅޭ ގޮތުން ވާހަކަ ދައްކަމުންނެވެ.

އިޓަލީ ލީގަށް މޮރީނިއޯ އަނބުރާ އައުމަކީ ރަނގަޅު ފާލެއް ކަމަށްވެސް އޭނާ ބުނެފައިވެއެވެ. އޭނާއެކޭ އެއްފަދައިން މޮރީނިއޯ މިފަހަރު ގުޅުނީ ކާމިޔާބީތައް ހޯދަން އެންމެ ފަސޭހަ ކުލަބަކާއި ނޫން ކަމަށާއި އެހެންކަމުން އެއީ މޮރީނިއޯ އަށް އޮތް ވަރުގަދަ ޗެލެންޖެއް ކަމަށްވެސް އޭނާ ބުންޏެވެ.

އޭސީ މިލާންއަށް ކުޅެމުން އަންނަ އުމުރުން 39 އަހަރުގެ އިބްރަހީމޮވިޗް ވަނީ އެ ކުލަބު ޗެންޕިއަންސް ލީގަށް ކޮލިފައިކޮށް ދިނުމުގައި މުހިންމު ދައަރެއް އަދާކޮށްފައެވެ. އޭގެ އިތުރުން އޭސީ މިލާންވަނީ ނިމިދިޔަ ސީޒަނުގައި ލީގު ތައްޓަށްވެސް ވާދަކޮށްފައެވެ.

އޭސީ މިލާނައި އިބްރަހީމޮވިޗް ގުޅުމަކީ އެ ކުލަބުގެ ފަނޑުވެފައިވާ ނަން ގަދަވެ އައު ރަން ޒަމާނެއްގެ ފެށުންކަމަށް ފުޓްބޯޅައަށް ލޯބިކުރާ ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
08 Sep 2026
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 12 ކޭސް
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16،320 ފަރާތަކުން ވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައެވެ
08 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅަކީ، ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ
08 Sep 2026
ފިޒިއޮތެރަޕީގެ ދާއިރާ ކުރިއެރުވުމަށް އެމްއެންޔޫ އާއި އެމްޕީއޭ ދެމެދު އެމްއޯޔޫއެއް
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި މޯލްޑިވްސް ފިޒިއޮތެރަޕީ އެސޯސިއޭޝަން (އެމްޕީއޭ) އާ ދެމެދު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދުނިޔޭގެ ފިޒިއޮތެރަޕީ ދުވަހާ ގުޅުވައިގެން، މިއަދުއެވެ.
08 Sep 2026
ޖަމާލުއްދީން ސްކޫލުގެ ދަރިވަރުންނަށް ކެރިއަރ ގައިޑެންސް ސެޝަނެއް ބާއްވައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން، ޖަމާލުއްދީން ސްކޫލުގެ ގްރޭޑް 8 ގައި ތަޢުލީމު ޙާޞިލުކުރަމުންދާ ގާތްގަނޑަކަށް 300 އެއްހާ ދަރިވަރުންނަށް ޚާއްޞަކޮށްގެން ކެރިއަރ ގައިޑެންސް ސެޝަނެއް ބާއްވައިފިއެވެ.
08 Sep 2026
ހޫނުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފި
ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އިހްސާސް ކުރެވޭ ހޫނުމިން އިންތިހާއަށް މަތިވަމުންދާތީ، ހޫނުގެ ސަބަބުން ސިއްޙަތަށް ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.