11 Jun 2021 | 21:31
މިފަހަރުގެ ޔޫރޯގެ މެޗުތައް ބަލާލަން އުރީދޫގެ ޔޫރޯ ޕެކް ސަޅިވާނެ!

އުރީދޫ ކަސްޓަމަރުންނަށް ޔޫއެފާ ޔޫރޯ 2020 ގެ މެޗްތައް ފަސޭހަކަމާއިއެކު ކޮންމެތާކުންވެސް ބަލާލުމުގެ ފުރުޞަތު ފަހި ކޮށްދިނުމުގެ ގޮތުން އުރީދޫ މޯލްޑިވްސް އާއި އޭޝިއާގެ މަޝްހޫރު ސްޓްރީމިންގް ޕްލެޓްފޯރމެއް ކަމުގައިވާ ސޮނީ ލިވް އާއި ޕާރޓްނަރވެއްޖެއެވެ.

​​މި ޚާއްޞަ ޕާރޓްނަރޝިޕްގެ ދަށުން އުރީދޫ މޯލްޑިވްސްއިން މިއަދުވަނީ ސޮނީ ލިވް ޕްރީމިއަމް މަންތްލީ ސަބްސްކްރިޕްޝަންއާއިއެކު މެޗުތައް ބަލާލުމަށް 20ޖީބީ ގެ ޑޭޓާ އެންމެ 250 ރުފިޔާއަށް ލިބޭ ޚާއްޞަ ޕެކޭޖެއް "ޔޫރޯ 2020 ޕެކް" ގެ ނަމުގައި ތަޢާރަފްކޮށްފައެވެ. 30 ދުވަހުގެ މުއްދަތަށް ބެނުންކުރެވޭ މި ޕެކް ނަންގަވާ ކަސްޓަމަރުންނަށް ސޮނީ ލިވް ޕްރީމިއަމް ކޮންޓެންޓްގެ އިތުރުން ނެޓްފްލިކްސް، އައިފްލިކްސް، ޓިކްޓޮކް، ސައުންޑްކްލައުޑް އަދި ސްޕޮޓިފައި ވެސް ބޭނުންކުރެވޭނެއެވެ.

​​މީގެ އިތުރުން ފުޓްބޯޅައަށް ލޯބިކުރައްވާ ފަރާތްތަކަށް ޚާއްޞަ ހަދިޔާއެއްގެގޮތުން އާޗާ ޕޯސްޓްޕެއިޑް ގެންގުޅުއްވާ ހުރިހާ ކަސްޓަމަރުންނަށާއި، އާޗާ ޕްރިޕެއިޑް 2ޖީބީ/ޑޭ މަންތްލީ ޕްލޭން، ސުޕަރނެޓް 50އެމް އަދި 100އެމް ގެންގުޅުއްވާ ކަސްޓަމަރުންނަށްވެސް ސޮނީ ލިވް ޕްރީމިއަމް ކޮންޓެންޓްއަށް ސަބްސްކްރައިބް ކުރުމުގެ ފުރުސަތު މުޅިން ހިލޭ ލިބިގެންދާނެއެވެ. އާޗާ ޕޯސްޓްޕެއިޑް ގެންގުޅުއްވާ ފަރާތްތަކަށް ސޯޝަލްމީޑިއާއަށް ޚާއްޞަ ކުރެވިފައިވާ ޑޭޓާ ބޭނުންކުރައްވައިގެން ޔޫރޯ 2020 ގެ މެޗުތައް ސޮނީ ލިވް މެދުވެރިކޮށް ބައްލަވާލެވޭނެއެވެ.

