ސްޓެލްކޯ އެމްޑީ ޝަރީފު
ހަބަރު
28 Aug 2022 | 12:24
ސްޓެލްކޯގެ ޚިދުމަތްތައް ފުޅާކުރުމަށް ސޯލިހުއަށް އިތުރު ދައުރެއް ދިނުމަށް ޝަރީފު ގޮވާލައްވައިފި

ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ރައްޔިތުންނަށް ލުއި ފަސޭހަކަމާއެކު، ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއަށް އިތުރު ދައުރެއް ދެއްވުމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފު އެދިވަޑައިގަންނަވައިފިއެވެ. 

ޝަރީފު މިފަދައިން އެދިވަޑައިގަންނަވާފައި ވަނީ ސްޓެލްކޯއާއި އއ. އަތޮޅު ރަސްދޫއާއި، ތޮއްޑޫއާއި އުކުޅަހުގެ ރަށު ކައުންސިލާއެކު ފަހުމު ނާމާއެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. 

ޝަރީފު ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަކީ ރައީސް ސޯލިހު ވަރަށް ބޮޑަށް އެދިވަޑައިގަންނަވާކަމެއްކަމަށެވެ. 

"ރައީސުލްޖުމްހޫރިއްޔާގެ ލާމަރުކަޒީ ސިޔާސަތުގެ ތެރެއިން ވަރަށް މުހިންމުކަމެއް، އެކަމަކީ ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުން ދިވެހިރާއްޖޭގެ ރައްޔިތުންނަށް ދޭ ޚިދުމަތް ވީހާވެސް ރައޔިތުންނަށް ލުއި ފަސޭހަ ގޮތަކަށް ކައިރިން ދެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ" ޝަރީފު ވިދާޅުވިއެވެ. 

އެއާއެކު އޭނާ ވިދާޅުވީ މިހާރު ސްޓެލްކޯއިން މަސައްކަތް ކުރަމުންދަނީ އެ ސިޔާސަތާއި އެއްގޮތަށްކަމަށެވެ. 

އަދި މި ސަރުކާރު އައިފަހުން ލުއި ފަސޭހަކަމާއެކު ރައްޔިތުންނަށް ޚިދުމަތްތައް ލިބެމުންދާކަމުގެ އިހުސާސް ކޮންމެ ރައްޔިތަކަށްވެސް ކުރެވޭނެކަމަށް ޝަރީފު ވިދާޅުވިއެވެ. 

އޭގެ އިތުރުން ޝަރީފު ވިދާޅުވީ މިހާރަށްވުރެ ލުއިފަސޭހަކަމާއެކު ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް ރައީސް ސޯލިހުއަށް ދެވަނަ ދައުރެއް ދޭން ޖެހޭކަމަށެވެ. 

"އެއީ އަޅުގަނޑުމެން ކުންފުނީގެ އިލްތިމާސެއް މި ސަރުކާރުގެ ސިޔާސަތު އިތުރަށް ފުޅާކޮށް ހަރުދަނާ ކުރުމަށް އަދި ރައްޔިތުންނަށް ލާބަޔާއި މަންފާ ހޯދައި ދިނުމަށްޓަކައި މި ސަރުކާރަށް އިތުރު ދައުރެއް ދިނުމަކީ އަޅުގަނޑު ތިޔަ އެންމެ ބޭފުޅުންނަށް ކުރާ އިލްތިމާސްއެއް" ޝަރީފު ވިދާޅުވިއެވެ. 

