ކުރީގެ ރައީސް މައުމޫނު
ހަބަރު
23 Aug 2022 | 22:41
ރާއްޖޭގެ ސިޔާސީ ތާރީހުގެ ހަގީގަތް އޮޅުވާ ނުލުމަށް އެމް.އާރު. އެމް އިން ގޮވާލައިފި

ދިވެހިރާއްޖޭގެ ސިޔާސީ ތާރީހުގެ ހަގީގަތް އޮޅުވާނުލުމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓު(އެމްއާރުއެމް) އިން ގޮވާލައިފިއެވެ. 

އެމްއާރުއެމް އިން ނެރުނު ބަޔާނެއްގައި ވަނީ ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ބައެއް ފަރާތްތައް ދައްކަމުންދާ ވާހަކަތަކުން ބައެއް ކަންކަން ރައްޔިތުންނަށް އޮޅުން އެކަށީގެންވާކަން ދެކޭކަން ފާހަގަކޮށް އެފަދަ ކަންކަމާއި މެދު އެމްއާރުއެމްއިން ދެކޭ ގޮތް ހާމަކޮށްފައެވެ. 

ރާއްޖޭގެ ޑިމޮކްރަސީގެ ތާރީޚަށް އަލިއަޅުވާލާ އެ ބަޔާނުގައި ބުނެފައިވަނީ ޒަމާނީ ޑިމޮކްރަސީ ރާއްޖެއަށް ގެނައުމަށް ކުރި މަސައްކަތަށް އެންމެ ބޮޑު ބާރެއް ލިބިގެން ދިޔައީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަމުގައި ގާނޫނު އަސާސީ އެކުލަވާލުމަށް ނިންމި ހިސާބުންކަމަށެވެ. 

އެ މަސައްކަތުގެ ތެރެއިން ދިވެހިން ބޭނުންވާ ވެރުކަމުގެ ނިޒާމެއް ކަނޑައަޅައި ވެރިކަމުގެ ބާރުތައް ވަކިކުރެވި އޭގެ މައްޗަށް އާ ގާނޫނު އަސާސީއެއް އެކުލެވުނުކަމަށެވެ. 

އެމްއާރުއެމްއިން ބުނި ގޮތުގައި ފެހި ގާނޫނު އަސާސީއަށް 14 އަހަރު ފުރެންދާއިރު މިއަދު ދިވެހިރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ ޑިމޮކްރަސީ ގެނައުމަށް މައުމޫނުގެ ސަރުކާރުން ކުރު މުއްދަތެއްގެ ތެރޭގައި ކުރެއްވި ބުރަ މަސައްކަތާއި ތަފާތު ފިކުރުގެ އަހުލުވެރިންނަށް ދެއްވި އެއްބާރުލުމުގެ ނަތީޖާ، ކަންކަން އިސްލާހުކުރުމަށް މި ވޭތުވެ ދިޔަ 14 އަހަރު ވެރިކަން ކުރި ފަރާތްތަކަށް ނެރެދެވިފައި ނުވުންކަމަށެވެ. 

އެގޮތުން ރާއްޖޭގެ ޖަލުތަކުގެ ހާލަތާއި އިންސާނީ ހައްގުތަކުގެ ހާލަތާއި ވާނުވާ ޖަހައި ޖަލަށްލުމާއި އިޖުތިމާއީ ރައްކާތެރިކަމާއި ކޮރަޕްޝަނާއި، ކަންކަމުގައި ސިޔާސީ ނުފޫޒު ފޯރުވުން ފަދަ އެތައް ކަމަކަށް އެކަށޭނަ އިސްހާލާއި ކުރިއެރުން އައިސްފައިނުވާކަމަށް އެމްއާރުއެމްގެ ބަރާނުގައި ވަނީ ބުނެފައެވެ، 

މުޖުތަމައުގެ ރައްކާތެރިކަމާއި ދީނީ އެއްބައިވަންތަކަން ފަދަ ބައެއް ދާއިރާތަކުން މީގެ 14 އަހަރު ކުރިއާ އަޅާ ބަލާއިރު އެތައް ފިޔަވަޅެއް ފަހަތަށް ޖެހިފައިވާކަންވެސް އެމްއާރުއެމް އިން ފާހަގަކުރިއެވެ. 

އެކަންކަން ފާހަގަކޮށް އެ ޕާޓީއިން ވަނީ ދިވެހިރާއްޖޭގެ ސިޔާސީ ތާރީހުގެ ހަގީގަތް އަދުގެ ޖީލުތަކަށް އޮޅުވާނުލުމަށް ގޮވާލާފައެވެ. އަދި ސިޔާސީ ބޭނުމަށް މީހުން އަބުރު ކަތިލައި މުޖުތަމައުގައި ރުޅިވެރިކަން އުފެދޭފަދަ އަމަލުތައް ހިންގައިގެން ސިޔާސީ ކުރިއެރުން ހޯދަން އެއްވެސް ފަރާތަކުން މަސައްކަތް ނުކުރުމަށްވެސް އެމްއާރުމެނުން ވަނީ ގޮވާލާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
06 Oct 2026
ޕެރޯލް ބޯޑްގެ ނިންމުން ބަދަލުކޮށް އަބުޗާ އަލުން ހައްޔަރުކޮށްފި، ޕެރޯލް ބޯޑް އެއްކޮށް ވަކިކޮށްފި
އައްޑުއަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ އިބްރާހިމް ރަޝީދު (އަބުޗާ) ޕެރޯލްގެ ދަށުން މިނިވަން ކުރި ކުރުން ބަދަލުކޮށް އަލުން އޭނާ މިއަދު ހައްޔަރުކޮށްފި އެވެ.
06 Oct 2026
ކަޅެހުއްޓާއަށް ގޮސް އުޅެނިކޮށް ހާލު ދެރަވި ދިވެއްސަކު ނިޔާވެއްޖެ
ނިޔާވެފައިވަނީ އުދަރެސް / ގއ. ކޮލަމާފުށި، އަޙްމަދު މިސްޙާޤު (45އ) އެވެ.
06 Oct 2026
އަމާން އުދަރެސް ޓަވަރަކުން ވެއްޓުނު މީހާ ނިޔާވެއްޖެ، 15 ވަނަ ފަންގިފިލާއިން ވެއްޓުނީ 20 އަހަރުގެ ޒުވާނެއް
ޓަވަރުގެ 15 ވަނަ ފަންގިފިލާއިން ވެއްޓުނީ 20 އަހަރުގެ ޒުވާނެކެވެ.