07 Jun 2021 | 15:23
އެލް ސަލްވަޑޯގައި ރަސްމީ މާލީ މުޢާމަލާތްތަކުގައި ބިޓްކޮއިން ބޭނުންކުރެވޭގޮތް ހަދަނީ

ދެކުނު އެމެރިކާގެ ގައުމެއްކަމަށްވާ އެލް ސަލްވަޑޯގައި ރަސްމީ މާލީ މުޢާމަލާތްތަކުގައި ބިޓްކޮއިން ބޭނުންކުރެވޭގޮތް ހެދުމުގެ ވިސްނުން ގެންގުޅުއްވާކަމަށް އެގައުމުގެ ރައީސް ހާމަކުރައްވައިފިއެވެ.

އެމެރިކާގެ މިޔާމީގައި ކުރިއަށްދާ "ބިޓްކޮއިން 2021" ކޮންފަރެންސަށް ފޮނުއްވި ވީޑިއޯ މެސެޖެެއްގައި އެލް ސަލްވަޑޯގެ ރައީސް ނަޔިބް ބުކެލޭ ވިދާޅުވީ ބިޓްކޮއިނަކީ ގާނޫނީގޮތުން ބަލައިގަންނަ އެެއްޗަކަށް ހެދުމަށްޓަކައި އަންނަ ހަފްތާގެ ތެރޭގައި އެގައުމުގެ ކޮންގްރެސަށް ބިލެއް ފޮނުއްވާނެކަމަށެވެ. މި ބިލްގެ ސަބަބުން އެގައުމުގެ އިގްތިސާދީ ހާލަތު ކުރިއަރައި، އާންމު ރައްޔިތުންގެ ފުދުންތެރިކަމުގެ މިންވަރު އިތުރުވާނެކަމަށް އުންމީދުކުރައްވާކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

ރައީސް ބުކެލޭ ފާހަގަކުރެއްވި ގޮތުގައި އެލް ސަލްވަޑޯގެ އާބާދީގެ 70 އިންސައްތަ މީހުންގެ އަތުގައި އަމިއްލަ ބޭންކް އެކައުންޓެއް ނޯވެއެވެ. އަދި ގިނަބަޔަކު މަސައްކަތްކުރަމުން ގެންދަނީވެސް ނުރަސްމީ އެކި ސިނާއަތްތަކުގައެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި ދުނިޔޭގެ ބިޓްކޮއިން މާކެޓް ވަނީ މިދިޔަ އަހަރުގެ މެއިމަހުގެ ތެރޭގައި ގާތްގަނޑަކަށް 2.5 ޓްރިލިޔަން އެމެރިކާ ޑޮލަރަށް އަރާފައެވެ. ބިޓްކޮއިނަކީ އެއްވެސް ގައުމަކަށް ނިސްބަތްނުވާ ޑިޖިޓަލް ކަރަންސީއެއްކަމުން އޭގެ ގާނޫނީ ސައްހަކަމާއި މެދު ބައެއް ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ. ބިޓްކޮއިން އުފެއްދި އަސްލު ފަރާތެއް މިހާތަނަށް އެނގިފައި ނެތުމާއި، އޭގެން ބައެއް ކުށްތަކަށް އަރައިގަންނަން ފައިސާގެ މުއާމަލާތްތައް ކުރުމަކީ ގިނަބަޔަކު ކަންބޮޑުވާ މައްސަލައެކެވެ.