​​"ފުޓުބޯޅައަކީ ފެށުނީއްސުރެ ދިވެހިންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދީ އެއްބައިވަންތަކަމުގެ ރޫޙު އާލާ ކުރުވާ ކުޅިވަރެއް. ދިގު އިންތިޒާރަކަށްފަހު ދުނިޔޭގެ އެކި ހިސާބުތަކުން ޔޫއެފާ ޔޫރޯ 2020 ގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާއިރު ހަމަ އެ ފޯރީގައި އަޅުގަނޑުމެންގެ ކަސްޓަމަރުންނަށްވެސް ސޮނީ ލިވް އާއެކު މި ތަޢާރަފު ކުރެވުނު ޚާއްޞަ އޮފަރތައް މެދުވެރިކޮށް، ކޮންމެތާކު ތިއްބަވައިގެންވެސް ޔޫރޯ 2020 ގެ މެޗުތައް ބަލާލުމުގެ ފުރުޞަތު އިތުރަށް ފަހިވެގެންދާނެ. އަޅުގަނޑުމެންގެ އުންމީދަކީ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް އެންމެ ފުރިހަމަގޮތުގައި ޔޫރޯ މުބާރާތް ތަޖުރިބާކުރުމުގެ ފުރުޞަތު ހޯދައިދިނުން" އުރީދޫ މޯލްޑިވްސް ގެ ޗީފް ކޮމަރޝަލް އޮފިސަރ، ހުސެން ނިޔާޒް ވިދާޅުވިއެވެ.

​​މި ޚާއްޞަ އޮފަރގެ ދަށުން އާޗާ ޕޯސްޓްޕެއިޑް 600، އާޗާ ޕޯސްޓްޕެއިޑް 800، އާޗާ ޕްރިޕެއިޑް 2ޖީބީ/ޑޭ މަންތްލީ، ސުޕަރނެޓް 50އެމް އަދި 100އެމް އަށް ސަބްސްކްރައިބް ކުރައްވާފައިވާ ކަސްޓަމަރުންނަށާއި، އަލަށް ސަބްސްކްރައިބް ކުރައްވާ ފަރާތްތަކަށް 11 ޖޫން 2021 އިން ފެށިގެން ސޮނީ ލިވް ގެ ޕްރީމިއަމް ކޮންޓެންޓްއަށް 1މަސް ދުވަހުގެ ސަބްސްކްރިޕްޝަން މުޅިން ހިލޭ ލިބިވަޑައިގަންނަވާނެއެވެ. އަދި އާޗާ ޕޯސްޓްޕެއިޑް 1000 ގެންގުޅުއްވާ ފަރާތްތަކާއި އަލަށް ނަންގަވާ ފަރާތްތަކަށް 1އަހަރު ދުވަހުގެ ހިލޭ ސަބްސްކްރިޕްޝަން ލިބިވަޑައިގަންނަވާނެއެވެ.

