ރިޕޯޓް
27 Aug 2022 | 17:55
ދުނިޔޭގެ އެއްވަނައިގެ މުސާރަ 16 ހާސް، އެކްޓިވިސްޓަށް 25 ހާސް!

ސާނަވީ އަދި މަތީ ސާނަވީ އިމްތިހާނުތަކުން ދިވެހި ދަރިވަރުން ހޯދަމުންދާ ކާމިޔާބީތަކަކީ ތައުރީފު ހައްގު ކާމިޔާބީތަކެކެވެ.

ފާއިތުވި ދެ އަހަރު ދިވެހި ދަރިވަރުންވަނީ ސާނަވީ އަދި މަތީ ސާނަވީ އިމްތިހާނުތަކުން ރަނގަޅު ނަތީޖާތައް ހޯދާ ގަދަ ދިހައަށް އެރި ކުދިންގެ ރިކޯޑެއް ހަދާފައެވެ.

ދިވެހި ދަރިވަރުން ގެންދަނީ ދުނިޔޭން ފާހަގަކޮށްލެވޭ ނަތީޖާތައްވެސް ހާސިލްކުރަމުންނެވެ. އިމްތިހާނުތަކުގައި ބައިވެރިވެ މުޅި ދުނިޔޭން ވަނަ ހޯދަމުންދާ އެތައް ދަރިވަރުންނެއް ސުކޫލުތަކުން ނިކުންނަ ފާހަގަކޮށްލެވެއެވެ.

މިއީ ސުކޫލު ދައުރު ކިޔެވުމަށް ހުސްކޮށް، ރެއާ ދުވާލު ބުރަކޮށް މަސައްކަތްކުރާ ދަރިވަރުންނެވެ. އެ ކުދިން ރަނގަޅު ނަތީޖާއަކާއި ހަމަޔަށް ގެންދުއުމަށް ބެލެނިވެރިންނާއި މުދައްރިސުންވެސް އެތައް ގުރިބާނީއެއްވެއެވެ.

ތައުލީމީ ގާބިލް ދަރިއެއް މުޖުތަމައަށް ނެރެވެނީ އެ ކުއްޖާ ކުރާ މަސައްކަތުގެ އިތުރުން ބެލެނިވެރިންނާއި މުދައްރިސުންވެސް ބޮޑެތި ގުރުބާނީތަކެއް ވެގެންނެވެ. އެ މީހުންގެ އެތައް ވަގުތެއް ކުއްޖާއަށް ހުސްކޮށްގެންނެވެ. ކުއްޖާގެ ކިޔެވުމަށް ބޮޑެތި ހޭދަތަކެއްވެސް ކޮށްގެންނެވެ.

ކަން މިހެން ހުރިއުރު، އޭ ލެވެލް އަދި އޯލެވެލް ހެދި ދަރިވަރުންގެ ތެރެއިން ރަން ވަނަތައް ހާސިލްކުރި ދަރިވަރުންނަށް އިނާމު ދިނުމުގެ ހަފްލާގައި އެކުދިންނަށް ތައުރީފުކުރައްވާ އެޑިއުކޭޝަން މިނިސްޓަރު ވަނީ އެފަދަ ދަރިން ތައުލީމީ ދާއިރާއާއި، ސަރުކާރަށް ޚިދުމަތްކުރުމަށް ނިކުތުމަށް އިލްތިމާސްކުރައްވާފައެވެ.

ޝައްކެތްވެސް ނެތެވެ. ތައުލީމީ ގާބިލު ދަރިން ތައުލީމީ ދާއިރާއަށް ނިކުތުމަކީ އެފަދަ އެތައް ދަރިވަރުންނެއް މުޖުތަމައަށް ނެރުމަށް މަގުފަހިވެގެންދާނެކަމެކެވެ.

އެހެން ނަމަވެސް ދުނިޔޭން އެއްވަނަ ހޯދައިގެން ތައުލީމީ ދާއިރާއަށް ޚިދުމަށް ކުރުމަށް ނިކުންނަ ދަރިވަރުގެ އަގު ސަރުކާރުން ވަޒަން ކުރޭތޯ މިއީ އުފައްދާލުން މުހިންމު ސުވާލެކެވެ.

ދުނިޔޭން އެއްވަނަ ހޯދައިގެން ތައުލީމީ ދާއިރާއަށް މުދައްރިސެއްގެ ގޮތުގައި ކިޔަވައިދޭން އަންނަ ކުއްޖާއަށް ސަރުކާރުގެ އޮނގަނޑުގެ ތެރެއިން ލިބޭނީ 16000 ރުފިޔާއެވެ.

ދިހަ އަހަރު ވަންދެން ބުރަ މަސައްކަތްކޮށްގެން އެތައް ރެއެއްގެ ނިދި ނަގާލައިގެން ކިޔަވާ، އެ ކުއްޖާގެ ކިޔެވުމަށް މައިންފަދައިންގެ އަތުން އެތައް ޚަރަދުތަކެއް ކޮށް، ޓީޗަރުންގެ އެތައް ވަގުތުތަކެއް ހުސްކޮށްގެން އެއް ވަނަ ހޯދާ ދަރިވަރު ތައުލީމީ ދާއިރާއަށް ޚިދުމަތް ކުރަން ނިކުތުމުން އޭނާއަށް ގެއަށް ގެންދާން ލިބޭނީ 16000 ހާހެއްހާ ރުފިޔާއެވެ.

