13 Jun 2021 | 21:08
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިތުރު ފަރުވާތަކަށް ދާން އަދި ލުޔެއް ދެވެން ނެތް: މަބްރޫކް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އިތުރުފަރުވާ ހޯދަން މިވަގުތަށް ލުއިދެވެން ނެތް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒު ވިދާޅުވެއްޖެއެވެ.

މަބްރޫކް މިހެން ވިދާޅުވެފައިވަނީ ކޮވިޑް-19 އާއި ގުޅިގެން މަޢުލޫމާތު ހިއްސާކުރައްވަމުން މިވަގުތު ހެލްތު އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުން ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި "ވޮއިސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މަބްރޫކް ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ އިތުރު ފަރުވާއަކީ ކޮންމެ ލޮކްޑައުންއެއްގައިވެސް އެންމެ ބޮޑަށް ވިސްނަންޖެހޭ އެއްކަންތައް ކަމަށެވެ.

އެގޮތުން މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އަންނަ ހަފުތާގައި ލުއިދެވޭނީ ކޮންކޮން ކަންތައްތަކަކަށްތޯ މަޝްވަރާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މަބްރޫކު ވިދާޅުވިއެވެ.

"މިހަފުތާ ނިމޭއިރުގަ ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އިތުރު ތަފާތުތަކެއް މިފިޔަވަޅުތަކަށް ގެނެވޭ. އެހެން ނަމަވެސް މިވަގުތު ވަކިން ސީދާ މިވެނި ކަމެކޭ ދެންނެވެން އަޅުގަނޑަކަށް ނެތް." މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް މިހެން ވިދާޅުވެފައިވާއިރު، މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން މާލޭގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަކޮށް އިތުރު ތެރަޕީ ބޭނުންވާ ފަރާތްތަކަށް ނުހަނު ބޮޑެތި އުނދަގޫތަކާ ދަނީ ކުރިމަތިވަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
17 Jun 2026
ރ. އަތޮޅުގައި ފަސް ބާވަތެއްގެ ކެންސަރަށް ސްކްރީން ކުރުމުގެ ޕްރޮގްރާމެއް
މި ޖޫން މަހުގެ 25 އިން 27 އަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ފަސް ބާވަތެއްގެ ކެންސަރަށް ސްކްރީން ކުރާނެއެވެ. އެއީ އުރަމަތީގެ ކެންސަރާއި، އަނގައިގެ ކެންސަރާއި، ރަހިމުގެ ދޮރަށް ޖެހޭ ކެންސަރާއި، ޕްރޮސްޓޭޓް ކެންސަރުގެ އިތުރުން ބޮޑު ގޮހޮރާއި ފުރަގަސްފަރާތުގެ ކެންސަރެވެ.
17 Jun 2026
ގުނަވަން ބަދަލުކުރާ ބިލް އަނބުރާ ފޮނުވާލި ސަބަބު
އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމާ ބެހޭ ބިލް އަނބުރާ މަޖިލީހަށް ފޮނުވާލެއްވީ، ގުނަވަން ނުދެވޭ މީހުންގެ ތެރެއިން ބަންދުމީހުންނާއި، ގައިދީން އުނި ކުރުމުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
17 Jun 2026
އަންނަ އަހަރު ރާއްޖޭގެ އިގުތިސާދު އިޔާދަވާން ފަށާނެ
މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އިގުތިސާދީ ދުވެލި މިއަހަރު މަޑުޖެހުނު ނަމަވެސް، އަންނަ 2027 ވަނަ އަހަރުން ފެށިގެން އިގުތިސާދު އިޔާދަވާން ފަށާނެ ކަމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ލަފާކޮށްފިއެވެ.
17 Jun 2026
ޕީސީބީގެ ރައީސް ނިޒާރަށް ރުހުން ހޯދުމަށް މަޖިލީހަށް
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނިޒާރަށް ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ސިޓީ ވަނީ އިއްވާފައެވެ.
17 Jun 2026
އިއާދަކުރަނިވި ހަކަތައިގެ އިސްލާހީ މަސައްކަތްތަކުން ސަބްސިޑީއަށް ކުރާ ހޭދަ ކުޑަކުރެވާނެ
ސަބްސިޑީގެ ނިޒާމާ ގުޅޭގޮތުން އައި.އެމް.އެފް އިން ލަފާދީފައިވަނީ، މިހާރު ހުރި ނިޒާމުތައް މުރާޖައާކޮށް، އެހީތެރިކަން އެންމެ ބޭނުންވާ ނާޒުކު އާއިލާތަކަށް އަމާޒުކޮށްގެން ސަބްސިޑީ ދޭނެ ހަރުދަނާ އުސޫލެއް ގާއިމުކުރުމަށެވެ. އަދި މިފަދަ އިސްލާހީ ފިޔަވަޅުތައް އަޅާއިރު، އާންމު ރައްޔިތުންނަށް، ޚާއްޞަކޮށް ދަށް އާމްދަނީ ލިބޭ ފަރާތްތަކަށް ލިބޭނެ ގެއްލުންތަކުން ރައްކާތެރިކަން ކަށަވަރުކޮށްދޭންޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.
17 Jun 2026
ޒިދާންގެ ދަރިފުޅު އަލްޖީރިއާގެ ގޯލް ބަލަހައްޓަން އެރިއިރު މާސްކު އެޅީ ކީއްވެ
މިފަހަރުގެ ވޯލްޑްކަޕްގައި މިއަދު އަލްޖީރިއާއާއި އާޖެންޓީނާ ބައްދަލުކުރި މެޗުގައި، ދުނިޔޭގެ ފުޓްބޯޅައިގެ ލެޖެންޑް ޒައިނުއްދީން ޒިދާންގެ ދަރިފުޅު، ލޫކާ ޒިދާން، ފެނުނީ އަލްޖީރިއާގެ ގައުމީ ޓީމުގެ އެއްވަނަ ކީޕަރުގެ ގޮތުގައެވެ.
17 Jun 2026
އިރާނުން ޑިމާންޑް ކުރަނީ 300 ބިލިއަން ޑޮލަރުގެ ފަންޑެއް: ރިޕޯޓް
އެމެރިކާ އާއި އީރާނާ ދެމެދު ވެވުނު ސުލްހައިގެ އެއްބަސްވުމުގެ ދަށުން، އީރާނުގައި އިންވެސްޓްމަންޓްތައް އިތުރުކުރުމަށް މަގުފަހިކުރުމުގެ ގޮތުން 300 ބިލިއަން ޑޮލަރުގެ ޕްރައިވެޓް ފަންޑެއް ގާއިމުކުރުމަށް ހިމަނާފައިވާ ކަމަށް ރޮއިޓާސް އިން ބުނެފިއެވެ.
17 Jun 2026
ފެން ހޫނުކުރާ ޕޮޓެއްގައި ރޯވެ ހުޅުމާލޭ ފުލެޓެއްގައި އަލިފާނުގެ ހާދިސާއެއް؛
އެމްއެންޑީއެފުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ 141 ވަނަ ފްލެޓްގެ ގްރައުންޑް ފްލޯގެ ބަދިގޭގައި ބޭނުންކުރި ފެންހޫނުކުރާ ޕޮޓެއްގައި ރޯވެގެންނެވެ.