02 Jul 2021 | 01:04
ރައީސް ނަޝީދު އަވަހާރަކޮށްލުމަށް 3 މިލިއަން ޑޮލަރުގެ ޓާސްކެއް ދިން: މޭ 6 ކޮމެޓީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް 3 މިލިއަން ޑޮލަރުގެ ޓާސްކެއް ދީފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށް "މޭ ހަޔެއް" ކޮމިޓީން ބުނެފިއެވެެ.

މިރޭ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބޭއްވި އެޕާޓީގެ ޤައުމީ މަޖިލީހުގެ ޖަލްސާއަށް، މެއި 06 ކޮމެޓީގެ މަަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާ ކުރައްވަމުން، އެ ކޮމެޓީގެ ޗެއަރ، ޙަސަން އަފީފް ވިދާޅުވީ، ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ މަޢުލޫމާތު ސާފުކުރުމަށް މެންބަރު އިލްޔާސް ލަބީބާއި ކޮމެޓީގެ ފަރާތުން ބައްދަލު ކުރެއްވި ކަމަށެވެ.

ޢަފީފު ވިދާޅުވީ، މެއި 3 ވަނަ ދުވަހުގެރޭ އިލްޔާސް ލަބީބަށް މީހަކު ގުޅައި ވަރަށް މުހިންމު ކަމަށް ބުނެ ބައްދަލުކުރަން އެދުނު ކަމަށާއި، އެމީހާއާ ބައްދަލު ކުރުމުން، ރައީސް ނަޝީދު އަވަހާރަކޮށްލުމަށް 3 މިލިއަން ޑޮލަރުގެ ޓާސްކެއް ބަޔަކާ ހަވާލުކޮށްފައިވާ ކަމުގެ މަޢުލޫމާތު އެމީހާ އިލްޔާސަށް ދިން ކަމަށެވެ. އަދި އޭރު ކުރިއަށްދަނީ އެޑްވާންސް ޕޭމެންޓްގެ ކަންކަން ކަމަށް އެމީހާ އިލްޔާސަށް މަޢުލޫމާތު ދިން ކަމަށެވެ.

މީގެ އިތުރުން، މިކަން އެފަރާތްތަކުން ރާވަމުންދަނީ، ހަރުކަށި ފިކުުރުގެ މީހުންގެ ބޮލުގައި އަޅުވައިގެން ކުރަން ކަމަށް، އިލްޔާސްއަށް އެމީހާ މަޢުލޫމާތު ދިންކަމަށް ކޮމެޓީން ބުނެފައިވެއެވެ.

އަދި އެ މަޢުލޫމާތާއި ގުޅިގެން އެކަން، ރައީސް ނަޝީދާއި މާރިޔާ އަޙްމަދު ދީދީގެ ސަމާލުކަމަށް ގެނެސްފައިވާކަމަށް އިލްޔާސް ވިދާޅުވިކަމަށް ކޮމެޓީން ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ފައިސާގެ ބޮޑެތި މުއާމަލާތްތަކެއް ހިނގާފައިވާކަމުގެ މަޢުލޫމާތު މިފަދަ ފަރާތަކުން އާންމުކުރި މިއީ ފުރަތަމަ ފަހަރެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