Advertisement

ޢާޒިމް ވިދާޅުވަނީ އަދީބުގެ އަތުން ދަބަހުގައި ގެންދިޔަ އެއްޗެއް ހާމަކުރައްވާނެކަމަށް!

06 Jun 2021 | 22:06

ދަބަހަކަށް އަޅައިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން ގެންދިޔަ އެއްޗަކީ ކޯއްޗެއްކަން އަދި ދެމަސްފަހުން މީޑިއާ މެދުވެރިކޮށް ހާމަކުރާނެ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް ވިދާޅުވެއްޖެއެވެ.

ޢާޒިމް މިހެން ވިދާޅުވީ، ސީއެންއެެމްގެ ޕްރޮގުރާމެއްގައި ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބުދިން ދަބަހަކަށް އަޅައިގެން ގެންދިޔައީ ކޯއްޗެއްތޯ ނޫސްވެރިޔާ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ޢާޒިމް ވިދާޅުވީ، ދަބަހަކަށް އަޅައިގެން ގެންދިޔައީ ހަރާން އެއްޗެއް ނޫން ކަމަށާއި އެއީ ކޯއްޗެއް ކަން އަދި ދެމަސް ފަހުން މީޑިއާއަށް ހާމަކުރާނެ ކަމަށެވެ.

"އަޅުގަނޑު މިވަގުތު އަދި އިހަށް ބޭނުން ނުވަނީ އެވާހަކަ ދައްކަން. އަޅުގަނޑު މި ވާހަކަ ދޫކޮށްލަނީ ވަކި ބޭނުމެއް އޮވެގެން އިނގޭތޯ. އަޅުގަނޑު ދެމަހެއްހާވަރު ފަހުން އިރާދަކުރެއްވިއްޔާ އެއީ ކޯއްޗެއްކަން ވެސް ބުނެދޭނަން. މީޑިއާގައި ބުނެދޭނަން." އާޒިމް ވިދާޅުވިއެވެ.

ޢާޒިމް ވިދާޅުވީ، އަދި އެވާހަކަ ދައްކަން ބޭނުންނުވާ ކަމަށާއި، އެއީ ޙަރާމް އެއްޗެއް ނޫން ކަމަށެވެ 

Advertisement

ކޮމެންޓް

Advertisement