ޤައުމީ މަންހަޖު އެންމެ ރަނގަޅަށް ތަންފީޒު ކުރެވޭނީ ދޭސީ ޓީޗަރުންނަށް: އާދަމް ޝަރީފް

24 Jun 2021 | 20:25

ރާއްޖޭގެ ތަޢުލީމީ ނިޒާމުގައި ހިމެނޭ ޤައުމީ މަންހަޖު އެންމެ ރަނގަޅަށް ތަންފީޒު ކުރެވޭނީ ދޭސީ ޓީޗަރުންނަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އިންޑިއާއިން ޤުރްއާން ޓީޗަރުންތަކެއް ގެންނައުމާއި މައްސަލައާއި ގުޅޭގޮތުން، ސްކޫލުތަކަށް ބޭނުންވާ މިންވަރަށް ދޭސީ ޓީޗަރުން ނުލިބޭކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައިވަނިކޮށް، އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބިދޭސީ ޓީޗަރުންނާއި އެއްގޮތަށް، ރަށުން ބޭރުގައި ޚިދުމަތް ކުރާ ދޭސީ ޓީޗަރުންނަށްވެސް ކެއުމާއި ހުރުމުގެ ޚަރަދުގެ އެލަވަންސް ދޭގޮތަށް އުސޫލު ބަދަލު ކޮށްފިނަމަ، ފެންވަރު ރަނގަޅު ދޭސީ ޓީޗަރުން ލިބޭނެ ކަމަށެވެ.

އަދި ޤައުމީ މަންހަޖު އެންމެ ރަނގަޅަށް ތަންފީޒު ކުރެވޭނީ ދޭސީ ޓީޗަރުންނަށް ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފަކީ، މިހާރު ބޭނުންކުރާ ޤައުމީ މަންހަޖު އެކުލަވާލުމުގެ މަސައްކަތުގައި އޭރު، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގައި ޑިރެކްޓަރ ޖެނެރަލްގެ ގޮތުގައި މަސައްކަތް ކުރެއްވީ ފަރާތެކެވެ. އަދި ތަޢުލީމީ ދާއިރާގެ ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ފަރާތެކެވެ. 

Advertisement

ކޮމެންޓް

Advertisement