އެހެން ނަމަވެސް އޭނާގެ މައްޗަށް އަމުރުކުރަން ހުންނަ ސިޔާސީ ކޯޑިނޭޓާރު ތައުލީމީ ފެންވަރެއް ނެތަސް، ގާބިލުކަމެއް ނެތަސް، މަސައްކަތެއް ނުކުރިޔަސް 25000 ހާސް ރުފިޔާގެ ބޮޑު މުސާރައެއް ގެއަށް ގެންދާނެއެވެ.

ސިޔާސީ ބޮޑެތި މަގާމުތަކަށް އައުމަށް ތައުލީމާއި، ތަޖުރިބާއާއި އަދި ގާބިލުކަމެއްވެސް މުހިންމެއް ނޫނެވެ. އެފަދަ މަގާމަގަށް އައުމުގެ ހަމައެކަނި ޝަރުތަކީ ސިޔާސީ ފިކުރު އޭރަކު އޮންނަ ސަރުކާރަކާއި އެއްކީލަވުމެވެ. 

ޓުއަރިޒަމް މިނިސްޓްރީގެ ސީނިއާރ އެގްޒަކަޓިވް ގޮތުގައި ހަމަ ޖައްސާފައިވާ އެމްޑީީ އެކްޓިވިސްޓް. މުސރަ 25000ރ

އެފަދައިން އައްޔަން ކުޔާ ސިޔާސީ މީހާ ހުންނާނީ ދުނިޔެއިން ވަނަ ހޯދައިގެން އަންނަ، މޮޅެތި ދަރިވަރުންގެ އިސް ވެރިންގެ ގޮތުގައެވެ.

މަސައްކަތަކަށް އޮންނާނީ ސަރުކާރު ދިފާއުކުރުމާއި، ސަރުކާރު ޕްރޮމޯޓުކުރުމެވެ.

ދުނިޔެއިން އެއްވަނަ ހޯދައިގެން ގައުމަށް ޚިދުމަތް ކުރަން އަންނަ މީހާ ގެ މުސްތަގުބަލުވެސް ކަނޑައަޅާނީ ސިޔާސީ ގޮތުން އޭނާގެ މައްޗަށް އިސްކޮށްފައި ހުންނަ ސިޔާސީ އެކްޓިވިސްޓެވެ. އެ ދަރިވަރގެ ވަޒީފާގެ ކަށަވަރުކަންވެސް އޮންނާނީ ސިޔާސީ އެކްޓިވިސްޓުގެ އަތްމަތީގައެވެ.

ބުނެވޭ އެއްޗަކުންވެސް ވަޒީފާއިން ކަނޑާލާފައި ގެއަށް ފޮނުވާލަން ވީއެވެ. އެ ހިސާބުން ދުނިޔެއިން އޭނާ ހޯދި ވަނައާއި ހޯދި ފާސްތަކުގެ ބޭނުމެއް ނޯންނާނެއެވެ. 

ތައުލީމީ ރޮނގުން ދިވެހި ދަރިވަރުން ރަން ވަނަތައް ހޯދާ ގައުމަށް ރީތި ނަން ހޯދާދެމުންދާއިރު، އެ ކުދިންގެ މުސްތަގުބަލަށް މި ނޫން ގޮތެއް ނެތުމަކީ ހިމާމަހުރި ކަމެކެވެ.

އެކުދިންނާއި ތައުލީމީ ގޮތުން ވާދަކޮށްލަންވެސް ކުފޫ ހަމަނުވާ ސިޔާސީ އެކްޓިވިސްޓުން ބޮޑު މުސާރަ ހިފައިގެން ގެއަށް އަންނައިރު، އެ ކުދިންނަށް ރަނގަޅު މުސާރައެއް ނުދޭތާ، ސިޔާސީ މީހުންގެ އަޅުންނަށް ހަދާފައި ސަރުކާރުގެ ތެރޭގައި ގުލާނުކުރުވުމަކީ ލަދުވެތިވެސް ކަމެކެވެ. 

އެއްވެސް މަސައްކަތަކާއި ނުލާ، ހަމަ އެކަނި ޓްވީޓާރަގައި ވަކި ސިޔާސީ ފިކުރެއް ޕްރޮމޯޓުކުރުމަށް ވަގުތު ހުސްކުރާ މީހާއަށް ސަރުކާރުން ދޭ މުސާރައާއި އޮންނަ ފުރުސަތުތަކާއި އިނާޔާތްތައް، ތައުލީމީ ގާބިލު ދަރިވަރަށް އޮންނަ ނަމަ ރާއްޖެ ހާދަހާވާ ކުރިއަރައިގެން ދާނެ އޭ ހިތަށް އަރައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