މަޖިލީހުގެ އިދާރާ --
ހަބަރު
04 Sep 2025 | 16:24
މާލީ ބަޔާން ހުށަނާޅާ ފަސް މެންބަރުން، 15 ދުވަހުގެ ނޯޓިސް ދީފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން މާލީ ބަޔާން ހުށަނާޅާ މެންބަރުންނަށް ނޯޓިސް ދީފި އެވެ.

މަޖިލީހުގެ އިދާރާއިން މިއަދު ބުނީ މާލީ ބަޔާން ހުށައެޅުމުގެ ފަހު ތާރީހަކީ މިދިޔަ މަހުގެ ފަހު ދުވަހެވެ. ނަމަވެސް ފަސް މެންބަރަކު މާލީ ބަޔާން ހުށަނާޅާ ކަމަށެވެ. އެ މެންބަރުންނަށް މިހާރު އެކަން އަންގާ 15 ދުވަސް ތެރޭ މާލީ ބަޔާން ހުށައަޅަން އަންގާފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

މަޖިލީހުގެ ގަވާއިދުގެ ދަށުން މެންބަރުންގެ މާލީ ބަޔާން ހުށައަޅާ އަދި އެ ބަޔާންތައް މަޖިލީހުގެ އިދާރާ އިން އާންމު ކުރަން ޖެހެ އެވެ. 

މާލީ ބަޔާން ހުށައެޅި މެންބަރުންގެ މާލީ ބަޔާންތައް މަޖިލީހުގެ އިދާރާ އިން އިއްޔެ ވަނީ އާންމުކޮށްފަ އެވެ. މާލީ ބަޔާންތަކަށް ބަލާއިރު ބައެއް މެންބަރުންގެ އެކައުންޓްގައި އެއްވެސް ފައިސާއެއް ނެތެވެ. ބައެއް މެންބަރުންގެ އެކައުންޓް ވަނީ މައިނަސް ގަ އެވެ. ވަރަށް މަދު އަދަދެއްގެ ފައިސާ ކޮޅަކާއި މުދާ ހުރި މެންބަރުން ވެސް ހިމެނެ އެވެ.

ބައެއް މެންބަރުންނަށް ހަދިޔާގެ ގޮތުގައި ލައްކައިން ފައިސާ

މެންބަރުންގެ މާލީ ބަޔާންތަކަށް ބަލާއިރު ބައެއް މެންބަރުންނަށް ހަދިޔާގެ ގޮތުގައި ވަރަށް ގިނަ އަދަދަކަށް ފައިސާ ލިބިފައިވާ ކަމަށް ދައްކަ އެވެ. 

އެއް މެންބަރަކީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އެވެ. އަބްދުއްރަހީމްގެ މާލީ ބަޔާނުގައިވާ ގޮތުން 958،982 ރުފިޔާ އަކީ ހަދިޔާ ގޮތުގައި ލިބިފައިވާ ފައިސާ އެވެ. އެ ފައިސާ ލިބުނީ ކާކުގެ ފަރާތުން ކަމެއް ސާފެއް ނުވެ އެވެ.

ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ޝަމްހީދަށް ވެސް 1.4 މިލިއަން ރުފިޔާ ހަދިޔާގެ ގޮތުގައި ލިބިފައިވާ ކަމަށް އޭނާގެ މާލީ ބަޔާނުގައި ބުނެފައިވެ އެވެ. އޭގެ ތެރެއިން ބައެއް ފައިސާއަކީ ޑޮލަރުން ލިބުނު ފައިސާ އެވެ.

މީގެ އިތުރުން ބައެއް މެންބަރުންގެ އަމިއްލަ ބިން ބިމާއި ރޯ ހައުސްއާއި ފްލްޓް ހުރި ކަމަށް ވެސް މާލީ ބަޔާންތަކުގައިވެ އެވެ. ބައެއް މެންބަރުންނަށް ފްލެޓާއި ރޯ ހައުސް ލިބިފައިވަނީ މީހެއްގެ ފަރާތުން ހިލެ އެވެ. ބައެއް މެންބަރުން ފްލެޓް ގަނެފައިވަނީ ލޯނު ނަގައިގެންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.