އެލް ސަލްވަޑޯގައި މިވަގުތު ރަސްމީ މާލީ މުއާމަލާތްތަކުގައި ބަލައިގަންނަ ފައިސާއަކީ އެމެރިކާގެ ޑޮލަރެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Jun 2026
ރައީސް ޑރ.މުއިއްޒު މިރޭ ހާމަކޮށްދެއްވީ ދަރަނި ދެމިގެން ގޮސްފައިވާ މިންވަރު
އެންމެ ބޮޑަށް ދައްކަންޖެހެނީ ރައީސް ސޯލިހް ވެރިކަމުގައި ނެގި ލޯނުތަކަށެވެ. އެގޮތުން އެ ލޯނުތަކަށް އަދިވެސް ނުދައްކާ 1.1 ބިލިއަން ޑޮލަރު އެބައޮތެވެ
14 Jun 2026
އާރަށް މައްސަލަ: އާ ހެކިތައް ބަލައިގަތުމާމެދު އަންނަމަހު ގޮތެއް ނިންމަނީ
ސްޕްރީމް ކޯޓުގައި މިހާރު އޮތް މި މައްސަލާގައި މީގެކުރިން އެ ކޯޓުގައި ވާހަކަދައްކަވަމުން ދައުލަތުން ބުނެފައިވަނީ، އައު ހެކިތަކެއް ހުށަހަޅާފައިވަނީ، ދިފާއުން ހުށަހެޅި ހެކިވެރިން ދޮގު ހަދައި، އެ ފަރާތްތައް ދެއްކެވި ވާހަކަ ތަކުގައި ސުވާލު އުފެދޭ ކަންކަން ހުރުމުން ކަމަށެވެ.
14 Jun 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ތެލެސީމިއާ ސެންޓަރަށް ހާއްސަ ޒިޔާރަތެއް
މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ބަލިމީހުންގެ ވޯޑާއި، ލޭ ހަދިޔާކުރާ ޑޯނަރުންގެ ވޯޑުގެ އިތުރުން ލެބޯޓްރީއާއި ތެލަސީމިއާ ޕޭޝަންޓް ކެއަރ ސެންޓަރުގެ ހާލަތު ބައްލަވާލައްވައި، އަދާހަމަ މައުލޫމާތު އޮޅުންފިލުއްވާފައެވެ
14 Jun 2026
އޮޕަރޭޝަންތަކުގައި ކުއްތާ ބޭނުންކުރާނެ ގޮތުގެ ޓްރެއިނިން ފުލުހުންނަށް ދީފި
އެމެރިކާގެ ގެ ޑިޕްލޮމެޓިކް ސެކިއުރިޓީ އެންޑް އެންޓި ޓެރަރިޒަމް އެސިސްޓެންޓް ޓީމުގެ ފަރާތުން ކުއްތާ ގެންގުޅޭނެ ގޮތާގުޅޭ ހާއްސަ ޓްރެއިނިންގ ތަކެއް ފުލުހުންނަށް ކުރިއަށް ގެންގޮސްފިއެވެ.
14 Jun 2026
ފިނޭގައި އިމާރާތްކުރި ފުލުހުންގެ މަރުކަޒު ހުޅުވައިފި
ފިނޭގައި އިމާރާތްކުރި ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ 24 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އެރަށަށް ވަޑައިގެންނެވި ދަތުރުފުޅުގައެވެ
14 Jun 2026
ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ފަރުމަސް ބޭނުމުގެ މުބާރާތެއް
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އިން އިންތިޒާމުކުރާ ހާއްސަ ފަރުމަސްވެރިކަމުގެ މުބާރާތެއް ބޭއްވުމަށް ނިންމައި، އެކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
14 Jun 2026
ޤަވާއިދާ އެއްގޮތަށް ކާބޯތަކެތި ލޭބަލް ކުރުމަށް 6 މަސްދުވަހުގެ ފުރުޞަތެއް ދީފި
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން އަލަށް އެކުލަވާލި "ކާބޯތަކެތި ބަންދުކުރުމާއި، ލޭބަލްކުރުމުގެ ގަވާއިދު" އަށް ފުރިހަމައަށް ޢަމަލުކުރުމަށްޓަކައި، ކާބޯތަކެތި އުފައްދާ އަދި އިމްޕޯޓްކުރާ ފަރާތްތަކަށް 6 މަސްދުވަހުގެ މުއްދަތެއް ދީފިއެވެ.
14 Jun 2026
ޚާމަނައީ ފަސްދާނުލުމުގެ ރަސްމިއްޔާތު ޖުލައި މަހު ބާއްވަނީ
ދައުލަތުގެ މީޑިއާއިން ހާމަކުރި ގޮތުގައި، ޚާމަނައީގެ ޖަނާޒާގެ ކަންކަން ޖުލައި މަހުގެ 4 ވަނަ ދުވަހު ތެހެރާނުގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. އަދި އޭނާ ފަސްދާނުލުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 9 ވަނަ ދުވަހު އޭނާގެ އުފަން ރަށް ކަމަށްވާ މަޝްހަދުގައެވެ.