16 Jun 2021 | 13:09
ރޮނާލްޑޯގެ ރެކޯޑުތަކަށް ނިމުމެއް ނެތް، އަދިވެސް އާކުރަނީ

ޔޫރޯގައި ފުޓުބޯޅަ މުބާރާތުގައި ރޮނާލްޑޯ ކާމިޔާބުކުރި ދެ ލަނޑާއެކު ޔޫރޯ އަދި ދުނިޔޭގެ ރެކޯޑުތަކެއް އާކޮށްފިއެވެ.

ރޮނާލްޑޯ ވެގެންގޮސްފައިވަނީ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ގޮތުގައެވެ. އަދި ޕޯޗުގަލް ޤައުމީ ޓީމާއެކު ޔޫރޯގެ ފައިނަލް ބުރުގައި ފަސް ފަހަރު ކުޅެފައިވާ ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފް ރޮނާލްޑޯ ވަނީ ހޯދާފައެވެ.

ހަންގޭރީ މެޗުގައި ރޮނާލްޑޯ ކާމިޔާބުކުރި ލަނޑާއެކު ޔޫރޯގައި އޭނާ ޖެހި ލަނޑުތަކުގެ އަދަދު ވަނީ 11 އަށް އަރާފައެވެ. މި ދެ ލަނޑާއެކު ރޮނާލްޑޯއަށް ވަނީ މުބާރާތުގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފް ހޯދާފައެވެ.

މީގެއިތުރުން ރޮނާލްޑޯ ވެފައިވަނީ ޕޯޗުގަލް ޤައުމީ ޓީމަށް ލަނޑުޖަހައިދިން އެންމެ ދުވަސްވީ ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. އެއީ އުމުރުން 36 އަހަރާއި 130 ދުވަހުގައި ހަންގޭރީ ކޮޅަށް ޖެހި ދެ ލަނޑާއެކު އެވެ. މި ރެކޯޑު ކުރިން އޮތީ 2018 ވަނަ އަހަރު ޕެޕޭ އަތުގައެވެ.

ގިނަބަޔަކު ގަބޫލުކޮށްގެން ތިބީ މި މުބާރާތަށްފަހު ރޮނާލްޑޯ ބައިނަލްއަޤުވާމީ ފުޓުބޯޅަ ކުޅުން ހުއްޓާލާނެ ކަމަށެވެ. ނަމަވެސް ރޮނާލްޑޯގެ ވާހަކަތަކުން އަދިވެސް ގިނަ ރެކޯޑުތަކެއް އާކުރަން އޭނާ ބޭނުންވެއެވެ. 

