ދީން
23 Aug 2022 | 16:25
އިންސާނުންގެ މެދުގައި ހިނގައިދިޔަ އެންމެ ފުރަތަމަ ޤަތުލު

އެންމެހާ އިންސާނުންގެ ބައްޕައާއި މަންމަ ކަމުގައިވާ އާދަމްގެފާނަށާއި ޙައްވާގެފާނު ބިމަށް ދިރިއުޅުން ބަދަލުކުރެއްވުމާއެކު، އެ ދެމަފިރިކަނބަލުން އެ ބިމުގައި ދިރިއުޅުއްވަމުން ގެންދެވިއެވެ. އެ ދެމަފިރިކަނބަލުންނަށް މާތް ﷲ ދަރިން ދެއްވެވިއެވެ. ޙައްވާގެފާނު ބަލިވެއިންނަ ކޮންމެ ފަހަރަކު އެއްމާބަނޑު ދެ ދަރިން ދެއްވައެވެ. އެއީ ފިރިހެން ކުއްޖަކާއި އަންހެން ކުއްޖެކެވެ. އެ ދަރިންގެ މެދުގައި އާދަމްގެފާނު ކައިވެނި ކޮށްދެއްވަމުން ގެންދެވި ގޮތަކީ؛ ކުރިން ވިހެއި ފިރިހެންކުއްޖާއާ، ފަހުން ވިހެއި އަންހެންކުއްޖާއާ ކައިވެނި ކޮށްދެއްވުމެވެ. އަދި އެފަހަރުވިހޭ އަންހެން ކުއްޖާއާ، ފަހުން ވިހެއި ފިރިހެންކުއްޖާއާ ކައިވެނި ކޮށްދެއްވުމެވެ.

މިގޮތުގެމަތިން ކަންތައް ދަނިކޮށް، އާދަމްގެފާނަށް ޤާބީލްއާއި ހާބީލް ލިބިވަޑައިގަތެވެ. މި ދެ ދަރިކަލުންކުރެ ދޮށީ ޤާބީލްއެވެ. މި ދެ ދަރިކަލުން ބޮޑުވެ، ހާބީލް ބަކަރި ހުއިހައްޕާ މީހަކަށްވިއެވެ. އަދި ޤާބީލް ދަނޑުވެރިއަކަށް ވިއެވެ. ޤާބީލްއާއެކު ލިބުނު އެއްމާބަނޑު އުޚްތަކީ ބުރުސޫރަ ރީތި އުޚްތެކެވެ. ޤާބީލް ކައިވެނިކުރަންޖެހެނީ ހާބީލްއާއެކު ލިބުނު އުޚްތާއާ އެވެ. އަދި ހާބީލްއަށް ކައިވެނިކުރަންޖެހެނީ ޤާބީލްއާއެކު ލިބުނު ބުރުސޫރަ ރީތި އުޚްތާއާއެވެ.

ހާބީލް، ޤާބީލްގެ އުޚްތާއާ ކައިވެނިކުރަން އުޅުމުން، އެކަން މަނާކޮށް ހާބީލްއާ ދިމާއަށް ޤާބީލު ބުންޏެވެ. "އެއީ ތިމަންގެ އުޚްތާއެވެ. އޭނާ ވިހެއީ ތިމަންނައާއެކުގައެވެ. އަދި ތިބާގެ އުޚްތާއަށްވުރެ އޭނާ ރީއްޗެވެ. އަދި އޭނާއާ ކައިވެނި ކުރުން ޙައްޤުކަން ބޮޑީ ތިމަންނައެވެ."

