08 Jun 2021 | 16:17
އެމްބާޕޭ ދުވަހަކުވެސް ނުވިއްކާނަން - ޕީއެސްޖީގެ ރައީސް

ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ ފްރާންސްގެ ހުނަރުވެރި ކުޅުންތެރިޔާ ކިލިއަން އެމްބާޕޭ ވިއްކާލުމަށް ބޭނުންނުވާ ކަމަށާއި ހިލޭ ޓްރާންސްފަރ އެއްގައި ނަމަވެސް އޭނާ ދޫކޮށްނުލާނެ ކަމަށް އެ ކުލަބުގެ ވެރިޔާ ވިދާޅުވެއްޖެ އެވެ.

ޕީއެސްޖީގެ ރައީސް ނާސިރު އަލް ހެލައިފީ މިގޮތަށް ވިދާޅުވީ ރެއާލް މެޑްރިޑުން އެމްބާޕޭ އަށް ފާރަލަމުންދާ ދަނޑިވަޅެއްގައެވެ.

ރިޕޯޓުތައް ބުނާގޮތުން ރެއާލް މެޑްރިޑުން މަސައްކަތްކުރަނީ 2022 ވަނަ އަހަރުގެ ސީޒަނަށް އެމްބާޕޭ ގެނައުމަށެވެ. ނަމަވެސް އޭނާ ހޯދަން ކުރަންޖެހޭ މާލީ ޚަރަދުތައް ބޮޑުކަމުން ރެއާލުން ވަނީ ޕީއެސްޖީއާ މަޝްވަރާކުރާނެ ކަމަށް ބުނެފައެވެ.

"އެމްބާޕޭ އެއީ އަހަރެމެންގެ ކުޅުންތެރިއެއް، އެއީ ވިއްކާލާ ކުޅުންތެރިއެއް ނޫން، އެވަރުގެ ކުޅުންތެރިއެއް އަހަރެމެންނަށް ނުލިބޭނެ ކޮންމެ ދިމާލަކުން" ޕީއެސްޖީގެ ރައީސް ވިދާޅުވިއެވެ.

ޕީއެސްޖީގެ ރައީސް ނާސިރު ވަނީ ރެއާލް އާއި އެކު ވާހަކަތަކެއް ކުރިޔަށްދާ ކަމަށް އެއްބަސްވެފައެވެ. ނަމަވެސް އިތުރު ތަފުސީލު ދޭން އޭނާ ދެކޮޅުހައްދަވައެވެ.

"އަހަންނަށް ބުނެވެން އޮތްހާވެސް އެއްޗަކީ ވާހަކަތަކެއް ދެކެވެމުން ދާކަން، އުއްމީދުކުރަނީ ދެފަރާތަށް ފައިދާވާ ގޮތަކަށް މިކަން ނިމިގެންދާނެ ކަމަށް" ވާހަކަތަކާއި ގުޅޭގޮތުން ރައީސް ވިދާޅުވިއެވެ.

އެމްބާޕޭ އަކީ ދުނިޔޭގައި މިވަގުތު ހުރި އެންމެ އުއްމީދީ ކުޅުންތެރިޔާާ ކަން ފާހަގަކުރަމުން ރައީސް ވިދާޅުވީ ކުރިޔަށްއޮތް ތަނުގައި ބެލޮންޑޯ އެވޯޑު ލިބޭނެކަން ޔަގީންކަމާއެކު ދަންނަވަން އެނގޭ އެއް ކުޅުންތެރިޔަކީ އެމްބާޕޭ ކަމަށެވެ. އެމްބާޕޭ ގެ ކުރިމަގަށް ކުރަން ހުރި ކޮންމެ ކަމެއްވެސް ކުރާނެ ކަމަށް ޕީއެސްޖީގެ ރައީސް ވިދާޅުވިއެވެ.

