ދީން
26 Aug 2022 | 15:22
އެންމެފަހުން ބާވާލެއްވުނު އާޔަތް

މީސްތަކުންނަށްވާ ހިދާޔަތެއްގެ ގޮތުގައި އެކިފަހަރު މަތިން ބާވާލައްވަމުން އައި ﷲ سُبْحَانَهُ وَتَعَالَى ގެ މަތިވެރި ކަލާމްފުޅު ތޭވީސް އަހަރުގެ ތެރޭގައި މި އުއްމަތުގެ މާތް ނަބިއްޔާ صَلَّى اللهُ عَلَيهِ وَسَلَّم ގެ މައްޗަށް އެއްކޮށް ބާވާލެއްވުނެވެ. އަމާނާތްތެރި ވަޙީގެ މަލާއިކަތާ ޖިބްރީލް عَلَيهِ السَّلام މެދުވެރި ކުރައްވައެވެ.

އެންމެ ހެޔޮވެގެންވި އުއްމަތަށް ބާވާލެއްވުނު އެންމެފަހު އާޔަތަކީ ގިނަ ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ބަޤަރާ ސޫރަތުގެ 281 ވަނަ އާޔަތެވެ. އެ އާޔަތުގައި އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. ((وَاتَّقُوا يَوْمًا تُرْجَعُونَ فِيهِ إِلَى اللَّهِ ثُمَّ تُوَفَّىٰ كُلُّ نَفْسٍ مَّا كَسَبَتْ وَهُمْ لَا يُظْلَمُونَ(( (البقرة: 281) މާނައީ: "އެދުވަހެއްގައި، ﷲ ގެ ޙަޟްރަތަށް ތިޔަބައިމީހުން ރުޖޫޢަކުރައްވާނޭ ދުވަހަކަށް، ތިޔަބައިމީހުން ރައްކާތެރިވެ ބިރުވެތިވާށެވެ! ދެން، ކޮންމެ ނަފްސަކަށްމެ، އެ ނަފްސެއް ހޯދި ކަމެއްގެ ޖަޒާ (އެދުވަހުން) ލިބޭނެތެވެ. އަދި، އެބައިމީހުންނަށް ބޭއިންސާފެއް ނުކުރައްވާ ހުށްޓެވެ." ރިވާޔަތްތަކުގައިވާގޮތުން މި އާޔަތް ބާވާލެއްވުނުތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި މި އުއްމަތުގެ ނަބިއްޔާ صَلَّى اللهُ عَلَيهِ وَسَلَّم މި ދުނޔެއާ އަލްވަދާޢު ކިޔުއްވިއެވެ.

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މި މަތިވެރި އާޔަތާމެދު ފުންކޮށް ވިސްނަވާލައްވާށެވެ! މި އާޔަތުން ކީރިތި ޤުރްއާން ބާވާލެއްވުން ނިންމަވާލެއްވުމުގެ ޙިކުމަތަކީ ކޮބައިބާއެވެ؟ މި އާޔަތުގައި މިވަނީ ކޮން ވާހަކައެއް ބާއެވެ؟ ފުންކޮށް ވިސްނާލައިފިނަމަ މަތިވެރި ފިލާވަޅުތަކެއް ލިބޭނެއެވެ.މި އާޔަތުގައި މާތްﷲ އެވަނީ އެންމެހާ މީސްތަކުންނަށް ނަޞޭޙަތެއް ދެއްވާފައެވެ. އަދި ހަމައެހެންމެ އިންޒާރުވެސް ކުރައްވާފައެވެ.

މިގޮތުން މި އާޔަތް ފައްޓަވާފައި އެވަނީ އަމުރެއް ކުރައްވަމުންނެވެ. އެއީ ބޮޑުވެގެންވާ ދުވަހަކާމެދު ބިރުވެތިވުމަށް އަމުރުކުރައްވަމުންނެވެ. އެ ދުވަހަކީ އެންމެހާ މީސްތަކުން އެބައިމީހުންގެ ވެރި ރަސްކަލާނގެ ޙަޟްރަތަށް އެއްކުރެވި ޖަމާކުރެވޭ ދުވަހެވެ. އަހުރެންނާއި ތިބާވެސް މެއެވެ. އެފަދަ ބިރުވެރިދުވަހެއް ދެކެފަނުވާވަރުގެ ބިރުވެރި ދުވަހެކެވެ. އެ ދުވަހުގެ ބިރުވެރިކަމުން މީސްތަކުންގެ ލޯތައް ހުއްޓި، ބިރުވެރިކަން ވަށާލާފައިވާނެ ދުވަހެކެވެ.