​​ސޮނީ ލިވް އަކީ ސޮނީ ޕިކްޗަރސްއިން ފޯރުކޮށްދޭ ޕްރީމިއަމް ވީޑިއޯ އޮން ޑިމާންޑް ޚިދުމަތެކެވެ. އެއް ސަބްކްރިޕްޝަނަކުން ގިނަ ޑިވައިސްތަކެއް މެދުވެރިކޮށް ސްޓްރީމް ކުރެވޭއިރު، މި ޕްލެޓްފޯރމްގައި 20 އަހަރުގެ މަޤުބޫލު އެތައް ޓީވީ ޝޯ، ސީރީޒް، ފިލްމު އަދި ކުޅިވަރު ޕްރޮގްރާމްތަކާއި ޗެނަލްތައް ބަލާލެވޭނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
ޣައްޒާއަކީ މި ޒަމާނުގެ އެންމެ ލާއިންސާނީ ޖަލު ކަމަށް އެރުދޮޣާން ސިފަކޮށްފި
ބައްޕައެއް އަދި ކާފައެއްގެ ހައިސިއްޔަތުން ވާހަކަދައްކަވަމުން އެރުދޮޣާން ވިދާޅުވީ ޣައްޒާއަކީ ދުނިޔޭގައި ކުޑަކުދީންގެ އެންމެ ބޮޑު ޤަބުރުސްތާނު ކަމަށާއި ގުނަވަން ބުރިވެފައިވާ ކުޑަކުދީން ދުނިޔޭގެ ނިސްބަތުން އެންމެ ގިނައީ ވެސް ޣައްޒާގައި ކަމަށެވެ. ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި އިސްރާއީލުގެ ޢަސްކަރިއްޔާއިން 74,000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ކަމަށް އެރުދޮޣާން ވިދާޅުވިއެވެ.
22 Sep 2026
އިމާމުންނާއި ހަތީބުންނަށް ހާއްސަ ހެދުމުގެ ނަކަލެެއް; ހިޔާލަށް ހުޅުވާލައިފި
މިނިސްޓަރު ވިދާޅުވީ މިއީ އަދި ފުރަތަމަ ސްޓޭޖުގައިވާ ކަމެއް ކަމަށާ މިކަން ނިމިގެންދާން ބޭނުންވަނީ ވީހާވެސް ގިނަ ހިޔާލުތަކާއިއެކު އުފެދޭ ނަތީޖާއެއްގެ މައްޗަށް ކަމަށެވެ.
22 Sep 2026
ފީނަންގޮސް އުޅުނު ޒުވާނަކު ނިޔާވެއްޖެ
22 Sep 2026
ޓްރަމްޕް ތަޤުރީރު ކުރަން ފެށުމުން އީރާނުގެ ވަފުދު ޖެނެރަލް އެސެމްބްލީ ދޫކޮށް ނިކުމެއްޖެ
އދ. ގެ ޢާންމު މަޖިލީހުގެ އަހަރީ ބައްދަލުވުމަށް ދުނިޔޭގެ ޤައުމުތަކުގެ ވެރީން ނިއު ޔޯކަށް ޖަމާވާއިރު ފަލަސްތީނާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ފާއިތުވެދިޔަ އަހަރުތަކުގައި ވެސް އީރާނުގެ ވަފުދުން ވަނީ ޖެނެރަލް އެސެމްބްލީ ދޫކޮށް ހޯލުން ނިކުމިފައެވެ. އަދި މިފަހަރުވެސް އެކަން ވަނީ ތަކުރާރުކޮށްފައެވެ.
22 Sep 2026
ޖަލަށް ލެވޭ މީހުން ވަނީ ގިނަ. ކުރިއަށް އޮތްތަނުގައިވެސް ވާނީ އިތުރު
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީޕީ ވިދާޅުވީ ޖަލުތަކުގެ ޖާގަ އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް 400 އެއްހާ ޖާގަ އިތުރުކުރެވިފައިވާ ކަމަށެވެ. އަދި ކައިރި މުސް ތަޤްބަލެއްގައި 300އަށް ވުރެ ގިނަ ޖާގަ އިތުރު ނުކުރެވިއްޖެނަމަ ދަތިތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.
22 Sep 2026
އެންމެ ގިނައިން ހޭދަ ކުރަންޖެހެނީ ބިހޭވިއަރ ތެރަޕީއަށް
ނިމިދިޔަ އޮގަސްޓް މަހު އެކަނިވެސް ތަފާތު އެކި ތެރަޕީތަކަށް އެންސްޕާއިން ޖުމްލަ 8.1 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، އޭގެ ތެރެއިން 2.7 މިލިއަން ރުފިޔާ ހޭދަވެފައިވަނީ ބިހޭވިއަރ ތެރަޕީތަކަށެވެ
22 Sep 2026
އީގަލް ހިލްސް މަޝްރޫއުއިން ރަސްމާލެ ވެގެންދާނީ ޒަމާނީ އިންޓަގްރޭޓެޑް ސިޓީއަކަށް
މިނިސްޓަރު ވިދާޅުވީ 500 ހެކްޓަރުގެ ސަރަޙައްދެއްގައި ތަރައްޤީކުރާ މި މަޝްރޫޢުގައި ތިން ރިސޯޓާއި ތަފާތު ފެންވަރުގެ ޕްރޮޕަޓީ ހިމެނޭ ޓައުންތައް ހެދުމުގެ އިތުރުން ބައިނަލްއަޤުވާމީ ފެންވަރުގެ ސްކޫލްތަކާއި ހޮސްޕިޓަލްތައް ވެސް ބިނާކުރާނެ ކަމަށެވެ
22 Sep 2026
ރައީސް ޔާމީނުގެ ޝަރީއަތުގެ އަޑުއެހުން ފަސްކޮށްފި
އެ އަޑުއެހުން ކެންސަލް ކުރީ ދައުލަތުގެ ފަރާތުން މައްސަލައިގައި ހާޒިރުވާ ވަކީލުން ބަލިވެ އުޅޭ ކަމަށް ބުނެ ދައުލަތުން އެދުމުންނެވެ. ފުއްގިރި ކުއްޔަށް ދިނުމާ ގުޅޭ މި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައި ވަނީ އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ގަބޫލު ކުރެއްވުމާއި ފައިސާ ލޯންޑާ ކުރެއްވުމުގެ ދައުވާއެވެ.