ރައީސް ނަޝީދުގެ ނުރުހުން މެންބަރު ބިގޭއަށް!

11 Jun 2021 | 15:37

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން، އެ ކަމުގެ ތަހުގީގު ލަސްވެ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ މަޖިލިސް މެންބަރު މުޙައްމަދު ރަޝީދު ޙުސައިން (ބިގޭ) އަށް ތުހުމަތުތަކެއް ކޮށްފައިވަނިކޮށް، ރައީސް މުހައްމަދު ނަޝީދު، ބިގޭއަށް ބަހުގެ ހަމަލާއެއް ދީފިއެވެ.

މާނަ ފުން ގޮތަކަށް ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ސިޔާސީ ފައިދާއަށްޓަކައި ކުރައްވާ ކަންކަމާ ވިދާޅުވާ ބަސްފުޅުތައް އެމަނިކުފާނުގެ ރަޙުމަތްތެރިޔާ އަދި އަލިފުށީ ދާއިރާގެ މެމްބަރަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، އެމަނިކުފާނަށް ރަނގަޅީ، އެހެން ބޭފުޅުން އެމަނިކުފާނާމެދު ބަހައްޓަވާ ވަފާތެރިކަމާއި މަދަދުގެ ވާހަކަ ބިގޭ ނުދެއްކެވިއްޔާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ކޮމެޓީއަށް ރައީސް ނަޝީދު ހުށަހެޅުއްވި ހުށަހެޅުން، އެމްޑީޕީގެ ބައެއް މެންބަރުންގެ ވެސް ވޯޓާއެކު، ބޭރު ކޮށްލުމުގެ އަޑީގައިހުރީ ބިގޭ ކަމަށް ރައީސް ނަޝީދަށް ވަފާތެރި ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އޭގެ ތެރޭގައި މަޖިލީހުގެ މެންބަރުންވެސް ހިމެނެއެވެ.

ބިގޭއަކީ، ރައީސް ނަޝީދާއިއެކު ގިނަ ދުވަހު އުޅުއްވުމުގެ ސަބަބުން ވަރަށް ގާތް ދެ ބޭފުޅުންނަމަވެސް، މި މައްސަލާގައި އެ ދެ ބޭފުޅުންގެ ގުޅުމަށް ބޮޑެތި އަސަރުތަކެއް މިވަނީ ކޮށްފައެވެ. 

Advertisement

ކޮމެންޓް