އެއްބަޔަކު ތިމަންމެން ފަނާވެ ވެއްޔަށް ވާނެނަމައޭ ހިތަށް އަރާނެ ދުވަހެކެވެ. އަނެއްބަޔަކު ތިމަންގެ ނަފްސޭ ތިމަންގެ ނަފްސޭ ގޮވައި، ލޯބިވީހާ ބައެއްގެ މަތިން ހަނދާންނެތިދާ ދުވަހެކެވެ. އެހެންކަމުން، މި ބިރުވެރިދުވަހާމެދު ދުނިޔެމަތީގައި ޙަޤީޤަތުގައި ބިރުވެތިވެ، އެދުވަހަށް ތައްޔާރުވުމަށް އެކަލާނގެ އެވަނީ އިންޒާރު ކުރައްވާފައެވެ.ދެން އަންގަވާފައި އެވަނީ އެދުވަހުން ކޮންމެ މީހަކުމެ ދުނިޔެމަތީގައި ހޯދައިގަތްކަމެއްގެ ޖަޒާ ޢަދުލުވެރިކަމާއެކު ދެއްވާނެ ވާހަކައެވެ. ޒައްރެއްގެ މިންވަރު ހެޔޮ ޢަމަލުކުރިޔަސް އެ ހެޔޮކަމެއްގެ ޖަޒާ ދެއްވޭނެއެވެ. އަދި ޒައްރެއްގެ މިންވަރު ނުބައި ޢަމަލެއްކުރިނަމަވެސް އެކަމުގެ ޖަޒާވެސް ދެއްވޭނެއެވެ.

ދުނިޔެމަތީގައި ކުރާ ކޮންމެ ޢަމަލެއް އަދި ބުނާ ކޮންމެ ބަހެއް ފަތްތަކެއްގައި ލިޔުއްވެއެވެ. އެކަމަށްޓަކައި މާތް ﷲ ވަނީ މަލާއިކަތުން ޢައްޔަނުކުރައްވާފައެވެ. ތިބާ ކިތަންމެ ފާޅުކޮށް އަދި ކިތަންމެ ސިއްރުން ކަމެއް ކުރިއަސްމެއެވެ. ތިބާގެ ނަފްސަށްޓަކައި ތިބާ ކުރާ ހެޔޮކަމުގެ ފައިދާވާނީ ތިބާއަށް ކަމުގައި އެކަލާނގެ އެވަނީ ބަޔާންކުރައްވާފައެވެ. އަދި ތިބާ ކުރާ ނުބައިކަމެއްގެ ނުބައިކަންވެސް ލިބޭނީ ހަމަ ތިބާއަށްކަންވެސް އެވަނީ ބަޔާންކުރައްވާފައެވެ. ތިބާގެ ޢަމަލުތަކުގެ ސަބަބުން މާތް ﷲއަށް ކޮށްދެވޭނެ އެއްވެސް މަންފާއެއް އަދި ގެއްލުމެއް ނޯންނާނެއެވެ.

އެކަލާނގެއީ ޙަމްދު ލިބިވޮޑިގެންވާ ފުދިވޮޑިގެންވާ ފަރާތެކެވެ. އެހެންކަމުން، ތިބާގެ ފަލާޙާއި ކާމިޔާބަށްޓަކައި އެދުވަހަށް ބިރުވެތިވާށެވެ! ދުނިޔޭގެ ދިރިއުޅުން ތިބާ ހެއްލުންތެރިކުރިޔަ ނުދޭށެވެ! ނަފްސަށްޓަކައި ހެޔޮކަންކަން އިސްކުރާށެވެ! ހެޔޮކަންކަން ކުރުމުގައި ހީވާގިވާށެވެ! މާތް ﷲއަށް ކިޔަމަންތެރި އަޅަކަށްވާށެވެ! އިސާހިތަކު ދުނިޔޭގެ ދަންފަޅި ހަމަކުރުމަށްފަހު މި ދުނިޔެއިން ލޯ މަރާލަންޖެހޭނެއެވެ. އެއިރުން ލަހެއްފަހެއް ނެތި އޮންނާނީ އެ ބިރުވެރި ދުވަހާ ބައްދަލުކުރަން ޖެހިފައެވެ. ކާމިޔަބުވެރިންނަކީ އެދުވަހާމެދު މާތް ﷲ އަންގަވާފައިވާ ފަދައިން ބިރުވެތިވެ، އެދުވަހަށް ތައްޔާރުވި ބައެކެވެ. އެބައެއްގެ ނަފްސަށްޓަކައި ހެޔޮޢަމަލު އިސްކުޅަ ބައެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.