މި މައްސަލައިގައި ނަފްރަތުގެ ހުޅުރޯވެފައިވީ ދުވަސްކޮޅު އާދަމްގެފާނު މައްކާއަށް ދަތުރުފުޅެއް ކުރެއްވިއެވެ. އާއިލާގެ ކަންކަން ބެލެހެއްޓުން ޤާބީލްއާ ޙަވާލުކުރެއްވުމަށްފަހުގައެވެ. މި ދުވަސްވަރުގެތެރޭގައި؛ ހާބީލްއާއި ޤާބީލް މާތް ﷲއަށް ޤުރުބާނެއް ކުރިއެވެ. މާތް ﷲއަށް ޤުރުބާން ކުރުމަށްޓަކައި ހާބީލް ހުށަހެޅީ، އޭނާގެ މުދަލުގެ ތެރެއިން އެންމެ އަގުހުރި، ޞިއްޙަތު ރަނގަޅު ކަންބަޅިއެކެވެ. އަދި ޤާބީލް ހުށަހެޅީ ދެރަވަރުގެ ގޮވާން ކޮޅެކެވެ.

އެހިނދު، އަލިފާންގަނޑެއް އައިސް ހާބީލްގެ ކަންބަޅި ޖަހައިގަނެގެން ގެންދިޔައެވެ. އަދި ޤާބީލްގެ ގޮވާން ޤަބޫލުނުކުރެވި ރައްދުކުރެވުނެވެ. ޙަސަދައިގެ ނުބައި އަލިފާންގަނޑު ޤާބީލްގެ ހިތުގައި ރޯވެގެން ދިޔައެވެ. މިކަން ބަޔާންކުރައްވާ މާތް ﷲ އަލްމާއިދާ ސޫރަތުގެ 27 ވަނަ އާޔަތުގައި ބަޔާންކުރައްވާފައިވެއެވެ. "ފަހެ، އެ ދެދަރިކަލުންކުރެ އެއްދަރިކަލެއްގެ ކިބައިން (ޤުރުބާން) ޤަބޫލުކުރެއްވިއެވެ. އަނެއް ދަރިކަލުންގެ ކިބައިން ޤަބޫލެއް ނުކުރެއްވިއެވެ. އެ ދަރިކަލުން (އެބަހީ؛ ޤަބޫލުނުކުރެވުނު ދަރިކަލުން) ވިދާޅުވިއެވެ. ތިމަން، ކަށަވަރުންވެސް ތިބާ ޤަތުލު ކުރާހުށީމެވެ. އަނެއް ދަރިކަލުން ވިދާޅުވިއެވެ. ﷲ ޤަބޫލުކުރައްވާކަން ކަށަވަރީ ތަޤްވާވެރިންގެ ކިބައިންނެވެ."

ޤާބީލަށް ރައްދުދެމުން ހާބީލު ބުންޏެވެ. "ހަމަކަށަވަރުން، ތިމަން ޤަތުލުކުރުމަށްޓަކައި ކަލޭގެ އަތް ތިމަންނަޔާ ދިމާޔަށް ދިއްކުރިއަސް، ކަލޭ ޤަތުލުކުރުމަށްޓަކައި، ތިމަންގެ އަތް ކަލެޔާ ދިމާޔަށް ދިއްކުރާނޭ މީހަކު ކަމުގައި ތިމަން ނުވަމެވެ. ހަމަކަށަވަރުން، ޢާލަމްތަކުގެ ވެރި ﷲ ދެކެ ތިމަން ބިރުގަންނަމެވެ."

ޤާބީލްގެ މި ނިންމުމާ އެއްގޮތަށް ކަންތައް ނުކުރުމަށާއި، އެފަދައިން ކަންތައް ކޮށްފިކަމުގައިވާނަމަ ޤާބިލަށް ޤިޔާމަތްދުވަހު ލިބޭނެ ގެއްލުމުގެ ވާހަކައިން އިންޒާރުދެމުން ބުންޏެވެ. "ހަމަކަށަވަރުން، ތިމަން އެދެނީ ތިމަންގެ ފާފައާއި ކަލޭގެ ފާފައާއިގެން (ﷲ ގެ ޙަޟްރަތަށް) ކަލޭ ރުޖޫޢަވުމެވެ. އޭރުން ކަލޭވާހުށީ، ނަރަކައިގެ އަހުލުވެރިންގެ ތެރެއިންނެވެ. އެއީ އަނިޔާވެރިންގެ ޖަޒާއެވެ."