ޝަރީފު ވަނީ އޭނާ އިލްތިމާސްކުރެއްވި ފަދައިން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައްޔިތުން މި ސަރުކާރު ހޮވާދެއްވާނެކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Aug 2026
ނޭޕާލްގައި ހިނގި ފްލޭޝް ފްލަޑް ކާރިސާގައި ދިވެއްސަކަށް ގެއްލުމެއް ނުވޭ، 10 ގައުމެއްގެ 500 މީހަކު ގެއްލުނު
ފޮރިން މިނިސްޓްރީން މިރޭ ބުނީ އެ މިނިސްޓަރީން ގެންދަނީ އެކަން މޮނިޓަރ ކުރަމުން ކަމަށެވެ. އަދި ކާރިސާ ދިމާވި ސަރަހައްދުގައި އެއްވެސް ދިވެހި ރައްޔިތަކު ހުރިކަމަކަށް މިނިސްޓްރިއަށް އެއްވެސް ރިޕޯޓެއް ލިބިފައެއް ނުވާ ކަމަށެވެ
27 Aug 2026
ރައީސާ ބައްދަލުވުމުގެ ފުރުސަތު؛ އިތުރު 8 ދާއިރާއެއްގެ ރައްޔިތުންނަށް ހުޅުވާލައިފި
ހުޅުވައިލީ ހެންވޭރު އުތުރު ދާއިރާ އާއި މިލަންދޫ ދާއިރާ އާއި ވެލިދޫ ދާއިރާ އާއި ތުޅާދޫ ދާއިރާ އާއި ފެލިދޫ ދާއިރާ އާއި މުލަކު ދާއިރާ އާއި ނިލަންދޫ ދާއިރާގެ އިތުރަށް ގުރައިދޫ ދާއިރާގެ ރައްޔިތުންނަށެވެ
27 Aug 2026
ހަނދުގައި ފެން ހުރިތޯ ބަލަން ފޮނުވާ މިޝަން ޗައިނާއިން ފަސްކޮށްފި
27 Aug 2026
ތިނަދޫގެ އާބާދީ އޮޅުވައިލި މައްސަލަ: ޕީޖީއަށް ބަލައިގަނެ ދިރާސާކުރަނީ
ޕީޖީން ބުނީ ދަޢުވާކުރުމާމެދު ގޮތެއް ނިންމުމަށްޓަކައި މައްސަލަ ދިރާސާކުރަމުންދާ ކަމަށެވެ. މައްސަލާގައި އަޅާ ފިޔަވަޅުތައް ހާމަކުރަމުންދާނެ ކަމަަށް ވެސް ބުންޏެވެ
27 Aug 2026
މިދިޔަ އަހަރު ނިމުނުއިރު ޓޫރިޒަމް ޓްރަސްޓް ފަންޑުގައި 149.2 މިލިއަން ރުފިޔާ
އޮޑިޓް ރިޕޯޓުން ދައްކާގޮތުގައި މޯލްޑިވްސް ޓޫރިޒަމް ޓްރަސްޓް ފަންޑުން ހޭދަކޮށްފައިވަނީ އޮންނަ އުސޫލުގެ މަތިންނެވެ. އެގޮތުން ހަރަދު ކުރުމުގައި މައްސަލައެއް ނެތްކަން އޮޑިޓަރުގެ ރިޕޯޓުން ފާހަގަވެއެވެ
27 Aug 2026
ޕާކިސްތާނުގައި އަނެއްކާވެސް ހަމަލާދީ ބަޔަކު މަރާލައިފި، ހަމަލާތައް އިތުރުވަނީ
މި ހަމަލާ ދިން މީހުން ހޯދުމަށް ސަލާމަތީ ބާރުތަކުން މިހާރު ވަނީ ޚާއްޞަ އޮޕަރޭޝަނެއް ފަށާފައެވެ.
27 Aug 2026
ތިނަދޫ އާބާދީ އޮޅުވާލި ކަމުގެ ތުހުމަތުގައި ދައުވާކުރުމަށް ޕީޖީއަށް ފޮނުވައިފި
ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުالله ހިލްމީ 2024 ވަނަ އަހަރު މި މައްސަލަ މަޖިލީހަށާއި ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ވަނީ ހުށަހަޅުއްވާފައެވެ. އޭނާ ވިދާޅުވެފައިވާގޮތުން ތިނަދޫގެ އާބާދީގައި 10150 މީހުން ހަމަވާ ކަމަށް ބުނެފައިވަނީ އޮޅުވާލައިގެންނެވެ.
27 Aug 2026
އެމްޑީޕީގެ ނައިބު ރައީސް ކަމުގެ މަގާމުން ހިސާން އިސްތިއުފާ ދެއްވައިފި
ހިސާންގެ އިސްތިއުފާ ސިޓީގައި ވިދާޅުވެފައިވާ ގޮތުގައި އައު މެންޑޭޓެއް ނެތި ނައިބު ރައީސްގެ މަގާމުގައި ދެމިހުންނެވުމަކީ ޑިމޮކްރަސީގެ އަސާސްތަކާ ފުށުއަރާ ކަމެއް ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ.