11 Jun 2021 | 21:36
ބީޖޭޕީގެ ދަގަނޑު އަތް ކުރިއަށްނެރެ ލަކްޝައްދީބުގެ ފިލްމުސްޓަރ އައިޝާއަށް ދައުވާކުރަނީ


ދިވެހި ޜާއްޖެކަހަލަ ޖަޒީރާ ރަށްތަކެއްކަމުގައިވާ އަދި ކުރިން ދިވެހި ރާއްޖޭގެ ރަށެއްގެ ގޮތުގައި އޮތް މަލިކު ހިމެނޭ ލަކްޝައްދީބުމުގެ ފިލްމު އުފެއްދުންތެރިތާ އައިޝާ ސުލްތާނާ އިންޑިއާގެ އަގުވަށްޓާލިކަމަށާއި އެރަށްތަކަށްލާފައިވާ އެޑްމިނިސްޓްރޭޓަރާއި ދެކޮޅަށް ފާޑުކިއުމުން ނަފުރަތު އުފެއްދުމަށް ހިތްވަރުދީފައިވާކަމަށް ތުހުމަތުކޮށް، އައިޝާއާއި ދެކޮޅަށް އިންޑިއާގެ ވެރިކަންކުރާ ހައްދުފަހަނައަޅާފައިވާ ބަހާރަތިޔާ ޖަނަތާ ޕާޓީ، ބީޖޭޕީން ފުލުހުންނަށް މައްސަލަ ހުށަހަޅައިފިއެވެ.

މިމައްސަލަ ހުށަހެޅީ ޕީޖޭޕީން ލަކްޝައްދީބަށް ލާފައިވާ ހަރުކަށި ހިންދޫ ވަތަނީ ބޭފުޅެއްކަމުގައިވާ ޕްރަފުލް ޕަޓޭލް ނިންމި ނިންމުމެއްގެ ސަބަބުން ލަކްޝައްދީބުގައި ކޮވިޑް ފެތުރެންފެށިކަމަށް އެރަށްތަކުގެ އަހުލުވެރިން ދެކޭ ކަމަށާއި މިއީ ލަކްޝައްދީބާއި ދެކޮޅަށް ބޭނުންކުރެވުނު "ބަޔޯވެޕަން"އެއްގެ ގޮތުގައި އިންޑިއާގެ މަލަޔާޅަމް ޓީވީ ޗެނަލެއްގެ ޑިބޭޓެއްގައި އައިޝާ ސިފަކުރުމުންނެވެ. ލަކްޝައްދީބަށް ކަރަންޓީނު އުސޫލެއް ހަމަޖައްސާފައި ޕްރަފުލް ޕަޓޭލް އެރަށްތަކަށް މީހުން ފޮނުވަން ފެށުމަށް ނިންމުމުގެ ކުރިން އެރަށްތަކުގައި އެއްވެސް ވަރަކަށް ކޮވިޑް ކޭސްއެއް ނެތެވެ. އެކަމަކު އޭގެފަހުން މިހާރު ކޮވިޑް ފެތުރި ދުވާލަކު 100 އަށްވުރެ ގިނަ ކޭސް އެރަށްތަކުގައި ރިޕޯޓްކުރެވެމުން ދެއެވެ.

ބީޖޭޕީން އައިޝާގެ މައްޗަށް ތުހުމަތުކުރަނީ މިއީ ޤައުމާއި އިދިކޮޅު އަދި ބީޖޭޕީ ސަރުކާރުގެ ގައުމީ ވަންތަކަމާއި ހިއްވަރުގަދަކަމުގެ ސިފައަށް ހުތުރު އެރުވުމުގެ ޢަމަލެއްގެ ގޮތުގައެވެ. އެކަމަކު އައިޝާ އޭނާގެ ވާހަކަ ދިފާޢުކޮށް ފޭސްބުކްގައި ލިޔެފައިވަނީ ދަޢުވާކުރިޔަސް ޙަޤީޤަތްވާނީ ހަޤީޤަތަށްކަމަށެވެ.

" ދަޢުވާކުރިޔަސް އަހަރެން އުފަންވި ބިމުގެ ދިފާޢުގައި އަހަރެން ހަގުރާމަކުރާނަން. އަހަރެމެން އެއްވެސް މީހަކު ދެކެ ބިރެއް ނުގަނޭ. އަހަރެންގެ އަޑު ދާނީ އިތުރަށް ގަދަވަމުން."

އައިޝާއާއި ދެކޮޅަށް ބީޖޭޕީން ފުލުހުންނަށް މައްސަލަހުށަހަޅައި ދަޢުވާކުރަން އުޅޭތީ އެކަމާއި ދެކޮޅަށް އިންޑިއާގެ ސޯޝަލް މީޑިއާގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިއެމުން ދެއެވެ. އިދިކޮޅު ކޮންގްރެސްޕާޓީން ވަރަށް ބޮޑަށް ސަރުކާރަށް މިމައްސަލާގައި ފާޑުކިޔައި ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަ ނެގުމަށް ގޮވާލާފައިވެއެވެ.