ހާބީލްގެ އެއްވެސް ނަޞޭހަތަކުން އަދި އިންޒާރަކުން ޤާބީލަކަށް މަންފާއެއް ނުކުރިއެވެ. ޤާބީލް ހުރީ އެއަށްވުރެ ބޮޑަށް އޭނާގެ އަޚާ ޤަތުލުކޮށްލުމަށް ދަހިވެތިވެފައެވެ. އެންމެފަހުން، ހާބީލް ޤަތުލުކޮށްލިއެވެ. ޝައިޠާނާގެ މަކަރުވެރިކަމުގައި ޤާބީލު ޖެހުނެވެ. އެ ނުބައި ފާފައަށްފަހު، ރަޙުމެއް ނެތި މަރާލެވުނު އޭނާގެ އަޚާގެ ހަށިގަނޑާމެދު އޭނާ ކަންބޮޑުވާން ފެށިއެވެ. އޭނާގެ ކޮނޑު މައްޗަށް އޭނާގެ އެއްބަނޑު އެއްބަފާ އަޚާގެ ހަށިގަނޑު ލައިގެން އެއްތަނުން އަނެއްތަނަށް ހިނގަން ފެށިއެވެ. އެ ހަށިގަނޑަށް ހަދާނެގޮތެއް ނޭނގިގެންނެވެ.

މި ޙާލަތުގައި ޤާބީލު ވަނިކޮށް، އިންސާނުންނަށް އެބައިމީހުންގެ ތެރެއިން މަރުވާމީހުން ބިމުގައި ވަޅުލުމުގެ ފިލާވަޅު އުނގަންނަވައި ދެއްވުމުގެ ވަގުތުޖެހުނެވެ. އެހިނދު، ޤާބީލްގެ ކުރިމައްޗަށް މާތް ﷲ ދެ ކާޅު ފޮނުއްވިއެވެ. އެ ދެ ކާޅު އެކަތިއަނެއްކައްޗާ ތަޅާފޮޅައި، އޭގެ ތެރެއިން އެކަތި އަނެކަތި މަރާލިއެވެ. އަދި ދިރިހުރި ކާޅު، މަރުވެފައިވާ ކާޅު ވަޅުލުމަށްޓަކައި، އެ ސޮރުގެ ތުނބުން ބިންގަނޑު ކޮނެ، ވަޅުގަނޑެއް ހެދިއެވެ. އޭގެފަހުގައި، މަރުވެފައިވާ ކާޅު އެ ވަޅުގެ ތެރެއަށް ލުމަށްފަހު ފަސްއެޅިއެވެ. މި މަންޒަރު ފެނުނު ހިނދު ޤާބީލް، އޭނާގެ ނުކުޅެދުންތެރިކަމާމެދު ހިތާމަކޮށް ބުންޏެވެ. "އޭ، އަހުރެންނަށް ހުރި ހިތާމަޔެއްގެ ބޮޑުކަމާއެވެ! އަހުރެންގެ އަޚާގެ މަސްގަނޑު ނިވާކުރުމަށް، މި ކާޅު ފަދައިންވުމަށްވެސް، އަހުރެން ނުކުޅެދިގެން ވީހެއްޔެވެ؟"

އެންމެފަހުން، ޤާބީލުގެ ކުރިމަތީގައި ހިނގާދިޔަ ހާދިސާއާ އެއްގޮތަށް ބިމުގައި ވަޅެއްކޮނުމަށްފަހު، އޭނާގެ އަޚާގެ މަސްގަނޑު ވަޅުލިއެވެ. މިއީ އިންސާނީ ނަސްލުގައި ހިނގައިދިޔަ އެންމެ ފުރަތަމަ ލޭ އޮހޮރުވުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