Advertisement

ދިރާސީ އަހަރު ނިމެންދެން އޮންލައިންކޮށް ކިޔަވައިދެނީ

09 Jun 2021 | 20:16

މި ދިރާސީ އަހަރު ނިމެންދެން މާލެ ސަރަޙައްދުގެ ސްކޫލްތައް އޮންލައިންކޮށް ކުރިއަށްގެންދަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ޢިއުލާނެއްގައި ބުނެފައިވަނީ ދިރާސީ އަހަރު ނިމެންދެން ކއޮންލައިންކޮށް ކިޔަވައިދޭގޮތަށް ހަމަޖައްސާފައިވަނީ ކޮވިޑްގެ ޙާލަތާއި ރިޢާޔަތްކޮށްފައި ކަމަށެވެ.

އެހެންކަމުން ހެލްތު ޕްރޮޓެކްޗަން އޭޖެންސީ (އެޗްޕީއޭ)ގެ ލަފާގހެ މަތިން މާލެ ސަރަޙައްދުގެ ސްކޫލުތަކުގެ ހުރިހާ ގުރޭޑުތަކުގެ ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިގިޮތަށް ނިންމާފައިވާއިރު، ކޮވިޑް އާއި ގުޅިގެން މާލެ ސަރަޙައްދުގެ ކިޔެވުން ކުރިއަށް ގެންގޮސްފައިވަނީވެސް އޮންލައިންކޮށެވެ. މާލޭގެ އިތުރުން ކޮވިޑްއާއި ގުޅިގެން މޮނިޓްރިންގައި ހުރި ރަށްތަކުގައިވެސް ކިޔަވައިދެމުންދަނީ އޮންލައިންކޮށްކަން ފާހަގަކޮށްލެވެއެވެ.

މިއަހަރުގެ ދިރާސީ އައު އަހަރު ނިމޭނީ މިމަހުގެ 24ވަނަ ދުވަހުއެވެ.

ފޮޓޯ:ޕީއެސްއެމް

Advertisement

ކޮމެންޓް

Advertisement