ރައީސް ނަޝީދު.... ފޮޓޯ: މަޖިލިސް
ހަބަރު
24 Aug 2022 | 09:28
އެމްޑީޕީގެ ވައުދު: ނަޝީދު ވިދާޅުވީ އެއީ ތައްގަނޑު ޖެހި ކުދިން ލިޔުނު އެއްޗެއް ކަމަށް!

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރަށްރަށަށް ވަޑައިގެން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ) އިން ވީ ވައުދުތަކުގެ ތެރެއިން މެނިފެސްޓޯގައި ލިޔެވިފައިވާ ވައުދުތައް ނޫން އެހެން ވައުދުތަކުގެ ޒިންމާ އެ ޕާޓީއިން ނަގަން ނުޖެހޭނަކަން ދޭހަވާ ގޮތަށް އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވައިފިއެވެ. 

ރައީސް ނަޝީދު މި މޭރުމުން ވާހަކަފުޅު ދައްކަވާފައިވަނީ ޕްލޭނިން މިނިސްޓަރު އަސްލަމް މަޖިލީހަށް ހާޒިރުކޮށް، ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ދަނިކޮށް މެދުގަނޑާލެއްވުމަށްފަހުގައެވެ. 

މަހިބަދޫ ދާއިރާގެ މެމްބަރު ތާރިގު ވަނީ ކުނބުރުދޫގެ ނަރުދަމާ ނިޒާމު ގާއިމްކޮށްދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންކަން މިނިސްޓަރަށް އެނގިލިއްވާތޯ އައްސަވާފައެވެ. އަދި ވައުދުތަކަކީ ފުއްދަން ޖެހޭ އެއްޗެއް ނޫން ތޯ ވެސް އައްސަވާފައެވެ. 

އެ ސުވާލަށް ޖަވާބުދެއްވަން ފައްޓަވުން މިނިސްޓަރު އަސްލަމް ވިދާޅުވީ މަހިބަދޫ ދާއިރާގެ މެމްބަރު ތާރިގުގެ އެ ސުވާލަކީ ސިޔާސީ ސުވާލެއްކަމަށެވެ. ސިޔާސީ ހުރިހާ ބޭފުޅުންވެސް ވައުދުވާކަމަށް އަސްލަމް ވިދާޅުވިއެވެ. 

އަސްލަމް މިފަދައިން ވިދާޅުވުމާއި އޭނާގެ ވާހަކަ މެދުކަނޑާލެއްވުމަށްފަހު ރިޔާސަތުގައި އިންނަވާ ނަޝީދު ވަނީ އެމްޑީޕީގެ ވައުދުތަކާއި ގުޅިގެން ވާހަކަފުޅު ފައްޓަވާފައެވެ. 

އެގޮތުން ނަޝީދު ވިދާޅުވީ ވައުދުތަކާއި ގުޅިގެން ދެ ގޮތަކަށް ވާހަކަ ދެކެވޭކަމަށެވެ. އެގޮތުން ވައުދުތަކަކީ ފޮތިގަނޑުގައި ތައްގަނޑުޖަހަން އުޅުނު ކުދިން ލިޔުނު އެއްޗެއްކަމަށް ވާހަކަދެކެވޭކަމަށެވެ. އޭގެ އިތުރުން އެއީ މެނިފެސްޓޯ ލިޔުނު ކުދިން ލިޔެފައިވާ އެއްޗެއްކަމަށްވެސް ބުނަމުންދާކަމަށް ނަޝީދު ވިދާޅުވިއެވެ. 

"ދެ ގޮތަކަށް މި ވާހަކަ ދެކެވިފައި އޮތީ، އެއްބަޔަކު ވިދާޅުވަނީ މިއީ ފޮތިގަނޑުގައި ތައްގަނޑު ޖެހިކުދިން ޖެހި އެއްޗެކޭ. އަނެއް ބަޔަކު ބުނަނީ އެއީ މެނިފެސްޓޯ އެކުލަވާލެވުނުއިރުގައި ލިޔަން އިން ކުއްޖާ ލިޔުނު އެއްޗެކޭ" ނަޝީދު ވިދާޅުވިއެވެ. 

އެހެން ވިދާޅުވުމަށްފަހު ނަޝީދު ވިދާޅުވީ ވައުދެއްކަމުގައި ބަލާނީ މެނިފެސްޓޯގައި ލިޔެވިފައި ހުރި ވައުދުތައްކަމަށެވެ.

ނަޝީދުގެ އެ ވާހަކަފުޅަށް ބަލާއިރު ރަށްރަށަށް ވަޑައިގެން ވަކިކަމެއް އެ ރަށުގެ ރައްޔިތުންނަށް ކޮށްދެއްވާނެކަމަށް ވިދާޅުވި ނަމަވެސް މެނިފެސްޓޯގައި އެކަން ހިމަނާފައި ނުވާނަމަ އެއީ ވައުދެއްކަމުގައި ނުބެލެވޭނެއެވެ. އަދި އެ ވާހަކަފުޅަށް ޒިންމާ ނަންގަވާކަށްވެސް ޖެހިވަޑައިއެއް ނުގަންނަވާނެއެވެ. 

އެއާއެކުވެސް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ތެރޭގައި ރަށްރަށަށް ވަޑައިގެން ރަށްތަކަށް އެކި ކަންކަން ކޮށްދެއްވާނެކަމުގެ ވައުދު އެމްޑީޕީގެ އިސްވެރިން ވެވަޑައިގަންނަވާފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
06 Oct 2026
ޕެރޯލް ބޯޑްގެ ނިންމުން ބަދަލުކޮށް އަބުޗާ އަލުން ހައްޔަރުކޮށްފި، ޕެރޯލް ބޯޑް އެއްކޮށް ވަކިކޮށްފި
އައްޑުއަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ އިބްރާހިމް ރަޝީދު (އަބުޗާ) ޕެރޯލްގެ ދަށުން މިނިވަން ކުރި ކުރުން ބަދަލުކޮށް އަލުން އޭނާ މިއަދު ހައްޔަރުކޮށްފި އެވެ.
06 Oct 2026
ކަޅެހުއްޓާއަށް ގޮސް އުޅެނިކޮށް ހާލު ދެރަވި ދިވެއްސަކު ނިޔާވެއްޖެ
ނިޔާވެފައިވަނީ އުދަރެސް / ގއ. ކޮލަމާފުށި، އަޙްމަދު މިސްޙާޤު (45އ) އެވެ.
06 Oct 2026
އަމާން އުދަރެސް ޓަވަރަކުން ވެއްޓުނު މީހާ ނިޔާވެއްޖެ، 15 ވަނަ ފަންގިފިލާއިން ވެއްޓުނީ 20 އަހަރުގެ ޒުވާނެއް
ޓަވަރުގެ 15 ވަނަ ފަންގިފިލާއިން ވެއްޓުނީ 20 އަހަރުގެ ޒުވާނެކެވެ.