ފުރާންސްގެ މޮނާކޯ އިން 2015 ވަނަ އަހަރު ޕީއެސްޖީއަށް ބަދަލުވި އެމްބާޕޭ ވަނީ އެ ކުލަބުގައި މޮޅު ކުޅުމެއް ދައްކާފައެވެ. މި މުއްދަތުގެ ތެރޭގައި އެމްބާޕޭ ވަނީ 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑްކަޕް ހޯދާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
"ކޫލް" ބެލެނިވެރިއަކަށް ވުމަކީ ދަރިފުޅުގެ މުސްތަޤުބަލަށް އޮތް ހުރަހެއްތަ
ކޮންމެ މައެއް އަދި ބަފަޔަކީވެސް އެމީހުންގެ ދަރިންނާ އެކު ގާތް، އިތުބާރު ހިފޭ ގުޅުމެއް ބާއްވަން ބޭނުންވާނެ ބައެކެވެ. މި ޒަމާނުގައި ގިނަ ބެލެނިވެރިން މަސައްކަތް ކުރަނީ ދަރިންނަށް "ކޫލް" ނުވަތަ މާބޮޑަށް ދޫދޭ ރަހުމަތްތެރިއަކަށް ވާށެވެ. މިގޮތަށް ކަންތައް ކުރަނީ ހަރުކަށި އުސޫލުތައް ގެންގުޅުމުން ދަރިން ދުރުވެދާނެ ކަމަށް ނުވަތަ "ނޫނެކޭ" ބުނުމަކީ ގުޅުމަށް ބުރޫއަރާނެ ކަމެއް ކަމަށް ހީކުރެވޭތީއެވެ. ނަމަވެސް، ކުޑަކުދިންގެ ނަފްސާނީ ކުރިއެރުމާ ބެހޭ އިލްމުވެރިން (ޑިވެލޮޕްމެންޓަލް ސައިކޮލޮޖިސްޓުން) ވިދާޅުވާ ގޮތުގައި، ދަރިންނަށް ލޯތްބާއި އޯގާތެރިކަމާ އެކު، ދިރިއުޅުމުގެ އިންތަކާއި، ހައްދުތަކެއް (ބައުންޑަރީތަކެއް) ވެސް ބޭނުންވެއެވެ.
25 Sep 2026
ޙަޤީޤީ ހިތްހަމަޖެހުމާއި އަމާންކަން ލިބޭނީ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެގެން
ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ އެކި ރަށްރަށުގެ މިސްކިތްތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "އިސްލާމީ ޢަޤީދާގެ މުހިންމުކަން" މި މައުޟޫޢުގެ މައްޗަށެވެ. ޚުތުބާގައި ފާހަގަކުރި ގޮތުގައި މާތް الله އަޅަކަށް ދެއްވާނެ އެންމެ ބޮޑު ނިޢުމަތަކީ ޞައްޙަ ޢަޤީދާގެ ނިޢުމަތެވެ. އަދި އެއީ މުސްލިމެއްގެ ހުރިހައި ޢިބާދާތާއި ހެޔޮ ޢަމަލުތަކުގެ އިތުރުން، ދުނިޔެއާއި އާޚިރަތުގެ އެންމެހައި ހެޔޮކަމެއްގެ އަސާސެވެ.
25 Sep 2026
ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ސަމާލު ނެރެފި
މޫސުމާބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ ހއ އިން ފެށިގެން ދ އަތޮޅަށެވެ.
25 Sep 2026
ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައަށް އޮތް ޙައްލަކީ ފަހަތަށް ޖެހުމެއް ނޫން
ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައަށް އޮތް ހައްލަކީ ފަހަތަށް ޖެހުން ނޫން ކަމަށާއި، އެއީ ވިލުންތެރިކަން އިތުރުކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
25 Sep 2026
ޑީއާރް ކޮންގޯގެ ކޯރަކަށް ބޯޓެއް ބަންޑުން ޖަހާލައި 41 މީހުން މަރުވެއްޖެ
ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ދަ ކޮންގޯ (ޑީއާރްސީ) ގެ ޓެންގަނިކާ ކޯރަށް ބޯޓެއް ބަންޑުން ޖަހާލުމުގެ ސަބަބުން މަދުވެގެން 41 މީހުން މަރުވެއްޖެއެވެ. މި ހާދިސާގައި މިހާތަނަށް 49 މީހުން ސަލާމަތް ކުރެވިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
25 Sep 2026
ނަތަންޔާހޫ ތަޤުރީރު ފެށުމުން ޔޫއޭއީގެ ވަފުދު މަޑުކުރި
އދ. ގެ ޢާންމު މަޖިލީހުގައި އިސްރާއީލުގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ތަޤުރީރު ކުރަން ފެށުމާއެކު، ދުނިޔޭގެ 70 އަށްވުރެ ގިނަ ޤައުމެއްގެ ވަފުދުތަކުން ހޯލު ދޫކޮށް ނުކުމެ އިހުތިޖާޖުކުރި ނަމަވެސް، މި ދަނޑިވަޅުގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ވަފުދު ހޯލުން ނުނިކުމެ މަޑުކުރިކަން ހާމަވެއްޖެއެވެ.
25 Sep 2026
އައިޖީއެމްއެޗްގެ ޚާއްޞަ ޑޮކްޓަރުންގެ ޓީމަކުން ގދ. ތިނަދޫގައި އަންހެނުންގެ ޞިއްޙަތާ ގުޅޭ ކޭމްޕެއް ބާއްވަނީ
އަންހެނުންގެ ޞިއްޙަތާއި ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށާއި، ޚާއްޞަ ފަރުވާ ފޯރުކޮށްދިނުމުގެ ގޮތުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ޚާއްޞަ ޑޮކްޓަރުންގެ ޓީމަކުން ގދ. ތިނަދޫގައި ހުންނަ ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ޚާއްޞަ ކޭމްޕެއް ބޭއްވުމަށް ނިންމައިފިއެވެ.
25 Sep 2026
ނަތަންޔާހޫ އދ. ގައި ވާހަކަދައްކަން ފެށުމުން ގިނަ ގައުމުތަކުން ހޯލުން ނުކުމެއްޖެ
އެމެރިކާގެ ނިއުޔޯކުގައި ހުންނަ އދ. ގެ މައި މަރުކަޒުގައި ކުރިއަށްދިޔަ އާންމު މަޖިލީހުގެ ޖަލްސާގައި ނަތަންޔާހޫ ވާހަކަދައްކަން ޕޯޑިއަމަށް އެރުމާ އެކު، ގިނަ އަދަދެއްގެ ގައުމުތަކުގެ ވަފުދުތަކުން ވަނީ ހޯލުން ނުކުމެ، އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ގަތުލުއާންމާއި ހަނގުރާމައިގެ ޖަރީމާތަކާ ދެކޮޅަށް ވަރުގަދަ މެސެޖެއް ދީފައެވެ.