ޑިސެމްބަރު މަހު ބީޖޭޕީން ލަކްޝައްދީބަށް ޢައްޔަންކުރި އެޑްމިނިސްޓްރޭޓަރ އެރަށްތަކުގެ މުސްލިމް އަހުލުވެރިންގެ ޚިޔާލާއި ދެކޮޅަށް ޢަމަލުކުރުމަށް ނިންމާފައިވާ ހަރުކަށި ނިންމުންތަކާއި ގުޅިގެން ލަކްޝައްދީބުގެ ރައްޔިތުންދަނީ އެރަށްރަށުގެ މަގުތައް މަތީގައާއި ގޮނޑުދޮށްތަކުގައްޔާއި ކަނޑުއަޑީގައި ތިބެގެން ޕްރޮޓެސްޓްކުރަމުންނެވެ. ދާދިފަހުން ކަނޑުއަޑީގައި ތިބެގެން އެމީހުން ޕްރޮޓެސްޓްކުރާ މަންޒަރު ދައްކުވައިދޭ މަންޒަރުތަކެއް ސޯޝަލް މީޑިއާގައި ވައިރަލްވެފައި ވެއެވެ.

ލަކްޝައްދީބުގެ ރައްޔިތުން މުޒާހަރާކުރިޔަސް އިންޑިއާގެ މިހާރުގެ ސަރުކާރުން ކުރަން އުޅޭ ކަމެއް ހުއްޓުމަކީ ދުރުކަމެކެވެ. އެޤައުމުގެ ދަނޑުވެރިން 3 މަސް ދުވަސްވަންދެން މުޒާހަރާ ކުރުމުންނާއި އަދި މުސްލިމުންގެ ރައްޔިތުންކަން ނިގުޅައިގަތުމަށް ބާރުއަޅާގޮތަށް ފާސްކުރި ޤާނޫނާއި ދެކޮޅަށް މުސްލިމުން މުޒާހަރާކުރުމުން އިންޑިއާ ސަރުކާރުން ކުރިއަށް ނެރުނީ އިހުނަށްވުރެ ހަރުކަށި ކަމާއި ޚުދުމުޚްތާރުކަމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
15 Sep 2026
މައިކްރޯސޮފްޓަށް ބަރޯސާވުން ކުޑަކުރުމަށް ސްވިޒަލޭންޑުގައި މަޝްރޫޢެއް
ބޭރުގެ ޓެކްނޮލޮޖީ ކުންފުނިތަކަށް ބަރޯސާވުން ކުޑަކޮށް، ޑިޖިޓަލް މިނިވަންކަން (ޑިޖިޓަލް ސޮވަރިންޓީ) ކަށަވަރުކުރުމުގެ ގޮތުން، ސަރުކާރުގެ އިދާރާތަކުގައި އޯޕަން ސޯސް ސޮފްޓްވެއާ ބޭނުންކުރުމަށް ސްވިޒަލޭންޑް ސަރުކާރުން 11 މިލިއަނަށް ވުރެ ގިނަ އެމެރިކާ ޑޮލަރު (9 މިލިއަން ސްވިސް ފްރޭންކް) ޚަރަދުކުރުމަށް ފާސްކޮށްފިއެވެ.
14 Sep 2026
ލަންކާގެ ޖޫނިއާ ސާފިން ޗެމްޕިއަން ބަލިކޮށް، ރާއްޖޭގެ އާލިޔާ ޗެމްޕިއަންކަން ހޯދައިފި
މި މުބާރާތުގެ ތެރެއިން އާލިޔާ ދައްކުވައިދިން ހުނަރާއެކު ގިނަ ބައެއްގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ. މިއީ މިފަދަ މުބާރާތެއްގައި އާލިޔާގެ ފުރަތަމަ ތަޖުރިބާއެވެ.
14 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ސެމީފައިނަލަށް ހަނިމާދޫ އާއި ކެލާ
ކުއާޓާފައިނަލުގެ ބާކީ މެޗްތައް ކުޅޭނީ މާދަމާ ހަވީރާއި ރޭގަނޑެވެ. ހަވީރު ކުޅޭ މެޗްގައި ފިނޭ ނިކުންނާނީ ބާރަށާ ދެކޮޅަށެވެ. އަދި ރޭގަނޑު ކުޅޭ މެޗްގައި ބައްދަލުކުރާނީ ދިއްދޫ އާއި ވަށަފަރެވެ
14 Sep 2026
ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝް ދެ މީހަކު ހައްޔަރުކޮށްފި
‏މި މައްސަލައާ ގުޅިގެން ބަންދުކޮށްފައިވަނީ އެމްޑީ މަސްއޫދު އަޙްމަދު އަދި އަބޫ ތާހިރު އެވެ.
14 Sep 2026
ހާލަންޑު ޖެހި ލަނޑު ސައްހަކަމަށް ނިންމުނީ ގޯހަކުން
ރެފްރީންގެ ކޮމިޓީން ވަނީ ވީއޭއާރުގެ މި ނިންމުން މުރާޖައާކުރާނޭކަމަށް ބުނެފައި
14 Sep 2026
ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިރޭ ރާއްޖެ ވަޑައިގެންފި އެވެ.
14 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސްގެ ފުރަތަނަ ދެމެޗް އެންޖީ ޖޫނިއާސް އަދި އެންޖީ ސްޓާރިންނަށް
އެންޖީ ޖޫނިއާސް މި މެޗު ކާމިޔާބުކުރީ 06-14 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗު އެންޖީ ސްޓާރިންގ ވަނީ ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފައެވެ
14 Sep 2026
އެންޓަނާއަކުން މީހަކު ވެއްޓި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެނީ
އެންޓަނާ މަތިން ވެއްޓުނު މީހާއަށް އަނިޔާވިއިރު އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.