08 Jun 2021 | 12:23
ސިޓީއެއްގައި ސޮޔެއް ކޮށްލަން ނުކުރުނު ޑިފެންސް މިނިސްޓަރަކަށް މަޤާމުގައި ދެމިހުރެވިދާނެ ކަމަށް ގަބޫލުނުކުރަން:ޝިޔާމް

ސިޓީއެއްގައި ސޮޔެއް ކޮށްލަން ނުކެރުނު މިނިސްޓަރަކަށް މަޤާމުގައި ދެމިހުރެވިދާނެ ކަމަކަށް ޤަބޫލުނުކުރައްވާ ކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ސީއެންއެމްގެ އިރުރުކާފު ޕްރޮގުރާމުގައި ވާހަކަ ދައްކަމުން ޝިޔާމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް،ނަޝީދަށް ދިން ޙަމަލާ ކޮންމެ ޕްލެޓްފޯމެއްގައި ވެސް ކުށްވެރިކުރާނެ ކަމަށާއި މި ސަރުކާރުން ނަޝީދަށް އިންސާފު ހޯދައިނުދީފިނަމަ ޕީޕީއެމްގެ ސަރުކާރެއްގައި ނަޝީދަށް އިންސާފު ހޯދައިދޭން މަސައްކަތްކުރައްވާނެ ކަމަށެވެ.

ޝިޔާމް ވިދާޅުވީ، ޙަމަލާއާއި ގުޅިގެން މަޖިލީހަށް ފޮނުވި ސިޓީއެއްގައި ޑިފެންސް މިނިސްޓަރުގެ ނައިބު ލައްވާ ސޮއިކުރުވުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށެވެ.އަދި އެއީ މިހާރުގެ ޑިފެންސް މިނިސްޓަރ މާރިޔާ ކަމުން ރެކިވަޑައިގަންނަން ޢަމަލުކުރެއްވި ކަމެއް ކަމަށްވެސް ޝިޔާމް ފާހަގަކުރެއްވިއެވެ.

"އެހިސާބުންވެސް އެބަޖެހޭ ޑިފެންސް މިނިސްޓަރު އަމިއްލަފުޅަށް މަޤާމުން ދުރުވެވަޑައިގަންނަވަން އެބަޖެހޭ.އެޒިންމާ ނުނެންގެވެނީ ނޫންތޯ.އެހާބޮޑު ބޮޑު މުޙިންމު މައްސަލައެއްގައި ޖަވާބުދާރީވެވަޑައިގަންނަވަން ކުރައްވަންޖެހޭ ސޮއި ކުރައްވަން ޖެހިލުންވެ ވަޑައިގަންނެވި ޑިފެންސް މިނިސްޓަރަކަށް އަޅުގަނޑު ޤަބޫލެއް ނުކުރަން މަޤާމުގައި ހުރެވިދާނެ ކަމަކަށް." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމު ވިދާޅުވީ، މީގެ ކުރިން އެކަމަނާ ވަނީ ދިވެހިރާއްޖޭގެ ސިފައިންނަނީ ފިނދަނަ ތަކެއްގެ ގޮތުގައި ސިފަކޮށްފައި ކަމަށާއި، މިއަދު އެބޭފުޅުން އެކަމަނާ ސިފަކުރައްވަނީ ފިނދަނައެއްގެ ގޮތުގައި ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.