މިހާރުވެސް ރޮނާލްޑޯއަކީ ދުނިޔޭގެ ފުޓުބޯޅައިގައި މިހާރު އެކްޓިވްކޮށް ކުޅޭ ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔާއެވެ. ދުނިޔޭގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖަހާފައިވާ އީރާންގެ އަލީ ދާއި ހަދާފައިވާ ރެކޯޑު އާކުރަން މިހާރު ރޮނާލްޑޯއަށް ބޭނުންވަނީ މަދު ލަނޑުތަކެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
17 Sep 2026
ޚަދްލަޖް ބްރޭންޑުގެ އައު ސެންޓުތަކެއް ރާއްޖެއަށް ތަޢާރަފުކޮށްފި
ދުބާއީގެ މަޝްހޫރު ލަގްޒަރީ ސެންޓު ބްރޭންޑް "ޚަދްލަޖް" ގެ އައު ސެންޓުތަކެއް، އެ ބްރޭންޑުގެ ރާއްޖޭގެ ހަމައެކަނި އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރު ޕޮއިސް ޑިސްޓްރިބިއުޓާރސް އިން ބާޒާރަށް ނެރެ ވިއްކަން ފަށައިފިއެވެ.
17 Sep 2026
ޗައިނާގެ އެންމެ ބޮޑެތި ބްރޭންޑްތަކުގެ ނަމުގައި "އަލީ" ހިމެނެނީ ކީއްވެ؟
1999 ވަނަ އަހަރު ޖެކް މާ (މާ ޔޫން) އެނާގެ 17 ރައްޓެހިންނާ އެކު ޗައިނާގެ ހެންޒޯގައި ހުރި އެޕާޓްމެންޓެއްގައި އަލީބާބާ ޑޮޓް ކޮމް އުފެއްދެވީ ވިޔަފާރިތައް ގުޅުވައިދޭ ޕްލެޓްފޯމެއްގެ ގޮތުގައެވެ. މި ނަން ނެގީ ޢަރަބި ފޯކްލޯ ވާހަކަ "ހާސް އެއް ރެއެއްގެ ވާހަކަ" ގައި ހިމެނޭ ޢަލީ ބާބާ ކެރެކްޓަރުންނެވެ. އެ ވާހަކައިގައި ޢަލީ ބާބާ އަކީ ފަޤީރު ދަރު ކެނޑުންތެރިއެއް ކަމަށާއި ވަގުންގެ ހޮހޮޅައެއްގެ ސިއްރު ހޯދައި "ހުޅުވާ ސިމްސިމް" މި ޖާދޫ ޢިބާރާތުން އެ ހޮހޮޅައަށް ވަންނަ ވާހަކައެވެ.
17 Sep 2026
ކުރީ ސަރުކާރުން ނެގި 150 މިލިއަން ޑޮލަރުގެ ފެސިލިޓީ އެއްކޮށް ދައްކައ
ކުރީގެ ސަރުކާރުން 2019 ވަނަ އަހަރު ބަޖެޓް ސަޕޯޓުގެ ގޮތުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނަގާފައިވާ 150 މިލިއަން އެމެރިކާ ޑޮލަރުގެ ފެސިލިޓީ ދިވެހި ސަރުކާރުން އެއްކޮށް ދައްކައި ޚަލާޞްކޮށްފިއެވެ.
17 Sep 2026
ކުރިއަށް މިއޮތީ "މަގޭ ބިޓުގެ ވެޑިން" ގެ ވަދާޢީ ތިން ޝޯ
ކުރިއަށް އޮތީ ހަފްތާ ބަންދުކަމުން ބާރުބޮޑުވާނެތީ ޓިކެޓް ބައްލަވައިގަންނަން ބޭނުންވާ ފަރާތްތަކުން 9911229 ނަންބަރަށް ވައިބަރ ކުރުމުން ޓިކެޓް ނެގުމުގެ ހުރިހާ އިންތިޒާމެއް ހަމަޖެހިގެންދާނެ ކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެއެވެ
17 Sep 2026
ފުވައްމުލަކަށް ޑައިވިންގ އަށް ގޮސް އުޅުނު ޓޫރިސްޓަކު މަރުވެއްޖެ
އެ ޓޫރިސްޓު ހެނދުނު 9:02 ގައި ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް ޑޮކްޓަރާ ހަވާލާދީ އެ ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވެފައިވެއެވެ. އެ މީހާ ޑައިވިންއަށް ފޭބީ ހެނދުނު އަށެއް ޖެހި ހާއިރު ކަމަށް އެނގިފައިވެއެވެ.
17 Sep 2026
ޕީއެންސީގެ ރިޔާސީ ޓިކެޓް މުޢިއްޒަށް ދިނުމަށް ގަރާރެއް ހުށަހެޅައިފި
2028 ގެ ރިޔާސީ އިންތިޚާބުގައި ރައީސް މުޢިއްޒަށް ޕީއެންސީގެ ޓިކެޓް ރަސްމީކޮށް އެރުވުމަށް އެދި އެ ޕާޓީގެ މަތީ މަޖިލީހަށް ގަރާރެއް ހުށަހަޅައި، އެކަމާ މެދު ގޮތެއް ނިންމުން ކުރިއަށް އެބައޮތެވެ.
17 Sep 2026
ހޫތީންނާ އެމެރިކާގެ އޮފިޝަލުންގެ ސިއްރު ބައްދަލުވުމެއް
ޔަމަނުގެ ހޫތީން އޮމާންގައި އެމެރިކާގެ އޮފިޝަލުންނާ މިދިޔަ ހަފުތާ ބަންދުގައި ބައްދަލުކޮށް، އެމެރިކާއާއި އިސްރާއީލުގެ އުޅަނދުތަކަށް ހަމަލާނުދޭނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށް މިކަމުގެ މައުލޫމާތު އެނގޭ ފަސް މަސްދަރަކުން ހާމަކޮށްފިއެވެ.
17 Sep 2026
ޖަޕާނުގައި 100 އަހަރުން މަތީ މީހުންގެ ޢަދަދު ރެކޯޑް މިންވަރަކަށް އިތުރުވެއްޖެ
މިއީ މިދިޔަ އަހަރާ އަޅައިބަލާއިރު ގާތްގަނޑަކަށް 8,000 މީހުންގެ އިތުރުވުމެކެވެ. އެ ޤައުމުގެ އެންމެ ދުވަސްވީ އަންހެން މީހާއަކީ ކިޔޯޓޯއަށް ނިސްބަތްވާ ޢުމުރުން 114 އަހަރުގެ ފޫޔޯ ކިޝިމޯޓޯއެވެ. އެންމެ ދުވަސްވީ ފިރިހެން މީހާއަކީ ކުމަމޯޓޯގެ 112 އަހަރުގެ ހިކާރޫ ކާޓޯއެވެ.