ރާއްޖެއިން ކޮވިޑް-19އަށް މިއަދު ޕޮޒިޓިވްވީ 129 މީހުން!

05 Jul 2021 | 22:09

ދިވެހިރާއްޖެއިން މިއަދު އަލަށް ކޮވިޑް-19އަށް 129 މީހަކު ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް މިބައްޔަށް 129 މީހަކު ވަނީ އަލަށް ޕޮޒިޓިވް ވެފައެވެ. މީގެ ތެރޭގައި ހިމެނެނީ، މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 15 މީހަކާއި، ރަށްރަށުން ޕޮޒިޓިވްވި 111 މީހަކާއި އޮޕަރޭޝަނުގައި އޮތް ރިސޯޓްތަކުން ޕޮޒިޓިވްވި 2 މީހަކު އަދި ލިވްއަބޯޑަކުން ޕޮޒިޓިވްވި އެކަކު ހިމެނެއެވެ.

މިއަދާ ހަމައަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު 74،480 އަށް އަރާފައިވާއިރު، މި ބައްޔަށް 25 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މިބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 71،029 އަށް އަރާފައެވެ.

ކޮމެންޓް